ކ. މާލެ
|
24 މާރޗް 2018 | ހޮނިހިރު 13:44
ޅ.ކުރެންދޫ ރައްޔިތުން އެރުވި ފަރިވަޅު
ޅ.ކުރެންދޫ ރައްޔިތުން އެރުވި ފަރިވަޅު
ފާތިމަތު ޝަނާ މުހައްމަދު
ރާއްޖެޓީވީ
ރާއްޖެޓީވީގެ މަސައްކަތް ފާހަގަކޮށް އަތޮޅުތަކުން ފުލުފުލުގައި ފަރިވަޅުތައް!
ރާއްޖެޓީވީގެ މަސައްކަތް ގިނަ ބަޔަކު ދަނީ ފާހަގަކުރަމުން
ފަރިވަޅު އަރުވުމަށްފަހު ރާއްޖެޓީވީއަށް ޝުކުރު އަދާކޮށްފައިވޭ
ޅ. ކުރެންދޫ އާއި އދ ދަނގެތީގެ ރައްޔިތުން ފަރިވަޅެއް މިއަދު އަރުވައިފައިވޭ

ރާއްޖެޓީވީގެ މަސައްކަތްތައް ފާހަގަކޮށް ޅ. ކުރެންދޫ އާއި އދ ދަނގެތީގެ ރައްޔިތުން ފަރިވަޅެއް އަރުވައިފި އެވެ.

 މިދެ ފަރިވަޅު ވެސް ގެނެސްފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު ދެވަގުތެއްގަ އެވެ.

މިކަމާ ގުޅޭ ގޮތުން ކުރެންދޫގެ ރައްޔިތަކު ބުނީ މިފަދަ ފަރިވަޅެއް ރަށުގެ ރައްޔިތުން ތައްޔާރު ކުރީ ރާއްޖެޓީވީން ރައްޔިތުންނަށް ފޯރު ކޮށްދޭ މައުލޫމާތުތަކަށް ޝުކުރު އަދާކޮށް، މަސައްކަތް ފާހަގަ ކުރުމުގެ ގޮތުން ކަމަށެވެ.

ދަނގެތީގެ ފަރާތުން ފަރިވަޅު ހިފައިގެން އައި ފަރާތްތަކުން ކިޔާދިން ގޮތުގައި އެކި ކަހަލަ ފިއްތުންތަކާއި ބިރުވެރިކަމާ އެކުވެސް ރައްޔިތުންނަށް މައުލުމާތުތައް ފޯރުކޮށްދިނުމަށް ރާއްޖެޓީވީ ކުރާ މަސައްކަތް ވަރަށް ބޮޑަށް ފާހަގަ ކުރާ ކަމަށާއި ދަނގެތީގެ ގިނަ އަދަދެއްގެ ރައްޔިތުން ފަރިވަޅު ތައްޔާރު ކުރުމުގައި ބައިވެރިވެފައިވާ ކަމަށެވެ.

 ރާއްޖެޓީވީގެ ނިއުސް ޑިރެކްޓަރ ހުޝާމް މުހައްމަދު ވިދާޅުވީ، ރަށްރަށުގެ ރައްޔިތުން، ރާއްޖެޓީވީގެ އަގުވަޒަން ކުރުމަށް ކުރާ ކަންކަމަކީ ފާހަގަކުރެވޭ ކަންކަން ކަމަށާއި ރާއްޖެޓީވީގެ ޓީމުން ކުރިމަތިވާ ދަތި ދަނޑިވަޅުތަކުގައި ވެސް ސާބިތުކަމާ އެކު ރައްޔިތުންނަށް މައުލޫމާތުތައް ފޯރުކޮށްދިނުމުގައި ދެމިތިބޭނެ ކަމަށެވެ.

ކުރެންދޫ އާއި ދަނގެތީގެ އިތުރުން ފ. މަގޫދޫއާއި އއ. ރަސްދޫ އިން ވެސް ވަނީ ރާއްޖެ ޓީވީއަށް މީގެ ކުރިން ފަރިވަޅެއް  އަރުވާފައެވެ. އަދި ތ. ކިނބިދޫ ރައްޔިތުން ވެސް ވަނީ ރާއްޖެޓީވިއަށް ފަރިވަޅެއް އަރުވާފައެވެ. މީގެ އިތުރުން މިފާއިތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި އެކި ރަށްރަށުގެ ރައްޔިތުން ދަނީ ރާއްޖެޓީވީގެ މަސައްކަތް ފާހަގަކުރުމުގެ ގޮތުން އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް