Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފްރެންޗް ލީގު ކަޕް

މޮނާކޯ ބަލިކޮށް ފްރެންޗް ލީގް ކަޕްގެ ޗެމްޕިއަންކަން ޕީއެސްޖީ ހޯދައިފި

1 އެޕްރީލު 2018 | އާދީއްތަ 17:30

ފްރެންޗް ލީގު ކަޕްގެ ފައިނަލް މެޗު ޕީއެސްޖީ ކާމިޔާބު ކުރީ 3-0 ން

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު | 1 އެޕްރީލު 2018 | އާދީއްތަ 17:30
ފްރެންޗް ލީގު ކަޕްގެ ތަށްޓާއެކު ޕީއެސްޖީގެ ކުޅުންތެރިން

ފްރެންޗް ލީގު ކަޕްގެ ތަށްޓާއެކު ޕީއެސްޖީގެ ކުޅުންތެރިން

ފްރެންޗް ލީގް ކަޕްގެ ފައިނަލްގައި މޮނާކޯ ބަލިކޮށް، ލީގް ކަޕްގެ ޗެމްޕިއަންކަން ޖެހިޖެހިގެން 5 ވަނަ ފަހަރަށް ޕެރިސް ސެއިންޓް ޖަމައިން (ޕީއެސްޖީ) ހޯދައިފި އެވެ.

ފްރެންޗް ލީގް ކަޕްގެ ފައިނަލްގައި މޮނާކޯގެ މައްޗަށް ޕީއެސްޖީ ކުރިހޯދީ 3-0 ންނެވެ.

ލީގް ކަޕް ފައިނަލް މެޗުގެ 8 ވަނަ މިނެޓުގައި ޕީއެސްޖީގެ ފޯވާޑް ކީލިއަން އެމްބާޕޭ އަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީ އަކުން ޕީއެސްޖީ އަށް ކުރިހޯދައިދިނީ އުރުގުއާއީގެ ފޯވާޑް އެޑިންސަން ކަވާނީ އެވެ. މޮނާކޯ އަށް ކުރި ކުޅުނު އެމްބާޕޭ އަށް ކުރި ފައުލަށް ޕެނަލްޓީ ދީފައިވަނީ ވީޑިއޯ އެސިސްޓެންޓް ރެފްރީ ނުވަތަ ވީޑިއޯ ރިޕްލޭ އަށް ބެލުމަށްފަހުއެވެ.

މެޗުގެ 21 ވަނަ މިނިޓުގައި އެމްބާޕޭ ދިން ބޯޅައަކުން ޕީއެސްޖީ އަށް ލީޑު ފުޅާ ކޮށްދިނީ އާޖެންޓީނާގެ ފޯވާޑް އެންޚެލް ޑި މަރިއާ އެވެ.

މިމެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން މޮނާކޯ އަށް ކުޅޭ ކޮލަމްބިއާގެ ފޯވާޑް ރަޑަމެލް ފަލްކާއޯ ލަނޑެއް ޖެހުމާއި ގާތަށް ދިޔައެވެ. އެހެން ނަމަވެސް ފަލްކާއޯގެ ލަނޑަކީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފައިވަނީ ވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ގެ އެހީތެރިކަމާއެކުގައެވެ.

ޕީއެސްޖީގެ ފަހު ލަނޑު މެޗުގެ 85 ވަނަ މިނިޓުގައި ޖަހައިދިނީ ކަވާނީ އެވެ.

ފްރެންޗް ލީގު ކަޕްގެ ޗެމްޕިއަން ކަމާއެކު، ގަތަރުގެ މަހުޖަނަކު ހިންގާ ޕީއެސްޖީ އިން ވަނީ ފާއިތުވި ފަސް ސީޒަނުގައި އެ ކްލަބު ވާދަކުރި ފްރާންސްގެ 13 މުބާރާތުގެ ތެރެއިން 11 މުބާރާތެއް ކާމިޔާބު ކޮށްފައެވެ. މީގެ އިތުރުން ފްރެންޗް ލީގާއި، ފްރެންޗް ކަޕް ކާމިޔާބު ކޮށްގެން، ފްރާންސްގެ ހުރިހާ މުބާރާތެއް ތިންވަނަ އަހަރު ކާމިޔާބު ކުރުމުގެ ފުރުޞަތު އެކްލަބަށް އެބައޮތެވެ.

ފްރެންޗް ލީގުގެ އެއްވަނާގައިވާ ޕީއެސްޖީ އަށް ދެވަނާގައިވާ މޮނާކޯގެ މައްޗަށް 17 ޕޮއިންޓުގެ ލީޑެއް އޮތްއިރު، ފްރެންޗް ލީގު ޗެމްޕިއަންކަން ޕީއެސްޖީ އަށް ވަނީ ގާތްގަނޑަކަށް ކަށަވަރުވެފައެވެ.

މީގެ އިތުރުން ފްރެންޗް ކަޕްގެ ފައިނަލުން ޖާގަ ހޯދުމަށް ޕީއެސްޖީ އަށް ބޭނުން ވަނީ ސެމީ ފައިނަލްގެ ދެވަނަ ލެގުގައި މޮނާކޯ އަތުން މޮޅެއް ހޯދުމެވެ. މި ދެ ޓީމް ބައްދަލު ކުރި ސެމީ ފައިނަލްގެ ފުރަތަމަ ލެގު ނިމިފައިވަނީ 1-1 ން ދެ ޓީމް އެއްވަރު ވެގެންނެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް

02 ފެބުރުއަރީ 2017
އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް
30 ޖެނުއަރީ 2017

އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި

30 ޖެނުއަރީ 2017
އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި
27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް