Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންޑިއާ-ރާއްޖެ

ރާއްޖޭގެ ކަންކަމާ އިންޑިއާ އިން ނުބެހޭނެ، ހަމަ އެގޮތަށް ޗައިނާ އިން ވެސް އަމަލު ކުރާނެ ކަމަށް އުންމީދު ކުރަން: އިންޑިއާ

28 މާރިޗު 2018 | ބުދަ 14:42

ޗައިނާ އިން ދަނީ ރާއްޖެ އަށް އިގްތިސާދީ މަޝްރޫއުތަކުގެ ތެރެއިން ނުފޫޒު ފޯރުވަމުން ކަމަށް ތުހުމަތު ކުރެވޭ

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 28 މާރިޗު 2018 | ބުދަ 14:42
ރައީސް ޔާމިނާއި އިންޑިއާގެ ކުރީގެ ފޮރިން ސެކްރެޓަރީ ބޭއްވި ބައްދަލުވުމެއްގެ ތެރެއިން

ރައީސް ޔާމިނާއި އިންޑިއާގެ ކުރީގެ ފޮރިން ސެކްރެޓަރީ ބޭއްވި ބައްދަލުވުމެއްގެ ތެރެއިން

ދިވެހިރާއްޖޭގެ ކަންކަމާ އިންޑިއާ އިން ނުބެހޭނެ ކަމަށާއި ހަމަ އެގޮތަށް ޗައިނާ އިން ވެސް އަމަލު ކުރާނެ ކަމަށް އުންމީދު ކުރާ ކަމަށް އިންޑިއާ އިން ބުނެފިއެވެ.

އިންޑިއާގެ ދުވަހު ނޫހެއް ކަމަށްވާ ދަ އިންޑިއަން އެކްސްޕްރެސް އަށް ދެއްވި އިންޓަވިއުއެއްގައި އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ ދެކުނު އޭޝިއާއަކީ އެގައުމުގެ މައި ނުފޫޒު އޮންނަ ސަރަހައްދުގެ ގޮތުގައި ގަބޫލު ކުރި ދުވަސް ހިނގައްޖެ ކަމަށާއި އަދި ޗައިނާ ހިމެނޭ ގޮތުން އެހެން ބާރުތަކަަށް ދެކުނު އޭޝިއާ އަށް ނުފޫޒު ގަދަކުރުން ހުއްޓުވޭނެ ކަމަށް ދެކުނު ދުވަސް ވެސް ހިނގައްޖެ ކަމަށެވެ.

Advertisement - newsAdvertisement

އޭނާ އިތުރަށް ވިދާޅުވީ ސަރަހައްދުގެ ހަމައެކަނި ބާރަކީ އިންޑިއާއޭ ނުބެނެވޭނެ ކަމަށާއި ޗައިނާ އިން ދިވެހިރާއްޖެ ނޫނީ ނޭޕާލުގައި ކުރާ ކަމެއް ނުހުއްޓުވޭނެ ކަަމަށާއި އެހެނަސް އިންޑިއާ އިން ކަންބޮޑުވާ ނުވަތަ އިންޑިއާ އިން ގަބޫލުކުރާ ހަމަތައް ފާޅުކުރެވޭނެ ކަމަށެވެ. އަދި މިކަންކަމާ ޗައިނާ އިން ހިލާފުވާ ނަމަ އެކަންކަމާ ޒިންމާވާން ޖެހޭނީ ޗައިނާ އިން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ދަ އިންޑިއަން އެކްސްޕްރެސް ނޫހުން ބުނެފައި ވަނީ އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިޖޭ ގޯކްލޭ، ކައިރި މުސްތަގުބަލެއްގައި ސްރީ ލަންކާއަށާއި ބަނގްލަދޭޝް އަށް ރަސްމީ ދަތުރުފުޅެއް ކުރައްވާނެ ކަމަށެވެ. އެހެންނަމަވެސް މަސްދަރުތައް ބުނާ ގޮތުން މި ދަތުރުފުޅުގައި ރާއްޖެއެއް ނުހިމެނެއެވެ.

އިންޑިއާއާ މެދު ރާއްޖޭގެ ރައީސް އަބްދުﷲ ޔާމިން ގެންގުޅުއްވަނީ ބީރައްޓެހި ސިޔާސަތެކެވެ. އިންޑިއާ އަށް ބަދުބަސް ނުބުނަން ރައީސް ޔާމީން އިލްތިމާސްކުރައްވާ އިރު ސަރުކާރުން ޚާރިޖީ ސިޔާސަތު ބައްޓަންކޮށްފައި ވަނީ އިންޑިއާ ހިތުގައި ޖެހޭ ގޮތަށެވެ. މި ސަރަހައްދުގައި އިންޑިއާއާ އެންމެ ވާދަވެރި ޗައިނާއަށް ރާއްޖެ އިން ގިނަ ފުރުސަތުތަކެއް ދިނުމާއި މި ސަރަހައްދުގެ ސަލާމަތަށް ނުރައްކާވާ ފަދަ ބާރުތަކެއް ރާއްޖޭގެ ތެރެއިން ޗައިނާ އަށް ދިނުމަކީ އިންޑިއާ އިން ކޮށްދޭ ކަންކަމުގައި ކޮޅުފައިން ޖެހުން ކަމަށް ބައެއް ފަރާތްތަކުން ސިފަކުރެއެވެ. އެހެނަސް ރައީސް ޔާމިން ވިދާޅުވަމުން ގެންދަވަނީ ރާއްޖެ އިން ގެންގުޅެނީ "އިންޑިއާ ފަސްޓް ޕޮލިސީ" ކަމަށެވެ.

ރާއްޖޭގައި ދާދިފަހުން ނެރުނު ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމާ ގުޅިގެން މަރުޙަބާ ކިޔުމަށް އަވަށްޓެރި އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީން ބުރާސްފަތި ދުވަހު ނެރުނު ބަޔާނުގައި ބުނީ ސުޕްރީމް ކޯޓުން 1 ފެބްރުއަރީގެ އަމުރު ސަރުކާރުން ތަންފީޒު ކުރަން ޖެހޭ ކަމަށެވެ. ސުޕްރީމް ކޯޓުން މިދިޔަ މަހު ކޮށްފައިވާ ހުކުމް ތަންފީޒު ކުރުމަށް ފަހު އިދިކޮޅު ސިޔާސީ ޙަރަކާތްތަކަށް ފުރުސަތުދީ، ޕާޓީތަކާ މަޝްވަރާ ކުރުމަށް ވެސް އިންޑިއާގެ ބަޔާނުގައި ވަނީ ގޮވާލާފައެވެ. އެކަމާ ގުޅިގެން ރާއްޖެއިން ބުނެފައި ވަނީ އެއީ ރާއްޖޭގެ ދާޚިލީ ކަމެއް ކަމަށާއި އެކަން ހައްލުކުރާނީ ދިވެހިން އަމިއްލަ އަށް ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
11 ޖެނުއަރީ 2017

ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން

11 ޖެނުއަރީ 2017
ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް