Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުއްލި ނުރައްކަލުގެ ހާލަތު

ކުއްލި ނުރައްކަލުގެ ހާލަތު ނިމުމުންވެސް ވަކީލުންގެ ބައްދަލުވުމަށް ދެނީ 30 މިނެޓު!

26 މާރިޗު 2018 | ހޯމަ 01:11

ފުލުހުން ކުރިން ބުނެފައިވަނީ 30 މިނެޓުގެ ވަގުތެއް ދޭނީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް އަންނަންދެން ކަމަށް

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 26 މާރިޗު 2018 | ހޯމަ 01:11
ޤާނޫނީ ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަކީލާ ހިސާން ހުސެއިން

ޤާނޫނީ ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަކީލާ ހިސާން ހުސެއިން

ކުއްލި ނުރައްކަލުގެ ހާލަތު ނިމުމުންވެސް ވަކީލުންގެ ބައްދަލުވުމަށް ދެމުންގެންދަނީ 30 މިނެޓުކަމަށް ވަކީލުން ވިދާޅުވެއްޖެ އެވެ.

ފެބުރުއަރީ މަހުގެ 13 ވަނަ ދުވަހު ފުލުހުން ކުރި އިއުލާނެއްގައި ބުނެފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް އަންނަންދެން ފުލުހުން ތަހުގީގުކުރަމުންދާ މައްސަލަތަކުގައި ތަހުގީގުކުރާ ވަގުތުތައް ފިޔަވާ އެހެން ވަގުތުތަކުގައި ވަކީލުންނާ ބައްދަލުކުރުމަށް ދުވާލަކު 30 މިނެޓަށް ވުރެ ދިގު ނުވާ ގޮތަކަށް ވަކީލުންނަށް ފުރުސަތު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ދުވަހުން ފެށިގެން ކުއްލި ނުރައްކަލުގެ ހާލަތުުގެ މުއްދަތުގެ ތެރޭގަިއ ވަކީލުންގެ ބައްދަލުވުމަށް ދެމުންގެންދަނީ 30 މިނެޓުގެ ވަގުތެކެވެ.

Advertisement - newsAdvertisement

ފެބުރުއަރީ މަހުގެ 5 ވަނަ ދުވަހު ރައީސް އަބްދުﷲ ޔާމީންގެ ޤަރާރަކުން އިއުލާންކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތު 45 ދުވަސް ފަހުން ސަރުކާރުން ނިމުމަކަށް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ގެނެސްފަ އެވެ.

ހައްޔަރުގައި ތިބި ގިނަ ބޭފުޅުންތަކެއްގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުންގެންދަވާ ޤާނޫނީ ވަކީލާ ހިސާން ހުސެއިން ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނެސްފައިވާއިރުވެސް އަދިވެސް ވަކީލުންނަށް ދެނީ 30 މިނެޓުގެ ވަގުތެއްކަމަށެވެ. އަދި ފުލުހުންގެ އިއުލާންގައިވެސް ވަނީ 30 މިނެޓުގެ ވަގުތެއް ދިނުމަށް ނިންމީ ކުއްލި ނުރައްކަލުގެ މުއްދަތުގައި އެކަނި ކަމަށާއި، އަދި މިހާރު ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް އައިިސްފައިވާކަންވެސް ހިސާން ވަނީ ފާހަގަކުރައްވާފަ އެވެ.

ފެބުރުއަރީ މަހުގެ 6 ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ގިނަ ބަޔަކު ހައްޔަރުކުރި އެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކާއި ސިފައިންނާއި ފުލުހުންތަކެއްގެ އިތުރުން އާއްމުން ވެސް ހިމެނެ އެވެ.

އެ ބެފުޅުންގެ މައްޗަށް ގިނަ ދައުވާތަކެއް ކުރާއިރު، ކޮންމެ ބޭފުޅެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާވެސް ކުރެ އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

25 މާރިޗު 2017

ރޯގާއާ ގުޅިގެން އިއުލާނު ކުރި ކުއްލި ހާލަތު އަދިވެސް އޮތީ ލެވެލް ތިނެއްގައި!

25 މާރިޗު 2017
ރޯގާއާ ގުޅިގެން އިއުލާނު ކުރި ކުއްލި ހާލަތު އަދިވެސް އޮތީ ލެވެލް ތިނެއްގައި!
23 މާރިޗު 2017

ޤައުމުގެ ހާލަތު ބަދަލުކުރުމަށް އެމްޑީޕީއާ އަދާލަތު ޕާޓީ އަދި ރައީސް މައުމޫނާ ގުޅިގެން މަސައްކަތްކުރުމަށް ޖޭޕީން ނިންމައިފި

23 މާރިޗު 2017
ޤައުމުގެ ހާލަތު ބަދަލުކުރުމަށް އެމްޑީޕީއާ އަދާލަތު ޕާޓީ އަދި ރައީސް މައުމޫނާ ގުޅިގެން މަސައްކަތްކުރުމަށް ޖޭޕީން ނިންމައިފި
21 މާރިޗު 2017

ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަކިކުރި މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފި

21 މާރިޗު 2017
ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަކިކުރި މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފި
21 މާރިޗު 2017

ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފި

21 މާރިޗު 2017
ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފި
18 މާރިޗު 2017

އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ސީރިއަސް ހާލަތުގައި

18 މާރިޗު 2017
އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ސީރިއަސް ހާލަތުގައި
17 މާރިޗު 2017

އިންތިހާބާ ބެހޭ ގައުމީ ލަފާދޭ ކޮމެޓީގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވާނީ

17 މާރިޗު 2017
އިންތިހާބާ ބެހޭ ގައުމީ ލަފާދޭ ކޮމެޓީގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވާނީ
16 މާރިޗު 2017

ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ޔަމަނު މީހަކު ކުއްލި ގޮތަކަށް ހައްޔަރުކުރި މައްސަލައެއް ފެންމަތިވެއްޖެ

16 މާރިޗު 2017
 ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ޔަމަނު މީހަކު ކުއްލި ގޮތަކަށް ހައްޔަރުކުރި މައްސަލައެއް ފެންމަތިވެއްޖެ
06 މާރިޗު 2017

ސްޓެލްކޯގެ ހާލަތު ދަށްވީ ރައީސް ނަޝީދުގެ ސަރުކާރުގެ ސަބަބުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ

06 މާރިޗު 2017
ސްޓެލްކޯގެ ހާލަތު ދަށްވީ ރައީސް ނަޝީދުގެ ސަރުކާރުގެ ސަބަބުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ
02 މާރިޗު 2017

ކުއްލި ގޮތަކަށް މަރުވި ދެމަފިރިންގެ މައްސަލައިގެ ތަހުގީގު އަދިނުނިމޭ: ޕޮލިސް

02 މާރިޗު 2017
ކުއްލި ގޮތަކަށް މަރުވި ދެމަފިރިންގެ މައްސަލައިގެ ތަހުގީގު އަދިނުނިމޭ: ޕޮލިސް
12 ފެބުރުއަރީ 2017

ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

12 ފެބުރުއަރީ 2017
ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް