Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖަރުމަނު ސަފީރު

ޑިމޮކްރަސީގެ މަގަށް ރުޖޫއަ ނުވެއްޖެ ނަމަ އިގްތިސާދަށް ގެއްލުން ވާނެ: ޖަރުމަނު ސަފީރު

30 މާރިޗު 2018 | ހުކުރު 06:28

ބޮޑެތި އެއާލައިންތަކުން ހޫނު މޫސުމަށް ދަތުރުތައް ހުއްޓާލަން އުޅޭކަމުގެ އަޑުތަކެއް ފެތުރިފައިވޭ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 30 މާރިޗު 2018 | ހުކުރު 06:28
ޖަރުމަނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔޯން ރޯޑް

ޖަރުމަނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔޯން ރޯޑް

ޑިމޮކްރަސީގެ މަގަށް ރާއްޖެ ރުޖޫއަ ނުވެއްޖެ ނަމަ ރާއްޖޭގެ އިގްތިސާދަށް ގެއްލުން ވާނެ ކަމަށް ޖަރުމަނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޔޯން ރޯޑް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުނު ކަމުގައި ވިޔަސް ޑިމޮކްރަޓިކް ހައްގުތައް ހިފެހެއްޓިފައިވާ ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ސިޔާސީ ސަބަބުތަކަށްޓަކައި ހައްޔަރުކުރެވިފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. މިކަމުގެ ސަބަބުން އިގްތިސާދަށް އަސަރު ކުރާނެ ކަމަށާއި ފަތުރުވެރިން ރާއްޖެ އިހުތިޔާރު ކުރުން ހުއްޓާލުމާ އެކު ރައްޔިތުންނަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް ރޯޑްގެ ޓްވީޓްގައި ފާހަގަކުރައްވާފައިވެއެވެ.

Advertisement - newsAdvertisement

ރޯޑް ވިދާޅުވެފައި ވަނީ ޔޫރަޕުގެ ގައުމުތަކުން ރާއްޖެއަށް ދަތުރުކުރާ ބޮޑެތި އެއާލައިންތަކުން އެ އެއާލައިންތަކުގެ ދަތުރުތައް ހޫނު މޫސުމަށް ހުއްޓާލަން އުޅޭކަމުގެ އަޑުތަކެއް ފެތުރިފައިވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވެފައި ވަނީ މިކަމަށް އޮތް ހައްލަކީ ޑިމޮކްރަސީގެ މަގަށް ރުޖޫއަވުން ކަމަށެވެ. ހަމައެހެންމެ މިހާރު ހިނގަމުންދާ ކަންކަމުގެ ސަބަބުން އެއްކޮށް ގެއްލިފައިވާ ރާއްޖޭގެ ރީތި ނަން އަނބުރާ ހޯދުމަށް ވެސް ޑިމޮކްރަސީގެ މަގު އިހުތިޔާރުކުރަން ޖެހޭ ކަމަށް ރޯޑް ވިދާޅުވެފައިވެއެވެ.

ޖަރުމަނުގެ ސަފީރު މިހެން ވިދާޅުވެފައިވާއިރު ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރުމަށް އެންމެ ފުރަތަމަ ގޮވާލި ގައުމުތަކުގެ ތެރޭގައި ޖަރުމަނު ހިމެނެއެވެ. ހަމައެހެންމެ ރޯޑް ގެންދަވަނީ ރާއްޖޭގެ ހާލަތާ މެދު އެކި ފަހަރުމަތިން ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

ރާއްޖޭގެ ހާލަތަށް ރިއާޔަތްކޮށް ޔޫރަޕްގެ ޕާލަމެންޓަރީ ގްރޫޕުން ވަނީ ރާއްޖެއާ މެދު އަޅާނެ ފިޔަވަޅުތަކެއް ފާސްކޮށް އެ ތަންފީޒުކުރުމަށް ފާސްކުރުމަށް އެ ޖަމާއަތުގެ އެންމެ މަތީ ކޮމިޓީ އަށް ފޮނުވާފައެވެ. އޭގެ ތެރޭގައި ސަރުކާރުގެ އިސްވެރިންނާއި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ވާގިވެރިވާ ވިޔަފާރިވެރިންނާއި ވިޔަފާތިތަކާއި އެ ފަރާތްތަކުގެ އާއިލާތަކަށް ދަތިކުރުމުގެ ފިޔަވަޅު އެޅުން ފަދަ ކަންކަން ހިމެނެއެވެ. މިނިސްޓީރިއަލް ކައުންސިލުން މި ފިޔަވަޅުތައް ފާސްކޮށްފި ނަމަ ޔޫރަޕްގެ ގައުމުތަކުން އެ ނިންމުންތަކަށް އަމަލުކުރަން ޖެހޭނެއެވެ. އެހެން ކަމަށްވާ ނަމަ ރާއްޖޭގެ އިގްތިސާދަށް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ބްރިޖް ހުޅުވެންދެން ނަމަވެސް މާލޭގައި މީހުން ވަޅުލެވޭނެ ގޮތް ހަމަޖައްސައިދީ: މަޚުލޫފް

05 ފެބުރުއަރީ 2017
ބްރިޖް ހުޅުވެންދެން ނަމަވެސް މާލޭގައި މީހުން ވަޅުލެވޭނެ ގޮތް ހަމަޖައްސައިދީ: މަޚުލޫފް
03 ފެބުރުއަރީ 2017

ޖަލަށް ދާންޖެހުނު ނަމަވެސް ވަގުތު ޖެހުމުން ރާއްޖެ ދާނަން: ރައީސް ނަޝީދު

03 ފެބުރުއަރީ 2017
ޖަލަށް ދާންޖެހުނު ނަމަވެސް ވަގުތު ޖެހުމުން ރާއްޖެ ދާނަން: ރައީސް ނަޝީދު
03 ފެބުރުއަރީ 2017

ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

03 ފެބުރުއަރީ 2017
ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ

20 ޖެނުއަރީ 2017
މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް