Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މުހައްމަދު ސަލާހު

މިސްރުގެ ރިޔާސީ އިންތިހާބުގައި ސަލާހުއަށް އެއް މިލިއަނަށްވުރެ ގިނަ ވޯޓު

މިއީ އިންތިހާބުގައި ދެވަނައަށް ދިޔަ ކެންޑިޑޭޓަށްވުރެ އިތުރު އަދަދެއް

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 31 މާރިޗު 2018 | ހޮނިހިރު 11:38
މިސްރުގެ ގައުމީ ޓީމަށް ވޯލްޑް ކަޕުން ފުރުސަތު ހޯދައިދިނުމަށްފަހު އެ ގައުމުގެ ރައްޔިތުންނާއެކު ސަލާހު އުފާފާޅުކުރަނީ

މިސްރުގެ ގައުމީ ޓީމަށް ވޯލްޑް ކަޕުން ފުރުސަތު ހޯދައިދިނުމަށްފަހު އެ ގައުމުގެ ރައްޔިތުންނާއެކު ސަލާހު އުފާފާޅުކުރަނީ

މިސްރުގެ ރިޔާސީ އިންތިހާބުގައި ލިވަޕޫލްއަށް ކުޅެމުން އަންނަ އެ ގައުމުގެ ގައުމީ ޓީމުގެ ކެޕްޓަން މުހައްމަދު ސަލާހުއަށް އެއް މިލިއަނަށް ވުރެ ގިނަ ވޯޓު ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އިޓަލީގެ ރޯމާއިން ލިވަޕޫލްއަށް ބަދަލުވުމާއެކު އުމުރުން 25 އަހަރުގެ ފޯވާޑުގެ މަގުބޫލުކަން ވަނީ އިންތިހާއަށް އިތުރުވެފައެވެ. އޭނާވަނީ ޔާގަން ކްލޮޕްގެ ލިވަޕޫލްއަށް މި ސީޒަނުގެ މިހާނަތަށް ކުޅުނު 41 މެޗުގައި 36 ލަނޑު ޖަހައިދީފައެވެ.

މިސްރުގެ ގައުމީ ޓީމަށް ވެސް ކުޅުނު 55 މެޗުގައި ސަލާހު 33 ލަނޑު ޖަހާފައިވާއިރު އޭނާއަށް ގައުމުގެ ރައްޔިތުންގެ ލޯތްބާއި އިހުތިރާމު ލިބިގެންދިޔައީ ފީފާ ވޯލްޑް ކަޕުން އެ ގައުމަށް ޖާގައެއް ކަށަވަރުކޮށްދިނުމާއި ގުޅިގެންނެވެ. އެގޮތުން އެފްރިކާ ބައްރުގެ ކޮލިފައިންގެ އެންމެ ފަހު ބުރުގެ އެންމެ ފަހު މެޗުގައި ކޮންގޯއާ ދެކޮޅަށް ސަލާހު ކާމިޔާބުކުރި ލަނޑަކީ، އެ ޓީމަށް ވޯލްޑް ކަޕުން ފުރުސަތު ލިބުނު ސަބަބެވެ.

މިސްރުގެ ރިޔާސީ އިންތިހާބަށް އޭނާ ކުރިމަތިނުލި ނަމަވެސް ވޯޓުލި 25 މިލިއަނަށް ވުރެ ގިނަ މީހުންގެ ތެރެއިން އެއް މިލިއަނަށް ވުރެ ގިނަ މީހުން ސަލާހުއަށް ވޯޓު ދީފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިއީ އިންތިހާބުގެ ދެވަނައަށް ދިޔަ މޫސާ މުސްތަފާއަށް ލިބުނު އަދަދަށްވުރެ ދެގުނަ އިތުރު އަދަދެއް ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. ވޯޓުލި މީހުންގެ 92 އިންސައްތަ ވޯޓާއެކު މި އިންތިހާބު ކާމިޔާބު ކުރެއްވި މިހާރު ވެސް އެ ގައުމުގެ ރައީސްކަން ކުރައްވަމުން އަންނަ އަބްދުލް ފައްތާހު އަލް ސީސީއެވެ.

މި ސީޒަނުގައި ސަލާހުއަށް އިތުރު ރެކޯޑު ގާއިމުކުރުމުގެ ފުރުސަތު ހުޅުވިފައިވާއިރު ޕްރިމިއާ ލީގުގެ ލަނޑު ލިސްޓުގެ އެއްވަނައިގައި 28 ލަނޑާއެކު ވެސް އޮތީ ސަލާހުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިސްރުގެ ފުރަތަމަ މެޗަށް ސަލާހު ފިޓުވާނެ!

މިސްރުގެ ފުރަތަމަ މެޗަށް ސަލާހު ފިޓުވާނެ!

14 ޖޫން 2018
މުހައްމަދު ސަލާހު: މެސީ އަދި ރޮނާލްޑޯގެ ޗެޕްޓަރ ނިމުމަކަށް ގެންނާނެ މިސްރުގެ ރަސްގެފާނު

މުހައްމަދު ސަލާހު: މެސީ އަދި ރޮނާލްޑޯގެ ޗެޕްޓަރ ނިމުމަކަށް ގެންނާނެ މިސްރުގެ ރަސްގެފާނު

11 ޖޫން 2018
މިސްރުގެ އެންމެ ވަރުގަދަ ހަތިޔާރު ވޯލްޑް ކަޕަށް ތައްޔާރުވާނެ

މިސްރުގެ އެންމެ ވަރުގަދަ ހަތިޔާރު ވޯލްޑް ކަޕަށް ތައްޔާރުވާނެ

02 ޖޫން 2018
މިވަގުތު ސަލާހުއަށް ވުރެ މޮޅީ ރޮނާލްޑޯ އަދި މެސީ!

މިވަގުތު ސަލާހުއަށް ވުރެ މޮޅީ ރޮނާލްޑޯ އަދި މެސީ!

29 މާރިޗު 2018
އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ސަލާހުއަށް

އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ސަލާހުއަށް

12 ޑިސެމްބަރު 2017

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު