Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫޓިއުބް ހެޑްކުއާޓަރަށް ހަމަލާ

ޔޫޓިއުބްގެ މައި އޮފީހަށް ބަޑި ހިފައިގެން ވަތް އަންހެނަކު ޙަމަލާދީފި

4 އެޕްރީލު 2018 | ބުދަ 00:32

ޙަމަލާދިން މީހާ ވަނީ މަރުވެފައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 4 އެޕްރީލު 2018 | ބުދަ 00:32
ހަމަލާއާއި ގުޅިގެން ޔޫޓިއުބް އޮފީސް ކައިރިއަށް ފުލުހުން ޖަމާވެފައި

ހަމަލާއާއި ގުޅިގެން ޔޫޓިއުބް އޮފީސް ކައިރިއަށް ފުލުހުން ޖަމާވެފައި

ދުނިޔޭގެ އެންމެ ބޮޑު ވީޑިއޯ ސްޓްރީމިންގ ވެބްސައިޓް ޔޫޓިއުބްގެ މައި އޮފީހަށް ބަޑި ހިފައިގެން ވަތް އަންހެނަކު ޙަމަލާތަކެއް ދީފިއެވެ.

އެމެރިކާގެ ކެލިފޯނިއާގެ ސެން ބްރޫނޯގައި ހުންނަ ޔޫޓިއުބްގެ މައި އޮފީހަށް ބަޑީގެ ހަމަލާތަކެއް ދީފައިވާ ކަމަށާއި، އެހަމަލާ އާއި ގުޅިގެން ކެލިފޯނިއާގެ ސަލާމަތީ އޮފިޝަލުން ހަރަކާތްތެރިވަމުން ދިޔަ ކަމަށް އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައި އޮފިޝަލުން ވަނީ އެމެރިކާގެ މީޑިއާއަށް ކަށަވަރުކޮށްދީފައެވެ. އަދި ޙަމަލާދިން އަންހެން މީހާ އަމިއްލަ ގަޔަށް ބަޑިޖަހައިގެން މަރުވެފައިވާކަމަށް ފުލުހުންނާއި ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.

ޙަމަލާ ދީފައިވާކަން ޔޫޓިއުބްގެ ބެލެނިވެރި ކުންފުނި ކަމަށްވާ ގޫގްލްއިން ވަނީ ކަށަވަރުކޮށްދީފައެވެ. ގޫގްލްއިން ކުރި ޓްވީޓެއްގައި ބުނީ ޔޫޓިއުބް މައި އޮފީސް ހުންނަ އެކުވެނީގައި ހުރި އިމާރާތްތަކުން ސަލާމަތްތެރިކަމާއިއެކު މީހުން ހުސްކުރުމުގެ މަސައްކަތް ގޫގްލްގެ ސެކިއުރިޓީ ބަލަހައްޓާ އޮފިޝަލުންނާއި ކެލިފޯނިއާގެ ސްޓޭޓް އޮފިޝަލުން ގުޅިގެން ކުރަމުންދާކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ބަޑީގެ ވަޒަން އެރުމުގެ ސަބަބުން ޔޫޓިއުބްގެ ބައެއް މުވައްޒަފުންނަށް އަނިޔާވެފައިވާއިރު، ސަލާމަތްވާން އިމާރާތްތަކުން ނިކުމެގެން ދުވުމުގެ ތެރޭގައިވެސް ބައެއް މީހުންނަށް އަނިޔާވެފައިވެއެވެ.

ސެން ފްރެންސިސްކޯގެ ދެކުނުން އޮންނަ ސެން ބްރޫނޯގައި ހުންނަ ޔޫޓިއުބްގެ މައި އޮފީސް ސަރަހައްދުގައި ގިނަ އަދަދަކަށް ފުލުހުންނާއި ފަރސްޓް ރެސްޕޮންޑާރސް ހަރަކާތްތެރިވަމުން އަންނައިރު، އެސަރަހައްދަށް އާއްމުން ނައުމަށް ފުލުހުން ދަނީ އިލްތިމާސްކުރަމުންނެވެ.

ޔޫޓިއުބް މައި އޮފީހުގައި 1700 އެއްހާ މުވައްޒަފުން މަސައްކަތްކުރެއެވެ.

މިމައްސަލަ ތަހުޤީޤުކުރުމަށް އެފްބީއާއި އޭޓީއެފް އިން ފުލުހުންނަށް އެހީތެރިވަމުން އަންނަކަމަށް މައުލޫމާތު ލިބެއެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

ކިމްޖޮން ނަމްގެ ޕޯސްޓް މޯޓަމް ނިންމައިފި

16 ފެބުރުއަރީ 2017
ކިމްޖޮން ނަމްގެ ޕޯސްޓް މޯޓަމް ނިންމައިފި
13 ފެބުރުއަރީ 2017

ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި

13 ފެބުރުއަރީ 2017
ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި
10 ފެބުރުއަރީ 2017

ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ

10 ފެބުރުއަރީ 2017
ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ
31 ޖެނުއަރީ 2017

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް ދައުވާއެއް އުފުލައިފި

31 ޖެނުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް  ދައުވާއެއް އުފުލައިފި
30 ޖެނުއަރީ 2017

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ

30 ޖެނުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
25 ޖެނުއަރީ 2017

ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

25 ޖެނުއަރީ 2017
ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު
17 ޖެނުއަރީ 2017

ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 10،000 މީހުން: އދ

17 ޖެނުއަރީ 2017
ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 10،000 މީހުން: އދ
04 ޖެނުއަރީ 2017

ބަންގްލަދޭޝް މަޖިލިސް މެމްބަރެއް ގަޔަށް ބަޑިޖަހާ އަވާހަރަކޮށްލައިފި

04 ޖެނުއަރީ 2017
ބަންގްލަދޭޝް މަޖިލިސް މެމްބަރެއް ގަޔަށް ބަޑިޖަހާ އަވާހަރަކޮށްލައިފި
04 ޖެނުއަރީ 2017

އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!

04 ޖެނުއަރީ 2017
އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް