މާފުށީ ޖަލު ސަރަހައްދުގައި މުޒާހަރާ ކުރުމާއި ގުޅިގެން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރަން ފޮނުވާނެ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ވަނީ މިކަން މަހުލޫފަށް އަންގާފަ އެވެ. މަހުލޫފުގެ އަނބިކަނބަލުން ނަޒުރާ ނަސީމް ކުރި ޓުވީޓެއްގައި ބުނެފައިވަނީ މަހުލޫފުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވާނެ ކަމަށް ފުލުހުން އަންގާފއިވާ ކަމަށެވެ. މަހުލޫފާއި ދެކޮޅަށް ތިން މައްސަލައެއް ފުލުހުން ބަލަމުންދާ ކަމަށާއި މަހުލޫފް އަކީ ކުށެއްނެތް މީހެއް ކަމަށް ނަޒުރާ ވިދަޅުވި އެވެ. އަދި މިހާރުން މިހާރަށް މަހުލޫފު ދޫކޮށްލުމަށްވެސް ވަނީ ގޮވާލާފަ އެވެ.
Mahloof is being charged with terrorism for protesting outside maafushi jail. 3 cases against him already and just a night before his release, police informed him about this. Mahloof is innocent, Free him now! #FREEMAHLOOF #ARRESTYAMEEN
— Nazu Naseem (@Nazunaseem) March 29, 2018
ފުލުހުން މިކަން ހާމަކޮށްފައިވާއިރު ޕީޖީ އޮފީހުން މި މައްސަލައިގައި ދައުވާ ކުރުމަށް ފޮނުވިކަން އަދިސާފެއް ނުވެ އެވެ.
މާފުށީ ޖަލު ސަރަހައްދުގައި މުޒާހަރާ ކުރި މައްސަލައާއި ގުޅިގެން ފުލުހުން ވަނީ މީގެ ކުރިން މަހުލޫފް ފުލުސް އޮފީހަށް ހާޒިރު ކޮށްފަ އެވެ. އެ މައްސަލައާއި ގުޅިގެން ހަތަރު ދައުވާ އެއް ކުރާ ކަމަށް އޭރު މަހުލޫފުގެ ގާނޫނީ ވަކީލު މަހުފޫޒ ސައީދު ވިދާޅުވި އެވެ.އެގޮތުން ހުއްދަނެތި ތަނަކަށް ވަނުމުގެ ތުހުމަތާއި ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ހުރަސް އެޅުމުގެ ތުހުމަތާއި އަދުލު އިންސާފު ގާއިމްކުރުމަށް ހުރަސް އެޅުމުގެ ތުހުމަތު އަދި ކުށެއް ކުރަން އުޅުމުގެ ތުހުމަތު އޭރު ކުރި ކަމަށް ގާނޫނީ ވަކީލު ވިދާޅުވި އެވެ
ސުޕްރީމް ކޯޓުން ފެބްރުއަރީ އެއް ވަނަ ދުވަހު ނެރުނު އަމުރާ ގުޅިގެން މާފުށީ ޖަލު ސަރަހައްދުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ފަރާތްތަކުން މުޒާހަރާކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހު އެވެ.
މަހުލޫފު ހައްޔަރުކޮށްފައިވަނީ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުގެރޭ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި އެއްވުމުގެ ތެރެއިނ