Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރޮހިންޖާ މުސްލިމުން

ރޮހިންޖާ ފަންޑުން ދޫކުރި ފައިސާއިން 300،000 ވުރެ ގިނަ ރުފިޔާ މަދު!

3 އެޕްރީލު 2018 | އަންގާރަ 08:43

ރޮހިންގާ މީހުންނަށް ހަވާލު ކުރީ 17.7 މިލިއަން ރުފިޔާ

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 3 އެޕްރީލު 2018 | އަންގާރަ 08:43
ރޮހިންގާ މީހުންގެ ދިފާއުގައި ދިވެހިން ކުރި މުޒާހަރާއެއްގެ ތެެރެއިން

ރޮހިންގާ މީހުންގެ ދިފާއުގައި ދިވެހިން ކުރި މުޒާހަރާއެއްގެ ތެެރެއިން

ސަރުކާރުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ރޮހިންޖާ ފަންޑަށް ޖަމާކުރި 18.1 މިލިއަން ރުފިޔާ ރޮހިންޖާ މުސްލިމްނަށް ހަދިޔާކޮށްފައިވާ ކަމަށް ބުނެފައި ވަނިކޮށް، އެ ފައިސާގެ ތެރެއިން ތިން ލައްކައަށް ވުރެ ގިނަ ރުފިޔާ މަދުވެފައިވާކަން ހާމަވެއްޖެ އެވެ.

މިޔަންމާގެ ރޮހިންޖާ މުސްލިމުންނަށް އެހީވާން އިސްލާމިކް މިނިސްޓްރީން ހަ މަސް ކުރިން ހިންގި ހަރަކާތްތަކުން ލިބުނު 18.1 މިލިއަން ރުފިޔާ އޭގެ ހައްގުވެރިންނަށް ހަވާލުކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވެފައި ވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ.

Advertisement - newsAdvertisement

ނަމަވެސް ބަންގުލަދޭޝްގައި ހުންނަ ރާއްޖޭގެ އެމްބަސީން އިއްޔެ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ރޮހިންޖާ މީހުންނަށް 1,150,000 (އެއް މިލިއަން އެއް ލައްކަ ފަންސާސް ހާސް) ޑޮލަރު ހަވާލުކޮށްފައިވާ ކަމަށެވެ. ބަންގުލަދޭޝްގައި ހުންނަ ރާއްޖޭގެ އެމްބަސީން ބުނެފައިވާ ގޮތުންނަމަ، 1.15 މިލިއަން ޑޮލަރަކީ ދިވެހި ފައިސާއިންނަމަ، 17.7 މިލިއަން ރުފިޔާއެވެ. އެ އަދަދަކީ ފަންޑަށް ޖަމާކުރި ޖުމްލަ އަދަދު ކަމުގައި 18.1 މިލިއަން ރުފިޔާއިން 367،000 ރުފިޔާ މަދު އަދަދެކެވެ.

އެކަމާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީއާ ސުވާލު ކުރުމުން، އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ބަންގުލަދޭޝްގައި ހުންނަ ރާއްޖޭގެ އެމްބަސީން ކުރި ޓްވީޓުގައި ބުނެފައިވާ 1.15 މިލިއަން ރުފިޔާއަކީ ދެ ބުރަކަށް ބަހާލައިގެން ޖަމާކުރި ފައިސާ ކަަމަށެވެ. ފުރަތަމަ ބުރުގައި 200،000 (ދެ ލައްކަ) ޑޮލަރު ޖަމާކޮށްފައިވާ ކަމަށާއި ދެ ވަނަ ބުރުގައި 950،000 (ނުވަ ލަައްކަ ފަންސާސް ހާސް) ޑޮލަރު ޖަމާކޮށްފައިވާ ކަމަށެވެ.

"ޓްރާންސްފާ ފީގެ ގޮތުގައި އެއްޗެއް ނަގާނެކަން ނުވަތަ ނޫންކަން އެހާތަނަށް ޔަގީން ވެފައި ނުވާތީ އާއި ޓްރާންސްފާ ފީގެ ގޮތުގައި އެއްޗެއް ދައްކަން ޖެހިއްޖެ ހާލަތެއްގައި 18.1 މިލިއަން އެއްފަހަރާ ފޮނުވައިފިނަމަ، އެކަމުގެ ސަބަބުން އިތުރު ލަސްކަމެއް އައިސްދާނެތީ،" އިސްލާމިކް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ ރޮހިންޖާ ފަންޑުން ނުފޮނުވި ހުރި ބާކީ ފައިސާ މި މަހުގެ ތިން ވަނަ ޓީޓީއެއްގައި ފޯރުކޮށްދެވޭނެ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ ރޮހިންޖާ ފަންޑުގެ ފައިސާ ބޭންކަށް ޖަމާކޮށް، މިހާރު އެ ހިނގަނީ ބޭންކު ޕްރޮސެސްއާ ޓެކްނިކަލް ކަންތައްތަކުގެ މަރުހަލާތަކެއް ކަމަށެވެ.

އޮފިޝަލް އެގޮތަށް ވިދާޅުވިއިރު، އިސްލާމިކް މިނިސްޓަރު އެފަދަ ވާހަކަތަކެއް މީޑިއާއަކަށް ތިލަކޮށެއް ނުދެއްވައެވެ. ވިދާޅުވީ ހުރިހާ ފައިސާ އެއްފަހަރާ ރޮހިންޖާ މީހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.

ރޮހިންޖާ ފަންޑަށް ފައިސާ ހޯދުމަށް މީޑިއާތަކާ ގުޅިގެން މިނިސްޓްރީން ހިންގި ހިންގި ޓެލެތޯން ނިންމާލުމަށްފަހު، މިނިސްޓަރު ޒިޔާރު ކުރިން ވިދާޅުވީ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރޮހިންޖާ މީހުންނަށް އެ ފައިސާ ހަވާލުކޮށްދޭނެ ކަމަށެވެ. ނަމަވެސް އެ ފައިސާ ހަވާލު ކުރުމުގެ މަރުހަލާ ވެސް ފެށިފައި އެ ވަނީ ފަސް މަސް ފަހުންނެވެ. އަދި ހަވާލުކުރި ފައިސާގެ ތެރެއިން، ތިން ލައްކައެއްހާ ރުފިޔާ އެ ވަނީ މަދުވެފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

06 ސެޕްޓެމްބަރު 2017

ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ދިވެހި ރެޑް ކްރެސެންޓުން ފަންޑެއް ހުޅުވައިފި

06 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ދިވެހި ރެޑް ކްރެސެންޓުން ފަންޑެއް ހުޅުވައިފި
05 ސެޕްޓެމްބަރު 2017

ރޮހިންޖާ މުސްލިމުންނަށް ކުރާ އަނިޔާތަކާއި ދެކޮޅަށް ޅ. ކުރެންދޫ ރައްޔިތުން އަޑު އުފުލައި ޙާއްސަ ދުޢާ އެއް ކޮށްފި

05 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުންނަށް ކުރާ އަނިޔާތަކާއި ދެކޮޅަށް ޅ. ކުރެންދޫ ރައްޔިތުން އަޑު އުފުލައި ޙާއްސަ ދުޢާ އެއް ކޮށްފި
05 ސެޕްޓެމްބަރު 2017

ރޮހިންޖާ މުސްލިމުން ހިމާޔަތް ކޮށްދިނުމަށް އައްޑޫ ސިޓީ ކައުންސިލުން އދއަށް ގޮވާލައިފި

05 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުން ހިމާޔަތް ކޮށްދިނުމަށް އައްޑޫ ސިޓީ ކައުންސިލުން އދއަށް ގޮވާލައިފި
04 ސެޕްޓެމްބަރު 2017

ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ރާއްޖެޓީވީން ޓެލެތޯންއެއް ބާއްވަނީ

04 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ރާއްޖެޓީވީން ޓެލެތޯންއެއް ބާއްވަނީ
03 ސެޕްޓެމްބަރު 2017

ރޮހިންޖާ މުސްލިމުންނަށް ދިމާވާ ލާއިންސާނީ އަމަލުތައް ހުއްޓާލުމަށް އެގައުމުގެ ސިޔާސީ ލީޑަރު ސޫ ކީ އަށް ރައީސް ނަޝީދު ގޮވާލައްވައިފި

03 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުންނަށް ދިމާވާ ލާއިންސާނީ އަމަލުތައް ހުއްޓާލުމަށް އެގައުމުގެ ސިޔާސީ ލީޑަރު ސޫ ކީ އަށް ރައީސް ނަޝީދު ގޮވާލައްވައިފި
25 އޯގަސްޓު 2017

ތިމާ ކުރާ ޚަރަދުތަކަކީ ޙަލާލު މުދަލާއި ފައިސާއިން ކުރާ ޚަރަދުތަކެއް ކަމުގައި ވާންޖެހޭނެ: ޚުތުބާ

25 އޯގަސްޓު 2017
ތިމާ ކުރާ ޚަރަދުތަކަކީ ޙަލާލު މުދަލާއި ފައިސާއިން ކުރާ ޚަރަދުތަކެއް ކަމުގައި ވާންޖެހޭނެ: ޚުތުބާ
04 ޖުލައި 2017

"އަދީބު އަތުން ލިބުނު ވަގު ފައިސާއިން ގައުމީ ލޭ އުފެދޭތޯ"

04 ޖުލައި 2017
"އަދީބު އަތުން ލިބުނު ވަގު ފައިސާއިން ގައުމީ ލޭ އުފެދޭތޯ"
22 ޖޫން 2017

ޒަކާތު ފައިސާއިން 13 މިލިއަނަށްވުރެ ގިނަ ރުފިޔާ ހައްގުވެރިންނަށް ދިން ކަމާމެދު ސުވާލު އުފެދިއްޖެ

22 ޖޫން 2017
ޒަކާތު ފައިސާއިން 13 މިލިއަނަށްވުރެ ގިނަ ރުފިޔާ ހައްގުވެރިންނަށް ދިން ކަމާމެދު ސުވާލު އުފެދިއްޖެ
21 ފެބުރުއަރީ 2017

ޑިއުޓީގެ ބޮޑުކޮށްގެން ލިބޭ ފައިސާއިން އާންމުން ހޭލުންތެރިކުރަން ސަރުކާރު މެމްބަރުން ދެކޮޅު!

21 ފެބުރުއަރީ 2017
ޑިއުޓީގެ ބޮޑުކޮށްގެން ލިބޭ ފައިސާއިން އާންމުން ހޭލުންތެރިކުރަން ސަރުކާރު މެމްބަރުން ދެކޮޅު!
20 ފެބުރުއަރީ 2017

ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް

20 ފެބުރުއަރީ 2017
ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް