Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ޕްރިމިއާ ލީގު: ސަލާހުގެ 29 ވަނަ ލަނޑާއެކު ލިވަޕޫލް މޮޅުވެއްޖެ

1 އެޕްރީލު 2018 | އާދީއްތަ 11:47

މި މެޗު ލިވަޕޫލްއިން ކާމިޔާބުކުރީ ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 1 އެޕްރީލު 2018 | އާދީއްތަ 11:47
މި މެޗުން ލިވަޕޫލް މޮޅުވި ލަނޑު ޖެހި ސަލާހު

މި މެޗުން ލިވަޕޫލް މޮޅުވި ލަނޑު ޖެހި ސަލާހު

އިނގިރޭސި ޕްރިމިއާ ލީގުގައި މުހައްމަދު ސަލާހު ކާމިޔާބު ކުރި 29 ލަނޑާއެކު ފަހަތުން އަރައި ކްރިސްޓަލް ޕެލަސްގެ މައްޗަށް ލިވަޕޫލްއިން ކުރި ހޯދައިފިއެވެ.

ކްރިސްޓަލް ޕެލަސްގެ ދަނޑު ކަމަށްވާ ސެލަހަސްޓް ޕާކްގައި ކުޅުނު މި މެޗު ލިވަޕޫލްއިން ކާމިޔާބުކުރީ ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުންނެވެ. ލިވަޕޫލްގެ ފަރާތުން ވަރުގަދަ ފުރަތަމަ އެގާރައެއް ފެނިގެންދިޔައިރު އެ ޓީމުގެ ފުރަތަމަ އެގާރައިން ޖަރުމަނުގެ މިޑްފީލްޑަރު އެމްރޭ ޗާންއަށް އަނިޔާގެ ސަބަބުން ފުރުސަތު ދީފައެއް ނުވެއެވެ. ކްރިސްޓަލް ޕެލަސްގެ ޓީމުން ދެ ބަދަލެއް ފެނިގެންދިޔަ އިރު ކްރިސްޓަލް ޕެލަސް މި ސީޒަނުގައި ކުޅެމުން އަންނަނީ ރެލިގޭޝަނުން ސަލާމަތްވުމުގެ އުއްމީދުގައެވެ.

ފުރަތަމަ ހާފު ފެށިގެން ލިވަޕޫލްއިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ކްރިސްޓަލް ޕެލަސްއިން ވަނީ ކައުންޓާގައި ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ވެސް ނެގީ ޕެލަސްއިންނެވެ. މި ލަނޑު މެޗުގެ 12 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އެ ޓީމަށް ޖަހައިދިނީ ލޫކާ މިލޮޖެވިޗްއެވެ. މެޗުގެ 30 ވަނަ މިނެޓުގައި ލިވަޕޫލްއިން ލަނޑެއް ޖެހި ނަމަވެސް ރެފްރީ ނިންމާފައިވަނީ އެއީ އޮފްސައިޑް ލަނޑެއްގެ ގޮތުގައެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ ޕެލަސްއިން ފުރަތަމަ ހާފު ނިންމާލިއިރު ދެވަނަ ހާފުގައި ލިވަޕޫލްއިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ދެވަނަ ހާފު ފެށިގެން ހަތަރު މިނެޓު ނުވަނީސް ލިވަޕޫލްއިން އެއްވަރުކުރި އިރު އެ ޓީމަށް މި ލަނޑު ޖަހައިދިނީ ސަދިއޯ މާނޭއެވެ. މި ލަނޑަށް ފަހު ޕެލަސްގެ ކްރިސްޓިއަން ބެންޓެކޭއަށް އަލުން އަނބުރާ އެ ޓީމަށް ލީޑު ނަގައިދިނުމަށް ދެ ފުރުސަތު ލިބި ބޭކާރުވެފައިވެއެވެ. ޕެލަސްއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން އެ ޓީމަށް ހިފިފައިނުވާއިރު މެޗުގެ 84 ވަނަ މިނެޓުގައި ސަލާހު ވަނީ ލަނޑެއް ޖަހާ ލިވަޕޫލްއަށް ލީޑު ނަގައިދީފައެވެ.

މި މެޗުގައި ޖެހި ލަނޑާއެކު ސަލާހު ވަނީ މި ސީޒަނުގެ ޕްރިމިއާ ލީގުގައި 29 ލަނޑު ޖަހާފައެވެ. އޭނާއާ އެއް އަދަދަކަށް ޔޫރަޕުގެ ގަދަ ފަސް ލީގުގައި ކުޅެމުން އަންނަ އެހެން އެއްވެސް ކުޅުންތެރިޔަކަށް ލަނޑު ޖެހިފައެއް ނުވެއެވެ. ހަމައެހެންމެ އޭނާ ވަނީ އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖެހި އެފްރިކާގެ ކުޅުންތެރިޔާގެ ރެކޯޑާއި ވެސް އަރާ ހަމަކޮށްފައެވެ. މިހާރު އެ ރެކޯޑު އޮންނަނީ ޗެލްސީއަށް މީގެކުރިން ކުޅުނު އައިވޮރީ ކޯސްޓުގެ ފޯވާޑް ޑިޑިއާ ޑްރޮގްބާ އަތުގައެވެ.

ކުޅުނު 32 މެޗުން ލިބުނު 66 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައި ލިވަޕޫލް އޮތްއިރު ކްރިސްޓަލް ޕެލަސް އޮތީ 17 ވަނައިގައެވެ. ޕްރިމިއާ ލީގުގައި ކުރިޔަށް އޮތް ހަފްތާގައި އެވަޓަންއާ ދެކޮޅަށް ލިވަޕޫލް ނުކުންނައިރު ޕެލަސް ނުކުންނާނީ ބޯންމައުތާ ދެކޮޅަށެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް