Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ

ޗެމްޕިއަންސް ލީގު އަދި ޔުރޮޕާ ލީގުގެ ގަވާއިދަށް ބަދަލު ގެނެސްފި

27 މާރިޗު 2018 | އަންގާރަ 15:55

ފިނި މޫސުމުގެ ޓްރާންސްފާގައި ކްލަބް ބަދަލުކުރާ ކުޅުންތެރިންނަށް އެ ކުޅުންތެރިޔަކު ބަދަލުވާ ޓީމަށް ކުޅެވޭނެ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 27 މާރިޗު 2018 | އަންގާރަ 15:55
ޔުއެފާ ޗެމްޕިއަންސް ލީގުގެ ލޯގޯ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ލޯގޯ

ޔުއެފާ ޗެމްޕިއަންސް ލީގު އަދި ޔުއެފާ ޔުރޮޕާ ލީގުގެ ގަވާއިދަށް ޔޫރަޕުގެ ފުޓްބޯޅައިގެ މައި އިދާރާއިން ބަދަލު ގެނެސްފިއެވެ.

ޔުއެފާއިން ނިންމާފައި ވަނީ އަންނަ ސީޒަނާ އެކު ފިނި މޫސުމުގެ ޓްރާންސްފާގައި ކްލަބް ބަދަލުކުރާ ކުޅުންތެރިންނަށް އެ ކުޅުންތެރިޔަކު ބަދަލުވާ ޓީމަށް ކުޅެވޭ ގޮތަށެވެ. މިހާރު އޮންނަ ގަވާއިދުގެ ދަށުން ޖެނުއަރީގައި ކްލަބް ބަދަލުކުރާ ކުޅުންތެރިޔަކަށް އެ ކުޅުންތެރިޔަކު ބަދަލުވާ ޓީމަކަށް ނުކުޅެވެއެވެ. ހަމައެހެންމެ ނޮކްއައުޓް ބުރުތަކުގެ އިތުރު ވަގުތުގައި ހަތަރު ވަނަ ކުޅުންތެރިޔަކަށް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ނުކުމެވޭ ގޮތަށް ހަދާފައިވާއިރު ފައިނަލުގައި ބެންޗުގައި 12 ކުޅުންތެރިންނަށް ތިބެވޭ ގޮތަށް ގަވާއިދު ވަނީ ބަދަލުކޮށްފައެވެ. މީގެ އިތުރުން ބައެއް މެޗުތައް ވަނީ ހަވީރުގެ ވަގުތުތަކުގައި ފެށުމަށް ނިންމާފައެވެ.

ކްލަބަށް ގެންނަ އާ ތިން ކުޅުންތެރިޔަކު ރެޖިސްޓަރ ކުރުމަށް ފުރުސަތު ދޭނެ ކަމަށް ޔުއެފާއިން ބުނެފައިވެއެވެ. ޔުއެފާއިން ބުނެފައި ވަނީ މިއީ ގައުމުތަކުގެ ލީގުތަކުގައި ކަންކަން ކުރާ އުސޫލު ކަމަށާއި ފިނި މޫސުމުގެ ޓްރާންސްފާ މާކެޓުގައި ކްލަބް ބަދަލުކުރުމަކީ ޗެމްޕިއަންސް ލީގުގައި ނުކުޅެވެންވީ ސަބަބެއް ކަމަށް ގަބޫލުނުކުރާ ކަމަށެވެ. މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ބާސެލޯނާއަށް ބަދަލުވި ފިލިޕޭ ކުޓީނިއޯ އަދި ޔުރޮޕާ ލީގުގައި ޕިއޭ އެމެރިކް އޮބަމަޔަންގއަށް ނުކުޅެވޭނެއެވެ. ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ލިވަޕޫލްއަށް ކުޓީނިއޯ ކުޅެފައިވާއިރު އޮބަމަޔަންގ ވަނީ ޔުރޮޕާ ލީގުގެ ގްރޫޕް ސްޓޭޖުގައި ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެފައެވެ.

ބައެއް މެޗުތައް އަވަހަށް ކުޅޭއިރު އެންމެ ފަހު ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ނިންމާފައި ވަނީ އެއް ވަގުތެއްގައެވެ. މިހާރު މި ދެ މުބާރާތުގައި ވެސް ކުޅޭ ޓީމުތަކަށް ސްކޮޑުގައި ހިމެނެނީ 18 ކުޅުންތެރިންނެވެ. އެހެން ނަމަވެސް ގަވާއިދަށް ގެނައި ބަދަލާއެކު 23 ކުޅުންތެރިންގެ ސްކޮޑެއް ކޮންމެ ޓީމަކަށް ވެސް ހުށަހެޅޭނެ ކަމަށް ޔުއެފާއިން ބުނެއެވެ. އެ އިދާރާއިން މިހެން ނިންމާފައިވަނީ މި ދެ މުބާރާތަކީ ވެސް ޓީމުތަކުން އެންމެ ބޮޑު އިސްކަމެއް ދޭ ދެ މުބާރާތަށްވުމާ އެކު ސްކޮޑަށް ދިމާވާ މައްސަލަތައް ކުޑަކުރުމުގެ ބޭނުމުގައި ކަމަށް ބުނެފައިވެއެވެ.

މި ބަދަލުތައް އަންނަ ސީޒަނުގެ މުބާރާތްތަކުން ފެނިގެންދާނެ ކަމަށް ޔުއެފާއިން ބުނެފައިވެއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް