ކ. މާލެ
|
28 މާރޗް 2018 | ބުދަ 13:27
ފިނޭންސް މިނިސްޓްރީ
ފިނޭންސް މިނިސްޓްރީ
މިހާރު
ފެނުގެ ނިޒާމް ގާއިމް ކުރުން
45 ރަށެއްގެ ފެނުގެ ނިޒާމް ގާއިމް ކުރަނީ
9 އަތޮޅެއްގެ ރަށްތައް ހިމެނޭ
މި މަސައްކަތް ކުރަނީ ފަސް ޕްރޮޖެކްޓްއަކަށް ބަހާލައިގެން
ބީލަން ހުޅުވާލަނީ 30 އޭޕްރީލްގައި

45 ރަށެއްގެ ފެނުގެ ނިޒާމު ގާއިމް ކުރުމަށް ހުޅުވާލައިފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ 45 ރަށެއްގެ ފެނުގެ ނިޒާމުގެ މަސައްކަތަކީ އެންވަޔަރަމެންޓް މިނިސްޓްރީގެ އެދުމުގެ މަތިން ގްރީން ކްލައިމެޓް ފަންޑުން ދިވެހި ސަރުކާރަށް ދީފައިވާ ހިލޭ އެހީގެ ދަށުން ހިންގާ މަޝްރޫއުއެއް ކަމަށެވެ. މި މަސައްކަތުގެ އަމަލީ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް އިއުލާނު ކޮށްފައިވާ އިރު ރާއްޖޭގެ އުތުރާ ދެކުނުގެ ގިނަ ރަށްތަކެއް ވަނީ ހިމަނާފަ އެވެ.

 އެގޮތުން ހއ އަތޮޅާއި ހދ އަތޮޅުގެ 10 ރަށާއި  ށ އަތޮޅުގެ 10 ރަށެއްގެ އިތުރުން އއ އަތޮޅާއި ދ އަތޮޅުގެ އަށް ރަށަކާއި މ އަތޮޅާއި ތ އަތޮޅުގެ ނުވަ ރަށެއްގެ އިތުރުން ގއ އަތޮޅާއި ގދ އަތޮޅުގެ އަށް ރަށެއް ވެސް ހިމެނެ އެވެ.

މި މަސައްކަތުގެ ތެރެއިން ވާރޭފެން ނަގާ ކޮންވޭޔަންސް ޕައިޕް އެޅުމާއި، ވާރޭފެން ރައްކާކުރާ ޓޭންކާއި، އަލްޓްރާފިލްޓްރޭޝަން ޔުނިޓާއި، ޓްރީޓަޑް ވޯޓަރ ޓޭންކް ޤާއިމްކުރުމުގެ މަސައްކަތް ކުރަން ޖެހޭނެ ކަމަށް އެމިނިސްޓްރީން ބުނެ އެވެ.

މި މަސައްކަތުގެ ބީލަން ހުޅުވާލުން އޮންނާނީ އަންނަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް