ކ. މާލެ
|
6 އޭޕްރިލް 2018 | ހުކުރު 07:23
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް
އަޒުމޫން އަހުމަދު
ނަދީމްގެ ސިއްހީ މައްސަލަތައް
ނަދީމަށް ފޯރުކޮށްދޭންޖެހޭ ގޮދަޑި މާފުށީ ޖަލުން އަދިވެސް ފޯރުކޮށެއް ނުދޭ: މަހުފޫޒް
 
ނަދީމުގެ ހަމުގެ މައްސަލައާ ގުޅިގެން ފަންކާއެއް ވެސް ފޯރުކޮށްދިނުމަށް ވަކީލު އެދިފައިވޭ
 
ދޫނިދޫގައި ފުލުހުން ވަނީ ޑޮކްޓަރުންގެ އެދުމުގެ މަތިން ގޮދަޑި ދީފައި
 
ޑޮކްޓަރުން ވަނީ ނަދީމަށް ގޮދަޑިއެއް ބޭނުންވާ ކަން ހާމަކޮށްފައި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމަށް ގޮދަޑިއެއް ފޯރުކޮށްދޭންޖެހޭ ކަމަށް ޑޮކްޓަރުން ލަފާދެއްވާފައިވީ ނަމަވެސް މިހާތަނަށް މާފުށީ ޖަލުން ގޮދަޑިއެއް ދީފައިނުވާ ކަމަށް އޭނާގެ ގާނޫނީ ވަކީލު މަހްފޫޒް ސައީދު ވިދާޅުވެއްޖެއެވެ.

މަހުފޫޒް ސައީދު ކުރައްވާފައިވާ ޓްވީޓުގައި ވަނީ ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސާ އާމިނަތު އީނާސް އަށް އެޑްރެސްކޮށް ފޮނުވާފައިވާ ސިޓީގެ ކޮޕީ ޓްވީޓްކުރައްވާފައެވެ. އަދި މިދިޔަ މަހުގެ 28 ވަނަ ދުވަހު ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު ޝިހާންއަށް އެޑްރެސްކޮށް ފޮނުވާފައިވާ ސިޓީގެ ކޮޕީއެއް ވެސް ޓްވީޓާގައި މަހުފޫޒް އެޓޭޗްކުރައްވާފައިވެއެވެ.

އެޗްއާރްސީއެމްގެ ރައީސަށް އެޑްރެސްކޮށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ ނަދީމު  ދޫނިދޫގައި އޮތް އިރު އެތަނުގައި އުނަގަނޑުން ތިރި އައްސިވާތީ ޑޮކްޓަރަށް ދެއްކުމުން ގޮދަޑިއެއް އިންތިޒާމު ކުރުމަށް ދޫނިދޫގައި ހުންނަވާ ޑޮކްޓަރު ލަފާދެއްވާފައިވާ ކަމަށާއި ހަމުގެ މައްސަލައެއްގައި ޑޮކްޓަރަށް ދެއްކުމުން ފަންކާއެއް ހަރު ކުރުމަށް ވެސް އަންގާފައިވާ ކަމަށެވެ. އަދި އެލަފާގެ މަތިން ދޫނިދޫގައި ނަދީމަށް އެ އިންތިޒާމުތައް ހަމަޖައްސާދެއްވި ކަމަށް މަހުފޫޒް ފޮނުވާފައިވާ ސިޓީގައި ބަޔާންކޮށްފައިވެއެވެ

އެހެން ނަމަވެސް ކަރެކްޝަނުގެ ބެލުމުގެ ދަށަށް ބަދަލު ކުރުމަށް ފަހު ގޮދަޑިއެއް ލިބޭނެ އިންތިޒާމު ހަމަޖެހިފައިނުވާ ކަމަށާއި ނަދީމު ބަހައްޓާފައިވާ ގޮޅީގައި ކަރަންޓް ވެސް ނުހުންނަ ކަމަށް މަހުފޫޒް ވިދާޅުވިއެވެ.

މިކަން ކަރެކްޝަނުގެ ސަމާލުކަމަށް ގެނެސްފައިވާ އިރު މިއިން އެއްވެސް ކަމަކަށް ކަރެކްޝަނުން ސަމާލުކަން ދީފައި ނުވާ ކަމަށް މަހުފޫޒް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
50%
0%
50%
0%
0%
ކޮމެންޓް