Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސްރީ ލަންކާ

ލަންކާ އެކްސިޑެންޓުގައި އަނިޔާވި އެކަކު ދޫކޮށްލައިފި، އަނެކަކު އަދިވެސް ފަރުވާގައި

އަނިޔާވީ ޕްރިންސިޕަލަކާއި ޓީޗަރަކަށް

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 7 އެޕްރީލު 2018 | ހޮނިހިރު 09:45
އަވަށްޓެރި ލަންކާގެ ކާރުބާރުބޮޑު މަގެއް: އެކްސިޑެންޓެއްގައި ދެ ދިވެއްސަކަށް ވަނީ އަނިޔާވެފައި

އަވަށްޓެރި ލަންކާގެ ކާރުބާރުބޮޑު މަގެއް: އެކްސިޑެންޓެއްގައި ދެ ދިވެއްސަކަށް ވަނީ އަނިޔާވެފައި

ސްރީލަންކާގެ ނުވަރެލިޔާ އިން ވެރިރަށް ކޮލަމްބޯއަށް ދިޔަ މަގުމަތީގައި ހިނގި އެކްސިޑެންޓެއްގައި ޒަހަމްވި ދެ ދިވެހިންގެ ތެރެއިން އެކަކު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށާއި ދެ މީހުންގެ ހާލު ވެސް ރަނގަޅު ކަމަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީން ބުނެފި އެވެ.

ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފު (މުންދު) "ރާއްޖެއެމްވީ"އަށް ވިދާޅުވީ ހުކުރު ދުވަހުގެ ހަވީރު ލަންކާގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ދެ މީހުންގެ ހާލު އެމްބަސީން ބަލަމުންދާ ކަމަށެވެ. އެ މީހުންގެ ހާލު ވެސް މިހާރު ރަނގަޅު ކަމަށް މުންދު ވިދާޅުވި އެވެ.

އެ އެކްސިޑެންޓުގައި ޒަހަމްވެފައި ވަނީ ދ. އަތޮޅު ސްކޫލްގެ ޕްރިންސިޕަލް ހާލިދު އަބްދުﷲ އާއި ސީއެޗްއެސްއީގެ ލީޑިން ޓީޗަރު އައިމިނަތު ޒާހިރާއެވެ.

މުންދު ވިދާޅުވީ ހާލިދަށް ފަރުވާ ދިނުމަށް ފަހު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށާއި ނަމަވެސް ޒާހިރާއަށް ކަރަނަވެލަ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ.

"އެކަކު ދޫކޮށްލައި އެ ވަނީ. ފަރުވާ ހޯދަމުންދާ ޒާހިރާ އެ ދަނީ އިތުރު ފަރުވާ ލިބިގަންނަމުން. ސީރިއަސްއެއް ނޫން،" މުންދު ވިދާޅުވިއެވެ.

ތައުލީމީ ދާއިރާގެ ކޯހެއްގައި ލަންކާއަށް ވަޑައިގެންނެވި އެ ދެ މީހުން އެކްސިޑެންޓެއްގައި ޒަހަމްވެފައި ވަނީ ނުވަރެލިޔާ އިން ވެރިރަށް ކޮލަމްބޯ އަށް ދިޔަ މަގުމަތީގައި ވޭނެއް ބަހެއްގައި ޖެހިގެންނެވެ. އެ އެކްސިޑެންޓުގައި ދެ އުޅަނދަށް ބޮޑެތި ގެއްލުންތަކެއްވެފައިވެ އެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި

31 ޖެނުއަރީ 2017
ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި
29 ޖެނުއަރީ 2017

ރައީސް ނަޝީދު ލަންކާއަށް ވަޑައިގެންފި

29 ޖެނުއަރީ 2017
ރައީސް ނަޝީދު ލަންކާއަށް ވަޑައިގެންފި
28 ޖެނުއަރީ 2017

ރައީސް ނަޝީދު މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ

28 ޖެނުއަރީ 2017
ރައީސް ނަޝީދު މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ
24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު