Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހުޅުމާލެ ތަރައްގީ ކުރުން

ހުޅުމާލޭގެ ހާބަރާއި ބީޗު ސަރަހައްދު ތަރައްގީ ކުރުމަށް ބަޔަކު ހޯދަނީ

ތަރައްގީ ކުރުމަށް ބިޑް ހުށަހެޅުން 9 މެއި ގެ ނިޔަލަށް

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 26 މާރިޗު 2018 | ހޯމަ 04:08
ހުޅުމާލެ

ހުޅުމާލެ

ހުޅުމާލޭގެ ހާބަރާއި ބީޗު ސަރަހައްދު ތަރައްގީ ކުރުމަށް ބަޔަކު ހޯދަމަށް އެޗްޑީސީން ހުޅުވާލައިފި އެވެ.

ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، ހުޅުމާލޭގެ ދެވަނަ ހާބަރު ސަރަހައްދާއި ބީޗް ތަރައްގީ ކުރުމުގެ މަޝްރޫއު އަކީ ސައުދީ ފަންޑް ފޯ ޑިވެޕޮލްމެންޓްގެ އެހީގައި ކުރިއަށްގެންދާ މަޝްރޫއުއެއް ކަމަށާއި މި މަޝްރޫއުގެ ތަރައްގީގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވާ ކަމަށެވެ.

މި މަސައްކަތްކުރުމަށް ޓެންޑަރ ޑޮކިއުމެންޓްސް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު އެއާ އެކު 1500 ޑޮލަރުގެ ފީއެއް ދައްކަން ޖެހޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ. މި މަޝްރޫއު އަށް ބިޑް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ 9 މެއި ކަމަށާއި އޭގެ ކުރިން ބޭނުންވާ މައުލޫމާތުތައް އެ އިދާރާއިން ލިބިގެންދާނެ ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ.

ހުޅުމާލެ ތަރައްގީ ކުރުމުގެ މަސައްކަތުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ އިރު އެޗްޑީސީން ވަނީ ހުޅުމާލޭގައި އިންވެސްޓް ކުރުމުގެ ފުރުސަތުވެސް ހުޅުވާލާފަ އެވެ.

އެގޮތުން ޓޫރިޒަމް އައިލެންޑް ތަރައްގީ ކުރުމަށާ ޝޮޕިންގ މޯލެއް އެޅުމާއި ވޯޓަރ ތީމް ޕާކެއްގެ މަސައްކަތުގެ އިތުރަށް ހެރިޓޭޖް އައިލެންޑް ތަރައްގީ ކުރުމާއި ސިޓީ ހޮޓެލް އެޅުމުގެ މަސައްކަތް ވެސް ހިމެނެ އެވެ.

ހުޅުމާލޭގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ބޭރުގެ ފަރާތްތަކަށް އިންވެސްޓް ކުރުމުގެ ފުރުސަތު ހުޅުވާލައިފައިވާ އިރު 2014 ވަނަ އަހަރު ސަރުކާރުން ވަނީ ސްޕެޝަލް އިކޮނޮމިކް ޒޯންގެ ނަމުގައި ގާނޫނެއް ތަސްދީގުކޮށްފަ އެވެ. މި ގާނޫނުގެ ދަށުން އެންމެ މަދުވެގެން 150 މިލިއަން ޑޮލަރު ހަރަދު ކުރަންޖެހޭ އިރު މިހާތަނަށް އެސްއީޒެޑްގެ ދަށުން އެއްވެސް އިންވެސްޓްމެންޓެއް އައިސްފައިވާކަމެއް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ. އެސްއީޒެޑްގެ ދަށުން 2016 ވަނަ އަހަރު އެއް ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައި އަންދާޒާ ކޮށްފައިވާ އިރު 2017 ވަނަ އަހަރު 500 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވެސް ވަނީ ކަނޑައަޅާފަ އެވެ. ބަޖެޓުގައި އަންދާޒާ ކުރި އެއްވެސް އާމްދަނީއެއް އެސްއޯޒެޑްގެ ތެރެއިން ލިބިފައިނުވާ އިރު 2018 ވަނަ އަހަރުގެ ބަޖެޓުގައި އެސްއީޒެޑްގެ ވާހަކަ ވެސް ހިމަނާފައެއް ނުވެ އެވެ.

އިތުރަށް ކިޔާލަން

15 އެޕްރީލު 2017

މާދަމާއިން ފެށިގެން އެއާރޕޯޓް ފެރީ ފުރާ ސަރަހައްދު ބަންދު ވާނެ، ދެން ފެރީ ފުރާނީ ފެރީ ލަފާ ސަރަހައްދުން: އެއާރޕޯޓް

15 އެޕްރީލު 2017
މާދަމާއިން ފެށިގެން އެއާރޕޯޓް ފެރީ ފުރާ ސަރަހައްދު ބަންދު ވާނެ، ދެން ފެރީ ފުރާނީ ފެރީ ލަފާ ސަރަހައްދުން: އެއާރޕޯޓް
08 އެޕްރީލު 2017

ކުނޫޒް ސަރަހައްދު ކޮންނަނީ މަޖީދީމަގު ރަގަޅު ފެންވަރަކަށް ހެދުމުގެ ޕްލޭންގެ ދަށުން: މިނިސްޓަރ މުއިއްޒު

08 އެޕްރީލު 2017
ކުނޫޒް ސަރަހައްދު ކޮންނަނީ މަޖީދީމަގު ރަގަޅު ފެންވަރަކަށް ހެދުމުގެ ޕްލޭންގެ ދަށުން: މިނިސްޓަރ މުއިއްޒު
22 މާރިޗު 2017

އިނގިރޭސި ޕާލިމެންޓް ސަރަހައްދުގައި ދިން ހަމަލާގައި މިނިސްޓަރ ސައީދކަށް ގެއްލުމެއް ނުލިބޭ

22 މާރިޗު 2017
އިނގިރޭސި ޕާލިމެންޓް ސަރަހައްދުގައި ދިން ހަމަލާގައި މިނިސްޓަރ ސައީދކަށް ގެއްލުމެއް ނުލިބޭ
04 މާރިޗު 2017

ހުޅުމާލެ އިންޑަސްޓްރިއަލް ސަރަހައްދުގައި އަންހެނަކު ރޭޕްކޮށްލައިފި

04 މާރިޗު 2017
ހުޅުމާލެ އިންޑަސްޓްރިއަލް ސަރަހައްދުގައި އަންހެނަކު ރޭޕްކޮށްލައިފި
14 ފެބުރުއަރީ 2017

ކުނި އުފުލަން ހާއްސަ އުޅަނދުތަކެއް، އަންނަ ހަފުތާގައި އިތުރު ސަރަހައްދުތަކުން ކުނި އުކާލެވޭނެ: ވެމްކޯ

14 ފެބުރުއަރީ 2017
ކުނި އުފުލަން ހާއްސަ އުޅަނދުތަކެއް، އަންނަ ހަފުތާގައި އިތުރު ސަރަހައްދުތަކުން ކުނި އުކާލެވޭނެ: ވެމްކޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު