Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދުނިޔޭގެ ސިއްހަތު ދުވަސް

ރާއްޖޭގައި އުފަންވާ ކުދިންގެ 96 ޕަސެންޓް ކުދިން އުފަންވަނީ ސިއްހީ ހިދުމަތްދޭ ތަނެއްގައި: ހެލްތް މިނިސްޓަރ

ފާއިތުވެދިޔަ ހަތަރު އަހަރު 413 ޑޮކްޓަރުން އިތުރު ކުރެވިފައި

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 7 އެޕްރީލު 2018 | ހޮނިހިރު 09:37
ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް

ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް

ރާއްޖޭގައި އުފަންވާ 96 ޕަސެންޓް ކުދިން އުފަންވަނީ ސިއްހީ ހިދުމަތްދޭ ތަނެއްގައި, ސިއްހީ ހިދުމަތްދޭ ފަންނުވެރިއެއްގެ ހާޒިރުގައި ކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅުވައިގެން ނެރުނު ހިތާބުގައި މިނިސްޓަރ ނާޒިމް ވިދާޅުވީ، ރާއްޖޭގައި 99 ޕަސެންޓް ކުދިންނަށް ނުރައްކާތެރި އެކިއެކި ބަލިތަކުން ރައްކާތެރިވުމަށް ވެކްސިންގެ ހިދުމަތް ދެމުންދާ ކަމަށާއި ސިއްހީ ހިދުމަތް ފޯރުކޮށްދޭ ޑޮކްޓަރުން އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އެގޮތުން 2013 ވަނަ އަހަރާއި އަޅާ ބަލާ އިރު މިހާރު 413 އިތުރު ޑޮކްޓަރުން ސިއްހީ ހިދުމަތް ދެމުންގެންދާ ކަމަށާއި 681 ނަރުހުން ހިދުމަތަށް އިތުރުވެފައިވާ ކަމަށެވެ. ބަލިމީހުންނަށް ހިދުމަތް ދިނުމަށް 382 އެނދު އިތުރުކުރެވިފައިވާ ކަމަށް ހެލްތް މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުން ސިއްހީ ދާއިރާއަށް ކުރާ ހަރަދު 130 ޕަސެންޓް އިތުރު ކުރެވިފައިވާ ކަމަށާއި އެގޮތުން ކެންސަރާއި ކިޑްނީ އަދި ހިތުގެ ބަލިތަކަށް ރާއްޖެއިން ދެމުންދާ ފަރުވާތައް އިތުރު ކުރެވިފައިވާ ކަމަށެވެ.

އެތެރެ ހަށީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންނާއި އަންހެނުންގެ ހާއްސަ ޑޮކްޓަރުންނާއި އޮޕަރޭޝަން ފަދަ ހިދުމަތްތަކާއެކު ކިޑްނީ ބަލީގެ ފަރުވާ އާއި ދަތުގެ ފަރުވާ އާއި ލޮލުގެ ބަލިތަކަށް ފަރުވާކުރުމުގެ ހިދުމަތްތައް އަތޮޅު ތެރޭގައި އާންމު ކުރެވި ތަރައްގީ ކުރެވެމުން ދާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ދިވެހި ޑޮކްޓަރުން ބިނާ ކުރުމުގެ މަސައްކަތުގެ ތެރެއިން 190 ޑޮކްޓަރުން ތަމްރީނު ކުރުމަށް މިފާއިތުވެދިޔަ ހަތަރު އަހަރުގައި ފޮނުވިފައިވާ ކަމަށާއި އޭގެ ތެރޭގައި ސްޕެޝަލައިޒް ވުމަށް ތަމްރީނު ދިނުމަށް ފޮނުވާފައިވާ 52 ޑޮކްޓަރުން ހިމެނޭ ކަމަށް ހެލްތް މިނިސްޓަރ ވިދާޅުވި އެވެ.

ދުނިޔޭގެ ސިއްހަތުގެ ދުވަހަކީ އޭފްރީލް 07 ވަނަ ދުވަހެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަފާސް ހިސާބުތަކައްބަލާ އިރު މުޅި ދުނިޔޭގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުންނަކީ އަސާސީ ސިއްހީ ހިދުމަތްތަކުން މަހުރޫމުވެފައިވާ މީހުންނެވެ. ގާތްގަނޑަކަށް 200 މިލިއަން އަންހެނުންނަށް އާއިލާ ރޭވުމުގެ ހިދުމަތްތައް ނުލިބޭ އިރު 20 މިލިއަން ތުއްތުކުދިންނަށް ބޭނުންވާ ވެކްސިން ނުލިބެ އެވެ. ދުނިޔޭގެ އާބާދީއަށް ބަލާ އިރު ގާތްގަނޑަކަށް 100 މިލިއަން މީހުން ކޮންމެ އަހަރަކު ސިއްހީ ކަންކަމަށް ހަރަދު ކުރުމާ ގުޅިގެން އިންތިހާ ދަރަޖައިގެ ފަގީރުންގެ ހާލަތަށް ވެއްޓޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެ އެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
23 ޖެނުއަރީ 2017

ވެތިވެދިޔަ އަހަރު ޘާނަވީ އިމްތިހާނުން %79 ކުދިން ވަނީ ފާސްވެފައި

23 ޖެނުއަރީ 2017
ވެތިވެދިޔަ އަހަރު ޘާނަވީ އިމްތިހާނުން  %79 ކުދިން ވަނީ ފާސްވެފައި
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު