Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ސަލްމާން ހާން

ކަފާލަތުގެ ދަށުން ސަލްމާން ޚާން ދޫކޮށްލައިފި

ސަލްމާންގެ ޖަލުހުކުމުގެ މުއްދަތަކީ 5 އަހަރު

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 7 އެޕްރީލު 2018 | ހޮނިހިރު 10:18
ބްލެކްބަކް މައްސަލައިގައި ސަލްމާން ޚާންގެ މައްޗަށް ހުކުމް ކުރީ 2018 އޭޕްރީލް 5 ވަނަ ދުވަހު

ބްލެކްބަކް މައްސަލައިގައި ސަލްމާން ޚާންގެ މައްޗަށް ހުކުމް ކުރީ 2018 އޭޕްރީލް 5 ވަނަ ދުވަހު

މީގެ 20 އަހަރު ކުރިން 1998 ވަނަ އަހަރު ސަލްމާން ޚާން ކުޅެފައިވާ ފިލްމު "ހަމް ސާތު ސާތު ހޭ" ގެ މަންޒަރުތަކެއް ނަގަން އުޅުމުގެ ތެރޭގައި ހިމާޔަތް ކޮށްފައިވާ ފުއްލާގެ ވައްތަރެއް ކަމަށްވާ ބްލެކްބަކް ކިޔާ ޖަނަވާރެއް މަރާލުމުގެ ކުށް ސާބިތުވެ ބުރާސްފަތި ދުވަހު ޖަލަށްލި ބޮލީވުޑްގެ ތަރި ސަލްމާން ޚާން ކަފާލާތުގެ ދަށުން ދޫކޮށްލައިފިއެވެ.

ބުރާސްފަތި ދުވަހު ޖޯދުޕޫރުގެ ކޯޓުން ވަނީ ސަލްމާންގެ މައްޗަށް އެކުށް ސާބިތުވާ ކަމަށް ހުކުމްކޮށް 5 އަހަރުގެ ޖަލުގެ ހުކުމެއް ކޮށްފައެވެ.

ކަފާލާތުގެ ދަށުން ދޫކޮށްލެވުން ދެ ފަހަރެއްގެ މަތިން ކޮންމެ ފަހަރަކު 50000 ރުޕީސް ސަލްމާން ދައްކަންޖެހޭނެއެވެ.

ފަސް އަހަރަށް ޖަލަށްލުމުގެ އިތުރުން ސަލްމާންގެ މައްޗަށް ކޮށްފައި ވަނީ 10،000 ރުޕީސް އިން ސަލްމާން ޖޫރިމަނާ ކުރުމަށެވެ. ބްލެކްބަކްގެ ގަޔަށް ބަޑިޖަހާ މަރާލާފައި ވަނީ ސަލްމާން ޚާން ކަމަށް އެ ހާދިސާ ހިނގި ކަމަށް ބުނާ ވަގުތު ސަލްމާން ދުއްވި ވެހިކަލްގެ ޑްރައިވަރު އަދި މި މައްސަލައިގެ އެންމެ މުހިއްމު ހެކިވެރިޔާ ހަރީޝް ދުލާނީ ވަނީ ބުނެފައެވެ.

ސަލްމާން އެ ޖަނަވާރުންގެ ގަޔަށް ބަޑިޖެހިތަން ފެނުނު ކަމަށް ބުނެ ބަޔާން ދީފައި ވަނީ ވެސް ހަރީޝްއެވެ.

ހަމަ އެފަހަރު ވަނީ ސަލްމާންއަށް އެހެން ދައުވާއެއް ވެސް ކޮށްފައެވެ. އެއީ ހިމާޔަތްކުރެވިފައިވާ ދެ ޖަނަވާރެއް ޝިކާރަކުރިކަމުގެ ދައުވާއެވެ. އެހެން ނަމަވެސް އެ ދައުވާ ސަލްމާންގެ މައްޗަށް ސާބިތު ވެފައެއް ނުވެއެވެ.

ސަލްމާނާ އެކު 1998 ވަނަ އަހަރު "ހަމް ސާތު ސާތު ހޭ" ގެ މަންޒަރުތަކެއް ނަގަން އުޅުނީ ފިލްމީ ތަރި ސައިފް އަލީ ޚާން އާއި، ތާބޫ، ސޮނާލީ ބެންދްރޭ އަދި ނީލަމްއެވެ. އެމީހުން ވަނީ މިދައުވާތަކުން ސަލާމަތްވެފައެވެ.

މީގެ ދެއަހަރު ކުރިން ވެސް ވަނީ ސަލްމާން ހާން ދުއްވި ކާރަކުން ޖެހި، މީހަކު މަރުވި މައްސަލާގައި ފަސް އަހަރަށް ޖަލަށް ލާން އޭނާގެ މައްޗަށް ހުކުމް ކޮށްފައެވެ. އެހެން ނަމަވެސް ބޮމްބޭ ހައި ކޯޓުން ވަނީ ސަލްމާން ހާންގެ މައްޗަށް ދަށު ކޯޓުން ހިންގި ޝަރީއަތަކީ ފުރިހަމަ ޝަރީއަތެއް ނޫން ކަމަށް ބުނެ، އެ ހުކުމް ބާތިލް ކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ސަލްމާންގެ "ދަބަންގް" ޓުއާ ގެ ޝޯތައް މިފަހަރު އޮސްޓްރޭލިޔާ އަދި ނިއުޒިލެންޑްގައި!

ސަލްމާންގެ "ދަބަންގް" ޓުއާ ގެ ޝޯތައް މިފަހަރު އޮސްޓްރޭލިޔާ އަދި ނިއުޒިލެންޑްގައި!

06 މާރިޗު 2017
ސައިފް އަލީ ޚާންގެ "ޝެފް"ގެ ފުރަތަމަ ޕޯސްޓަރު އާއްމުކޮށްފި

ސައިފް އަލީ ޚާންގެ "ޝެފް"ގެ ފުރަތަމަ ޕޯސްޓަރު އާއްމުކޮށްފި

01 މާރިޗު 2017
އިރްފާން ޚާންގެ ދަރިފުޅު ބޮލީވުޑަށް!

އިރްފާން ޚާންގެ ދަރިފުޅު ބޮލީވުޑަށް!

28 ފެބުރުއަރީ 2017
 "ޑަންގަލް"ގެ ކާމިޔަބަށްފަހު އާމިރު ޚާން "ތަގްސް އޮފް ހިންދުސްތާން" އާ އެކު ނިކުންނަނީ

"ޑަންގަލް"ގެ ކާމިޔަބަށްފަހު އާމިރު ޚާން "ތަގްސް އޮފް ހިންދުސްތާން" އާ އެކު ނިކުންނަނީ

24 ފެބުރުއަރީ 2017
ސަލްމާން ހާންގެ "ޓިޔުބްލައިޓް"  ފުރަތަމަ ޓްރައިލާ އެޕްރީލް މަހު

ސަލްމާން ހާންގެ "ޓިޔުބްލައިޓް" ފުރަތަމަ ޓްރައިލާ އެޕްރީލް މަހު

23 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު