Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުއެފާ ޗެމްޕިއަންސް ލީގު

ޗެމްޕިއަންސް ލީގު: ފަސޭހަކަމާއެކު މެންޗެސްޓަރ ސިޓީ ބަލިކޮށް، ލިވަޕޫލް ސެމީ ފައިނަލްގެ ފުރުޞަތު ބޮޑުކޮށްފި

މިމެޗު ލިވަޕޫލް ކާމިޔާބު ކުރީ 3-0 ން

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު, ރާއްޖެ އެމްވީ | 5 އެޕްރީލު 2018 | ބުރާސްފަތި 07:34
މެންޗެސްޓަރ ސިޓީ ކޮޅަށް ލަނޑު ޖަހާ ލީޑު ނަގައިދިނުމަށްފަހު ލިވަޕޫލްގެ ފޯވާޑް ސަލާހް އުފާ ފާޅު ކުރަނީ

މެންޗެސްޓަރ ސިޓީ ކޮޅަށް ލަނޑު ޖަހާ ލީޑު ނަގައިދިނުމަށްފަހު ލިވަޕޫލްގެ ފޯވާޑް ސަލާހް އުފާ ފާޅު ކުރަނީ

އަމިއްލަ ދަނޑުގައި ފަސޭހަކަމާއެކު މެންޗެސްޓަރ ސިޓީ ބަލިކޮށް، ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރުޞަތު ލިވަޕޫލް އިން ބޮޑުކޮށްފި އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލްގެ ފުރަތަމަ ލެގުގައި ބުދަ ދުވަހުގެރޭ، އަމިއްލަ ދަނޑުގައި މެންޗެސްޓަރ ސިޓީގެ މައްޗަށް ލިވަޕޫލް ކުރިހޯދީ 3-0 ންނެވެ.

މިމެޗުގައި ލިވަޕޫލް ޖެހި ތިން ލަނޑުވެސް ޖަހާފައިވަނީ ފުރަތަމަ ހާފްގެ ތެރޭގައެވެ.

މެޗުގެ 12 ވަނަ މިނެޓުގައި ރޮބާޓޯ ފަރމީނޯ ދިން ބޯޅައަކުން ލިވަޕޫލްގެ ފުރަތަމަ ލަނޑު ޖަހައިދިނީ މިސްރުގެ ފޯވާޑް މުޙައްމަދު ސަލާހް އެވެ. މިލަނޑަކީ މިސީޒަނުގައި ސަލާހް ޖެހި 38 ވަނަ ލަނޑެވެ.

މެޗުގެ 20 ވަނަ މިނެޓުގައި ލިވަޕޫލް އަށް ލީޑު ފުޅާ ކޮށްދިނީ އިނގިރޭސި ފޯވާޑް އެލެކްސް އޮކްސްލޭޑް ޗެމްބަލައިން އެވެ. ޖޭމްސް މިލްނަރ ދިން ބޯޅައަކުން މިލަނޑު އޭނާ ޖެހީ، ޕެނަލްޓީ އޭރިއާ ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

ލިވަޕޫލްގެ ތިންވަނަ ލަނޑު، 31 ވަނަ މިނެޓުގައި ޖަހައިދިނީ ސެޑިއޯ މަނޭ އެވެ. މިއީ މެންޗެސްޓަރ ސިޓީގެ އޭރިއާ ތެރެއިން ސަލާހް ނަގައިދިން ހުރަހެއް މަނޭ ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކުރި ލަނޑެކެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި 16 ޕޮއިންޓުގެ ލީޑަކާއެކު ތާވަލްގެ ކުރީގައިވާ މެންޗެސްޓަރ ސިޓީ އަށް މިމެޗުގައި ލިވަޕޫލްގެ ގޯލަށް އަމާޒުކޮށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައެއްނުވެއެވެ.

މިނަތީޖާ އާއެކު ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ޖާގައަކާއި ގާތަށް ލިވަޕޫލް ޖެހިލިއިރު، ސެމީގެ ފުރުސަތު ހޯދުމަށް މެންޗެސްޓަރ ސިޓީ އަށް އޮތީ، އެޓީމުގެ ދަނޑުގައި އަންނަ އަންގާރަ ދުވަހު ކުޅޭ ދެވަނަ ލެގު 3 ލަނޑަށްވުރެ ބޮޑު ތަފާތަކުން ކާމިޔާބު ކުރުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު