Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުއްލި ނުރައްކަލުގެ ހާލަތު

ހައްޔަރުގައި ތިބި ފުލުހުންގެ މައްޗަށް 4 ދައުވާއެއް އުފުލައިފި

7 އެޕްރީލު 2018 | ހޮނިހިރު 12:43

8 ފުލުހެއްގެ މައްޗަށް ދައުވާ އުފުލާފައިވޭ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 7 އެޕްރީލު 2018 | ހޮނިހިރު 12:43
ހައްޔަރުކޮށްފައިވާ 8 ފުލުސް އޮފިސަރުން

ހައްޔަރުކޮށްފައިވާ 8 ފުލުސް އޮފިސަރުން

ސުޕްރީމް ކޯޓުގެ ފުރިހަމަ ބެންޗުން ނެރުނު އަމުރަކަށް ތަބާނުވުމަށް ބަހަނާ ދައްކައި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިޢުލާނު ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތުގައި ހައްޔަރުކޮށްފައިވާ 8 ފުލުހެއްގެ މައްޗަށް 4 ދައުވާއެއް އުފުލައިފިއެވެ.

ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތާއި، ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކާއި ދެކޮޅަށް ނިކުމެ، ޣައިރު ޤާނޫނީ އެއްވުންތަކުގެ ތެރެއިން އަމަން ބަލަހައްޓަން ތިބި ފުލުހުންނާއި މެދު މާރާމާރީ ހިންގައި ރައްޔިތުންގެ މެދުގައި ސަލާމަތީ ބާރުތަކާއިމެދު އިތުބާރު ގެއްލުވާލަން އުޅުނުކަމުގައި ހައްޔަރު ކުރި މި ފުލުހުންގެ މައްޗަށް ދައުވާކޮށްފައި ވަނީ ނިމިގެންދިޔަ ހަފްތާގައެވެ.

އެ ފުލުހުންގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ގާނޫނުލް އުގޫބާތުގެ 512، 532، 533 އަދި 615 ވަނަ މާއްދާގެ ދަށުން، އެ މާއްދާތަކުގައިވާ ކުށްތައް ކުރި ކަމަށް ތުޙުމަތުކޮށެވެ.

- ގާނޫނުލް އުގޫބާތުގެ 512 ވަނަ މާއްދާގައި ބަޔާން ކުރަނީ؛ ރަސްމީ ވާޖިބު އަދާ ކުރުމުގައި އެކަށީގެން ނުވާ އަމަލު ހިންގުމުގެ ކުށެވެ.

- ގާނޫނުލް އުގޫބާތުގެ 532 ވަނަ މާއްދާގައި ބަޔާން ކުރަނީ؛ ގާނޫނު ތަންފީޒު ކުރާ މުވައްޒަފަކަށް ހުރަސް އެޅުން ނުވަތަ ދަތި ކުރުމުގެ ކުށެވެ.

- ގާނޫނުލް އުގޫބާތުގެ 533 ވަނަ މާއްދާގައި ބަޔާން ކުރަނީ؛ ގާނޫނު ހިންގުމަށް ހުރަސް އެޅުމާއި، ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސް އެޅުމުގެ ކުށެވެ.

- ގާނޫނުލް އުގޫބާތުގެ 615 ވަނަ މާއްދާގައި ބަޔާން ކުރަނީ؛ އާއްމު މަސްލަހަތަށް ގެއްލުން ހުރި އަމަލު ކުރުމުގެ ކުށެވެ.

ތަޙުޤީޤަށް ބަންދުކޮށްފައި ތިއްބައި ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާރޑްސްއިން ވަޒީފާއިން ވެސް ވަކިކޮށްފައިވާ މި 8 ފުލުހުންގެ ތެރޭގައި ހިމެނެނީ އެސްއޯގެ ކުރީގެ ކޮމާންޑަރު އިންސްޕެކްޓަރ އޮފް ޕޮލިސް ސައިފު ހުސައިންއާއި، ފުލުހުންގެ ސްވޮޓު ޓީމުގައި ކުރިން މަސައްކަތް ކުރި އޮފިސަރ، ސާޖަންޓު މުހައްމަދު ރިޔާޒާއި، ސްޓޭޝަން އިންސްޕެކްޓަރ ފާއިޒު މުހައްމަދާއި، ސާޖެންޓު އަހުމަދު އާސިމް އާއި، ސާޖަންޓު އަލީ ރިޝްވާނާއި، ކޯޕްރަލް އަލީ ނަސީރާއި، ކޯޕްރަލް މުހައްމަދު ޝާމިންގެ އިތުރުން ކޯޕްރަލް ހަސަން ނަސީރެވެ. މީގެ ތެރެއިން ހަތް ފުލުހެއްގެ ބަންދަށް ހުކުރު ދުވަހު ވަނީ 10 ދުވަސް ޖަހާފައެވެ. އޭގެ ކުރިން ކޯޓުން ވަނީ ހަތް ފުލުހަކަށް ފަސް ދުވަސް އަދި އެހެން ފުލުހަކަށް 10 ދުވަސް ޖަހާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އާދީއްތަ ދުވަހުން ފެށިގެން މި ފުލުހުން މާފުށީ ރިމާންޑް ޖަލަށް ބަދަލުކުރަން ވަނީ ނިންމާފައެވެ.

މީގެ އިތުރުން ސުޕްރީމް ކޯޓުން ފެބްރުއަރީ 1 ގައި އަމުރު ނެރުނު ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި އަޙުމަދު އަރީފުވެސް ހައްޔަރުކޮށް، އޭނާގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފައެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް