Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މެންޗެސްޓާ ސިޓީ

އަދިވެސް ކޮލިފައިވުމުގެ ފުރުސަތު އެބައޮތް: ގާޑިއޯލާ

ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ލިވަޕޫލްގެ ދަނޑުގައި ކުޅުނު މެޗުން ސިޓީ 3-0 ގެ ނަތީޖާއަކުން ބަލިވި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 5 އެޕްރީލު 2018 | ބުރާސްފަތި 18:10
ޕެޕް ގާޑިއޯލާ

ޕެޕް ގާޑިއޯލާ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ކޮލިފައިވުމުގެ ފުރުސަތު އަދިވެސް އެބަ އޮތް ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ލިވަޕޫލްގެ ދަނޑުގައި ކުޅުނު މެޗުން ސިޓީ 3-0 ގެ ނަތީޖާއަކުން ބަލިވިއިރު އެ ޓީމު ސެމީއަށް ދަތުރުކުރުމަށް ދެވަނަ ލެގު 3-0 އަކަށްވުރެ ބޮޑު ނަތީޖާއަކުން ކާމިޔާބުކުރަން ޖެހެއެވެ. ލިވަޕޫލް އިން 31 މިނެޓް ތެރޭގައި ސިޓީ ކޮޅަށް ތިން ލަނޑު ޖެހިއިރު އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ ސަލާހު އަދި މާނޭގެ އިތުރުން ޗެމްބަލިންއެވެ. މި ސީޒަނުގެ ޕްރިމިއާ ލީގުގައި ވެސް ސިޓީ ވަނީ ލިވަޕޫލްގެ ދަނޑުގައި ކުޅުނު މެޗުން 4-3 އިން ބަލިވެފައެވެ. އެހެން ނަމަވެސް މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި މި ދެ ޓީމު ކުޅުނު މެޗު 5-0 އިން ކާމިޔާބުކުރީ ސިޓީއެވެ.

މި މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ އެއްވެސް މީހަކު އެ ޓީމު ސެމީއަށް މިހާރު ދަތުރުކޮށްފާނެ ކަމަށް ގަބޫލުކުރަން ބޭނުންނުވާނެ ކަމަށެވެ. އެހެން ނަމަވެސް އަދިވެސް 90 މިނެޓު ބާކީ އެބައޮތް ކަމަށާއި ކުރެވޭނީ މަސައްކަތްކަމަށް އޭނާ ބުނެފައިވެއެވެ. ގާޑިއޯލާ ބުނީ އޭނާގެ ޓީމަށް ވަރަށް ބޮޑަށް އިތުބާރު ކުރާ ކަމަށާއި މި ސީޒަނުގައި ދައްކާފައި ވަނީ ވަރަށް މޮޅު ކުޅުމެއް ކަމަށެވެ. އެހެން ނަމަވެސް މި ނަތީޖާ ގަބޫލުކުރަން އުނދަގޫވާނެ ކަމަށާއި އެކަމާ ދެބަސްވެވެން ނެތް ކަމަށް ގާޑިއޯލާ ބުނެފައިވެއެވެ.

އޭނާ ބުނީ މިހާރު ހުރިހާ ނޫސްވެރިން ވެސް ބުނަމުންދަނީ ސެމީއަށް ދާނީ ބާސާ، ރެއާލް އަދި ބަޔާންގެ އިތުރުން ލިވަޕޫލް ކަމަށެވެ. އެހެން ނަމަވެސް އަންނަ ހަފްތާގައި ކުޅޭ ދެވަނަ ލެގަށް ފަހު ސެވިއްޔާ، ރޯމާ އަދި ޔުވެންޓަސްގެ އިތުރުން ސިޓީ ވެސް ސެމީއިން ފެނުމަކީ ވެދާނެ ކަމެއް ކަމަށް ގާޑިއޯލާ ބުނެފައިވެއެވެ. ލިވަޕޫލަކީ މޮޅު ޓީމެއް ކަމަށާއި އުއްމީދުގައި ކުޅުމަކީ އޭނާގެ ޓީމަށް ލިބިފައިވާ ހައްގެއް ކަމަށް ގާޑިއޯލާ ބުނެފައިވެއެވެ. އޭނާ ބުނީ މެޗުގެ ރިޕްލޭތައް ބެލުމަށް ފަހު މިއީ ބޮޑު "ކާރިސާ" އެއްގެ ގޮތުގައި ވެސް ލޭބަލް ކުރެވިދާނެ ކަމަށެވެ. މި މެޗުން ސިޓީ ބަލިވި ނަމަވެސް އަންނަ ހޮނިހިރު ދުވަހު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުން އެ ޓީމު މޮޅުވެއްޖެ ނަމަ އެ ޓީމަށް އިނގިރޭސި ޕްރިމިއާ ލީގުގެ ތަށި ޔަގީންވެގެންދާނެއެވެ. ތިން ލަނޑުގެ ލީޑެއްގައި އޮވެ ލިވަޕޫލް ދެވަނަ ލެގާއި ކުރިމަތިލާއިރު ޗެމްޕިއަންސް ލީގުގެ ތާރީހުގައި ވެސް މިފަދަ ބޮޑު ލީޑަކާ އެކު ކޮލިފައިނުވި ހަމައެކަނި ޓީމަކީ ފްރާންސް ޕީއެސްޖީއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ

އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

31 ޖެނުއަރީ 2017
ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި

ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި

30 ޖެނުއަރީ 2017
ނިއުގެ އެކަޑެމީގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

ނިއުގެ އެކަޑެމީގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 އެޕްރީލު
އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!
20251 އަހަރު ކުރިން
ރާއްޖެ

އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.
20242 އަހަރު ކުރިން
އިސްލާމް

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް
20233 އަހަރު ކުރިން
ރާއްޖެ

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟
20224 އަހަރު ކުރިން
ރިޕޯޓު

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!
20215 އަހަރު ކުރިން
ރިޕޯޓު

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު