Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ޗެމްޕިއަންސް ލީގު: ފަހަތުން އަރައި ސެވިއްޔާ ބަލިކޮށް ބަޔާން ސެމީއާ ގާތަށް ޖެހިލައިފި

4 އެޕްރީލު 2018 | ބުދަ 12:36

ސެވިއްޔާގެ ދަނޑުގައި ކުޅުނު މި މެޗު ބަޔާންއިން ކާމިޔާބުކުރީ ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 4 އެޕްރީލު 2018 | ބުދަ 12:36
ބަޔާން މެޗުން މޮޅުވި ލަނޑު ޖެހި ތިއާގޯ

ބަޔާން މެޗުން މޮޅުވި ލަނޑު ޖެހި ތިއާގޯ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ފަހަތުން އަރައި ސްޕެއިންގެ ސެވިއްޔާ ބަލިކޮށް ޖަރުމަނުގެ ބަޔާން މިއުނިކް ސެމީ ފައިނަލުގެ ޖާގައަކާއި ގާތަށް ޖެހިލައިފިއެވެ.

ސެވިއްޔާގެ ދަނޑުގައި ކުޅުނު މި މެޗު ބަޔާންއިން ކާމިޔާބުކުރީ ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުންނެވެ. މިއީ މި ދެ ޓީމުގެ މެދުގައި ކުޅެވުނު ފުރަތަމަ މެޗަށްވާއިރު މިއީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ސެވިއްޔާ ފެނިގެންދިޔަ ފުރަތަމަ ފަހަރެވެ. ސެވިއްޔާ ކުއާޓާއަށް ދަތުރުކުރީ މެންޗެސްޓާ ޔުނައިޓެޑް ބަލިކުރުމަށް ފަހު ކަމަށްވާއިރު ބަޔާން ކުއާޓާގެ ޖާގައެއް ހޯދީ ތުރުކީގެ ބެސިކްޓަސް ބަލިކުރުމަށް ފަހުއެވެ. އަމިއްލަ ދަނޑުގައި ބާސެލޯނާއާ އެއްވަރުވި ސެވިއްޔާގެ ޓީމަށް ހަތަރު ބަދަލެއް މި މެޗުގައި ފެނިގެންދިޔައިރު ބަޔާންގެ ޓީމުން ވެސް ވަނީ ހަތަރު ބަދަލެއް ފެނިގެން ގޮސްފައެވެ.

ފުރަތަމަ ހާފު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު ދެ ޓީމުން ވެސް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. މި ހާފުގެ ކުރީކޮޅު ސެވިއްޔާގެ ފޯވާޑް ޕަބްލޯ ސަރާބިއާއަށް ހުސް ފުރުސަތެއް ލިބިގެންދިޔައިރު އޭނާއަށް އެ ފުރުސަތުގެ ބޭނުން ހިފިފައެއް ނުވެއެވެ. އެހެން ނަމަވެސް މެޗުގެ 32 މިނެޓުގައި އެސްކުޑޭރޯ ތަނަވަސްކޮށްދިން ފުރުސަތަކުން އޭނާ ވަނީ ލަނޑެއް ޖަހާ ސެވިއްޔާއަށް މެޗުގެ ލީޑު ނަގައިދީފައެވެ. ސެވިއްޔާއިން ލަނޑު ޖެހިތާ ފަސް މިނެޓު ނުވަނީސް ބަޔާންއިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ބަޔާންއަށް ނަތީޖާ ހަމަހަމަ ވެގެންދިޔައީ ޖީސަސް ނަވާސް އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ.

ދެ ޓީމު އެއްވަރުވެއޮވެ ފުރަތަމަ ހާފު ނިމިގެންދިޔައިރު ދެވަނަ ހާފުގައި ވެސް ވަނީ ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައެވެ. މި ހާފުގައި ބަޔާންއިން އެ ޓީމުގެ ކުޅުން ވަރުގަދަކުރިއިރު ސެވިއްޔާއިން ވަނީ ކައުންޓާގައި ބަޔާންގެ ގޯލަށް ނުރައްކާ ކޮށްފައެވެ. ބަޔާންއިން މެޗުގެ ލީޑު ނެގީ 68 ވަނަ މިނެޓުގައެވެ. ފްރޭންކް ރިބެރީ ނަގައިދިން ހުރަހަކުން ބަޔާންއަށް ލީޑު ނަގައިދިނީ ތިއާގޯ އަލްކަންޓާރާއެވެ. މި ހާފުގެ ފަހު ވަގުތުކޮޅުގައި ވެސް ބަޔާންގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީއަށް ވަނީ އެ ޓީމުގެ ލީޑު އިތުރަށް ފުޅާކުރުމަށް ފުރުސަތު ލިބި ބޭކާރުވެފައެވެ.

މި މެޗުން މޮޅުވުމާއެކު ބަޔާންގެ ކޯޗުގެ މަގާމުގައި ހުރި ޖުޕް ހެއިންކޭސް ވަނީ ޖެހިޖެހިގެން 12 މެޗު ޗެމްޕިއަންސް ލީގުގައި ކާމިޔާބުކޮށްފައެވެ. އޭނާއާ އެއް އަދަދަކަށް އެހެން އެއްވެސް ކޯޗަކަށް ޖެހިޖެހިގެން މެޗު ކާމިޔާބުކުރެވިފައެއް ނުވެއެވެ.

މި ދެ ޓީމު ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހަފްތާގެ ބުދަ ދުވަހުގެ ރޭ ބަޔާންގެ ދަނޑު ކަމަށްވާ އެލަޔަންޒް އެރީނާގައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް