Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޑާކް ރެއިން އެންޓަޓެއިންމަންޓް

'ވަކިން ލޯބިން'، 'ވާށޭ މަށާއެކީ' އަދި 'މިއީ ލޯތްބަކީ'ގެ ހާއްސަ ޝޯވތަކެއް އޭޕްރިލް މަހު

"ވަކިން ލޯބިން"، "ވާށޭ މަށާއެކީ" އަދި "މިއީ ލޯތްބަކީ"ގެ ޝޯވތަކެއް އޭޕްރިލް މަހު އޮލިމްޕަހުގައި އެޅުވުމަށް ވަނީ ހަމަޖެހިފައި

އައިޝަތު ޝާނީ
އައިޝަތު ޝާނީ | 29 މާރިޗު 2018 | ބުރާސްފަތި 06:46
\'ވަކިން ލޯބިން\'، \'ވާށޭ މަށާއެކީ\' އަދި \'މިއީ ލޯތްބަކީ\'ގެ ހާއްސަ ޝޯވތަކެއް އޭޕްރިލް މަހު

\'ވަކިން ލޯބިން\'، \'ވާށޭ މަށާއެކީ\' އަދި \'މިއީ ލޯތްބަކީ\'ގެ ހާއްސަ ޝޯވތަކެއް އޭޕްރިލް މަހު

ރާއްޖޭގެ އެންމެ ކާމިޔާބު އެއް ޕްރޮޑަކްޝަން ހަައުސް ކަމަށްވާ ޑާކް ރެއިން އެންޓަޓެއިންމަންޓްގެ ތިން ފިލްމެއް އަންނަ މަހު އޮލިމްޕަހުގައި އެޅުވުމަށް ހަމަޖެހިއްޖެއެވެ.

2006 ވަނަ އަހަރު މަސައްކަތް ފެށި މި ފިލްމް ސްޓޫޑިއޯއިން މަޝްހޫރު ގިނަ ފިލްމްތަކެއް ތައްޔާރުކޮށްފައިވާ އިރު، އޭޕްރިލް މަހު އަޅުވަން ހަމަޖެހިފައިވަނީ އެ ސްޓޫޑިއޯގެ "މިއީ ލޯތްބަކީ"، "ވާށޭ މަށާއެކީ" އަދި "ވަކިން ލޯބިން"ނެވެ.

އެގޮތުން، 6 އޭޕްރިލްވާ ހުކުރު ދުވަހު "ވަކިން ލޯބިން" އޮލިމްޕަހުގައި އަޅުވަން ނިންމާފައިވާއިރު، "ވާށޭ މަށާއެކީ" އަޅުވަން ހަމަޖެހިފައިވަނީ 12 އޭޕްރިލްގައެވެ. އަދި "މިއީ ލޯތްބަކީ" އޮލިމްޕަހުގައި އަޅުވަން ހަމަޖެހިފައިވަނީ 13 އޭޕްރިލްގައެވެ.

ޑާކް ރެއިން އެންޓަޓެއިންމަންޓްގެ މި ފިލްމްތައް ކުރިން ބަލަން ފުރުސަތު ނުލިބުނު ފަރާތްތަކަށް ފިލްމްތައް ބަލާލަން އަލުން ފުރުސަތެއް ލިބޭއިރު، ޓިކެޓް މިހާރު އޮލިމްޕަހުން ލިބޭނެއެވެ.

"ރޮމް-ކޮމް"އަށް މަޝްހޫރު މި ސްޓޫޑިއޯގެ ކޮންމެ ފިލްމެއްވެސް އެހާމެ ތަފާތު އިރު، ބެލުންތެރިންނާއި ފާޑުކިޔާ ފަރާތްތަކުން ވަނީ ފިލްމްތައް ބަލައިގަނެފައެވެ. ބެލުންތެރިންގެ ތެރޭގައި ފިލްމްތަކުގެ ވާހަކަތަކާއި ތައްޔާރު ކުރުމުގެ މޮޅު ވާހަކަ ދެކެވޭއިރު، ޑާކް ރެއިން އެންޓަޓެއިންމަންޓް ވަނީ ގިނަ އެވޯޑްތަކަށް ނޮމިނޭޓްވެ، އެވޯޑްތައް ކާމިޔާބުކޮށްފައެވެ.

އެގޮތުން، ޑާކް ރެއިން އެންޓަޓެއިންމަންޓްގެ ޕްރޮޑިއުސަރެއްކަމަށްވާ އަލީ ޝިފާއު (ޗިއްޕެ) އަށް ގައުމީ ފެންވަރުގެ 11 އެވޯޑް ލިބިފައިވާއިރު، ޑާކް ރެއިން އެންޓަޓެއިންމަންޓަށް 51 ގައުމީ ފިލްމް އެވޯޑް ވަނީ ލިބިފައެވެ.

އިތުރަށް ކިޔާލަން

27 އެޕްރީލު 2018

މިޝަން އިމްޕޮސިބަލް- ފޯލްއައުޓް: މިއީ އެންމެ ޗެލެންޖިން ފިލްމު

27 އެޕްރީލު 2018
މިޝަން އިމްޕޮސިބަލް- ފޯލްއައުޓް: މިއީ އެންމެ ޗެލެންޖިން ފިލްމު
06 އެޕްރީލު 2018

ވަކިން ލޯބިންގެ ވަދާއީ ޝޯ މިރޭ އޮލިމްޕަހުގައި

06 އެޕްރީލު 2018
ވަކިން ލޯބިންގެ ވަދާއީ ޝޯ މިރޭ އޮލިމްޕަހުގައި
08 މާރިޗު 2018

ވަކިން ލޯބިންގެ ޝޯތައް ފުލް، ތަރުހީބު ބޮޑު

08 މާރިޗު 2018
ވަކިން ލޯބިންގެ ޝޯތައް ފުލް، ތަރުހީބު ބޮޑު
02 މާރިޗު 2018

ވަކިން ލޯބިން ރިލީޒް ކުރުމުގެ ކުރިން ރާއްޖެއެމްވީން ފިލްމުގެ ރިވިއު ގެނެސްދޭނެ!

02 މާރިޗު 2018
ވަކިން ލޯބިން ރިލީޒް ކުރުމުގެ ކުރިން ރާއްޖެއެމްވީން ފިލްމުގެ ރިވިއު ގެނެސްދޭނެ!
02 މާރިޗު 2018

ވަކިން ލޯބިން އަންނަ ހޯމަދުވަހު

02 މާރިޗު 2018
ވަކިން ލޯބިން އަންނަ ހޯމަދުވަހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު