Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގެ ސިޔާސީ މަސްރަހު

މާދަމާ ރައީސް ޔާމީންގެ އައުވާނުން ޖަލަށްލެވުމުން އަޑު އުފުލާނެ ބަޔަކު ނުތިބޭނެ: ޝިފާޒް

އަނިޔާ އިން ބަރީއަ ވުމަށް ގޮވާލެއްވި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 24 މާރިޗު 2018 | ހޮނިހިރު 02:28
ޝިފާޒް އެއްވުމުގައި ވާހަކަ ދައްކަވަނީ

ޝިފާޒް އެއްވުމުގައި ވާހަކަ ދައްކަވަނީ

މާދަމާ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ އައުވާނުން ޖަލަށްލެވުމުން އަޑު އުފުލާނެ ބަޔަކު ނުތިބޭނެ ކަމަށް އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހުކުރު ދުވަހުގެރޭ އެމްޑީޕީ ހަރުގެ ސަރަހައްދުގައި ބޭއްވި އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ޝިފާޒް ވިދާޅުވީ، ރާއްޖޭގައި އިންސާފު ޤާއިމުކުރުމަށް ގޮވާލައި އިހުތިޖާޖު ކުރުމުން ނުހައްޤުން ޖަލަށް ލެވިފައި ތިބި ގިނަ ފަރާތްތައް އެބަތިބި ކަމަށާއި އެ ފަރާތްތައް ޖަލުގައި ތިއްބަސް ޔަޤީންވާ އެއް ކަމަކީ އެ ފަރާތްތައް މިނިވަން ކުރުމަށް ގޮވާލާ އަޑު އުފުލާނެ ބަޔަކު ތިބޭނެކަން ކަމެވެ. އެހެންނަމަވެސް މާދަމާ ރައީސް ޔާމީންގެ އައުވާނުން ޖަލަށްލެވުމުން އެމީހުން މިނިވަން ކުރުމަށް ގޮވާލާ އަޑު އުފާލެ ބަޔަކު ނުތިބޭނެކަން ފާހަގަކުރައްވާ ޝިފާޒް ވަނީ އަނިޔާ އިން ބަރީއަވުމަށް އެ ފަރާތްތަކަށް ގޮވާލައްވާފައެވެ.

"މާދަމާ ރައީސް ޔާމީންގެ އައުވާނުންނަށް މި ހާލަތު ޖެހުނީމައި އެ އަޑު އުފުލާނެ ބަޔަކު ނުތިބޭނެ. އެއީ އެ ބޭފުޅުންނަށް ދިމާވާނެ މައްސަލައަކީ. އެހެންކަމުން އަޅުގަނޑު ދަންނަވާލަން ބޭނުން އަނިޔާ އިން ބަރީއަ ވެވަޑައިގަންނަވާށޭ. ދިވެހިރާއްޖޭގެ ރައްޔިތުން 2008 ހޯދި ޤާނޫނު އަސާސީ ހޯދީ ވަރަށް މާތް މަޤްސަދެއްގައި. އެ ޤާނޫނު އަސާސީ ތަނެއް ނުދޭ އަނިޔާވެރިވުމަކަށް. އެ ޤާނޫނު އަސާސީ ތަންދެނީ މަދަނީ ހައްޤުތައް ހިމާޔަތް ކުރުމަށް. ޑިމޮކްރެޓިކް އުސޫލުތައް މިތާ އަށަގެންނެވުމަށް. އިންސާނީ ކަރާމާތް މި ތަނުގައި ނެގެހެއްޓުމަށް" ޝިފާޒް ވިދާޅުވިއެވެ.

ޝިފާޒް އިތުރަށް ވިދާޅުވީ ރައީސް ޔާމީންއަށް ކަމެއް ދިމާވުމުން ދިވެހި ފުލުހުން ބަލަންޖެހޭ ޤާނޫނެއް ނޯންނާނެ ކަމަށް ވިދާޅުވުން އެއީ ލަދުވެތި ވެވަޑައިގަންނަވަން ޖެހޭ އަމަލެއް ކަމަށާއި ދިވެހި ފުލުހުންގެ ޤާނޫނު މަތިކުރަނީ އެކަންކަން ކުރުމަށް ނޫން ކަމަށެވެ.

"މިއީ ރައީސުލް ޖުމްހޫރީއްޔާގެ މަޤާމުގައި ހުންނެވި ބޭފުޅަކު ދެއްކެވި ނާތަހުޒީބު ހަޑި މުޑުދާރު ވާހަކައެއް. މިފަދަ ކަންކަމުގައި ޖެހިވަޑައިނުގެން ޤައުމަށް ޚިދުމަތް ކުރަން ތިއްބެވި ބަޔަކަށް ދިވެހި ފުލުހުން ވާންޖެހޭ. ދިވެހި ފުލުހުންގެ ޔުނީފޯމުގައި އެ ބޭފުޅުންގެ ބެޖުގައި އެހެރީ ވަރަށް މުހިންމު ބޭނުމެއްގައި ޓު ޕްރޮޓެކްޓް އެންޑް ސާވް ޖައްސަވާފައި. އެ މަޤްސަދު ހާސިލު ކުރުމަށް އެ ބޭފުޅުން މަސައްކަތް ކުރަން ޖެހޭނީ ކުރަމުންދާ ވައްކަންތަކާއި ހިންގަމުންދާ ކޮރަޕްޝަނާއި މާރާމާރީއާ ފަސާދާއަށް ހިތްވަރުދޭކަށް ނޫން އެ ބޭފުޅުން ތިބެން ޖެހޭނީކީ" ޝިފާޒް ވިދާޅުވިއެވެ.

ޝިފާޒް ވިދާޅުވީ ކަމިޔާބު ލިބޭނެ ދުވަސް ކައިރިވެއްޖެ ކަމަށާއި ރައީސް ޔާމީންގެ އަނިޔާވެރިކަމުން ރައްޔިތުން ސަލާމަތް ކުރައްވާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު