ކ. މާލެ
|
6 އޭޕްރިލް 2018 | ހުކުރު 07:14
ގާނޫނީ ވަކީލު މަރިޔަމް ޝުނާނާ
ގާނޫނީ ވަކީލު މަރިޔަމް ޝުނާނާ
ރާއްޖެއެމްވީ
ފަލަސުރުހީ
ގިނަ ބައެއްގެ ހައްގުތައް ގެއްލިގެންދާ އިރު ބަންޑާރަނައިބު ހިމޭނުން ހުންނަވަނީ ކީއްވެގެން ކަމެއް ނުވިސްނޭ: ޝުނާނާ
 
ގައުމު އިސްލާހު ކުރުމުގައި މަސައްކަތް ކުރާނަން
 
މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ މަރޗު މަހު
 
ޝުނާނާ ވަނީ ގިނަ ދުވަސްތަކެއް ވަންދެން އޭޖީ އޮފީހުގައި މަސައްކަތް ކުރައްވާފައި

ރާއްޖޭގައި ގިނަ ބައެއްގެ ހައްގުތައް ގެއްލިގެންދާ އިރު ބަންޑާރަނައިބު ހިމޭނުން ހުންނަވަނީ ކީއްވެގެން ކަމެއް ނުވިސްނޭ ކަމަށާއި އެމަނިކުފާނަކީ އިންސާނީ ހައްގުތަކާ ގުޅޭ ގޮތުން ކިޔަވާ ވިދާޅުވެފައިވާ ފަރާތެއް ކަމަށް ގާނޫނީ ވަކީލު މަރިޔަމް ޝުނާނާ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝުނާނާ ވިދާޅުވީ، ބަންޑާރަ ނައިބު މުހައްމަދު އަނިލް އާއި ރައީސް އޮފީހުގެ ލީގަލް އެފެޔާޒް މިނިސްޓަރ އާޒިމާ ޝަކޫރަކީ ވެސް ގާނޫނީ ދާއިރާގައި ތަޖުރިބާކާރު ދެ ބޭފުޅުން ކަމަށެވެ. އެދެ ބޭފުޅުންނާ އެކު ވެސް މަސައްކަތް ކުރެއްވި ކަމަށާއި އެދެ ބޭފުޅުން ވެސް ގައުމުގެ ކަންކަން އިސްލާހު ކުރުމަށް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

"އިންސާނީ ހައްގުތަކަށް ބަލާ ގިނަ ބަޔަކަށް އެ ހައްގުތައް ހޯދައިދިނުމަށް ބަންޑާރަނައިބު އެބަހުރި މަސައްކަތް ކުރައްވާފަ. އެކަމަކު އެންޓި ޑިފެކްޝަން ގާނޫނާ މެދު ނިންމި ނިންމުން. ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރާ ގުޅިގެން ނިންމި ނިންމުން. އެކަމާ މެދު އެއްޗެއް ނުދެއްނެވުން. އެބޭފުޅުންގެ ޕްރެޝާއަކީ ކޮބައި ކަމެއް ނޭންގޭ. އެބޭފުޅުންގެ މަޖުބޫރު ހާލަތަކީ ކޮބައިކަމެއް ނޭންގޭ،" ޝުނާނާ ވިދާޅުވިއެވެ.

ޝުނާނާ ވިދާޅުވީ، އެޓަރނީ ޖެނެރަލްގެ އޮފީހުގައި ހުންނަވާ ކުއްލި ނުރައްކަލުގެ ހާލަތާ މެދު އަމަލު ކުރަމުންދިޔަ ގޮތާ ގުޅޭ ގޮތުން އަމިއްލަ ހިޔާލު ނުވަތަ ގާނޫނީ ގޮތުން ގަބޫލު ކުރާ ގޮތް ހާމަކުރުމަކީ މައްސަލައެއް ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. އެފަދަ މަގާމެއްގައި ހުރެ ގާނޫނީ ގޮތުން ހުރި ކަންބޮޑުވުންތައް ހާމަކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށް ގަބޫލު ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކުރިއަށް އޮތް ތަނުގައި ވެސް ގާނޫނު އަސާސީއާ ހިލާފު ކަންކަން ކުރާ ކަމުގައިވާ ނަމަ، އެކަންކަމުގެ ވާހަކަ ދައްކަވާނެ ކަމަށާއި ގައުމު އިސްލާހުކޮށް ހަމަ މަގަށް ގެނައުމަށް ކަންކަން ކުރުމުގައި ހަރަކާތްތެރިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިކަން ކުރާނީ ވަކި ޕާޓީއަކަށް ގޮސްގެން ނޫން ކަމަށާއި ގައުމު އިސްލާހު ކުރުމުގެ މަސައްކަތަކީ ހަމައެކަނި ސިޔާސީ ފަރާތްތަކުން ކުރަންޖެހޭ ކަމެއް ނޫން ކަމަށް ޝުނާނާ ވިދާޅުވިއެވެ.

ޝުނާނާ ވަނީ ސަރުކާރުން އިއުލާނު ކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު ކުރީ ގާނޫނާ ހިލާފަށް ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވާފައެވެ. އަދި އެހާލަތު ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ވެސް ޓްވީޓްގައި ވެއެވެ. އޭނާ ވަނީ 10 އަހަރަށް ވުރެ ގިނަ ދުވަހު އޭޖީ އޮފީހުގައި މަސައްކަތް ކޮށްފައެވެ. ޝުނާނާ އޭޖީ އޮފީހުގެ ސްޓޭޓް އެޓަރނީގެ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ މިދިޔަ މަރޗު މަހުގެ 29 ވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
27%
0%
73%
ކޮމެންޓް
6 އޭޕްރިލް 2018 | ހުކުރު 03:52
ހަމީޑު
ވ ތާއީދު. ވ ތަފާތު ފިކުރެއް. ވަރަށް ފުރިހަމަ. އަނިލްއާއި އާޒިމާ ކުރި ރަނގަޅު ކަންތައް ވާހަކައާއި ގޯސް ވާހަކަ ވެސް ދައްކައިފި. ވ. ތަފާތު ހިޔާލު ތަކެއް.