ކ. މާލެ
|
23 މާރޗް 2018 | ހުކުރު 03:32
ގާނޫނީ ވަކީލު ޝަމީމް
ގާނޫނީ ވަކީލު ޝަމީމް
ރާއްޖެއެމްވީ
ފަލަސުރުޚީ
ހައްޔަރީންނަށް ކޯޓުން މުއްދަތު ޖެހީ ގާނޫނަކުން ބާރު ނުލިބި: ޝަމީމް
މުއްދަތު ޖެހުމަށް ގިނަ ބަޔަކު ގެނެވުނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން
ޖިނާއީ އިޖުރާއަތުގެ ގާނޫނު ސަސްޕެންޑް ކުރެވިފައިވަނިކޮށް ފުލުހުން ވަނީ އަމަލުކޮށްފައި
ރައީސް ޔާމީނަށް ވުރެ ނަވާޒު ބާރުގަދަ

ގާނޫނު ބުނާ ގޮތުން ފުލުހުންނަށް އެއްވެސް ކަމެއް ކުރެވޭނީ ގާނޫނުގައި އެކަން ކުރަން ހުއްދަ ލިބިގެން ކަމަށާއި އެހެން ނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ފަރާތްތަކުގެ މުއްދަތު ޖެހުމަށް ކޯޓަށް ގެނެސްފައިވަނީ ސްސްޕެންޑް ކުރެވިފައިވާ މައްދާއަކަށް ރިއާޔަތްކޮށްގެން ކަމަށް ގާނޫނީ ވަކީލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

 ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝަމީމް ވިދާޅުވީ ބަންދުކޮށްފައިވާ ފަރާތްތަކުން ކޯޓަށް ހާޒިރު ކުރެވުނީ ކާކު ބުނެގެންތޯ ސުވާލު ކުރުމުން ހައްޔަރު ކުރެވުނު މީހުން ގެނެސްފައިވަނީ ގާނޫނު އަސާސީގެ 48 ވަނަ މާއްދާއިން ކަމަށް ފުލުހުން ހާމަކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ މައްދާއަކީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ރައީސް އަބްދުﷲ ޔާމީން ހިފަހައްޓާފައިވާ މައްދާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ފުލުހުން އެސްއޯއީގެ ދަށުން ކޯޓަށް ގެންދިއު މީހުން، ކޯޓަށް ގެންދިޔަ ގެންދިއުމަކީ ގާނޫނަކުން ބާރު ލިބިގެން ގެންދިޔަ ގެންދިއުމެއް ނޫން. ގާނޫނަކުން ބާރު ނުލިބި، ކުރާ އެއްވެސް ކަމެއް ގާނޫނީ ގޮތުން ސައްހަ ކަމަކަށް ނުވާނެ. އެއީ އާންމުކޮށް ދުނިޔޭގައި ކަންކަން ހިނގާ ގޮތަކީ." ޝަމީމް ވިދާޅުވި އެވެ.

 ޝަމީމު ވިދާޅުވީ މިފަދަ އަމަލުތައް ކުރައްވަމުން ގެންދިއުމުން ރައީސް ޔާމީންގެ ބާރު ފުލުހުންގެ އެކްޓިނގް ކޮމިޝަނަރ އަބްދުﷲ ނަވާޒްގެ ބާރު ބޮޑުވެފައިވާ ކަމަށެވެ.

"މަހްފޫމް މުހާލަފާއަކީ މިކަން  މިހެން ވެއްޖިއްޔާ އޭގެ މާނައަކީ މިއޭ. މި ހާލަތުގައި މަހްފޫމް މުހާލަފާއަކީ ރައީސް ޔާމީން ކޮންމެ ގޮތަކަށް ނިންމެވިޔަސް ޖިނާއީ އިޖުރާއަތުގެ ގާނޫނު ހިނގާކަން ނުވަތަ ނޫން ކަމާއި ހިނގާނެ މީހުންނާއި ނުހިނގާނެ މީހުން ކަނޑައަޅާނީ ނަވާޒް ސަރ އޭ. އޭގެ މާނައަކީ ނަވާޒް ސަރ އަކީ ރައީސް ޔާމީނަށް ވުރެއް ބާރުގަފަ ބޭފުޅެކޭ. ރައީސް ޔާމީންގެ ނިންމެވުން ބޮލާލާ ޖަހާފައި އެއަށް ގޮންޖައްސަވާ ފުލުހުންގެ ފަރާތުން މިގޮތަށް އަމަލު ކުރެއްވީމާ ގާނޫނީ ގޮތުން ނަވާޒް ސަރގެ ބާރު ގަދަވީ ކަމަށް ފެންނަން އޮތީ.: ޝަމީމް ވިދާޅުވި އެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ އުވާލާފައިވާއިރު، އޭގެ ކުރިން ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ވަނީ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް، ކުރިމިނަލް ކޯޓަށް އެންމެ ފަހުން އައްޔަން ކުރެއްވި ގާޒީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަހްމަދު ހައިލަމް ވަނީ އަމުރުކޮށްފަ އެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
23 މާރޗް 2018 | ހުކުރު 12:21
ހ މ ޒ
މާތްﷲގެ ރަޙްމަތްފުޅާއެކު 2018 ގެ ރިޔާސީ އިންތިޚާބު ރައީސް ޔާމީން ފަސޭހަކަމާއެކު ކާމިޔާބުކުރައްވާނެއެވެ!؟
23 މާރޗް 2018 | ހުކުރު 06:34
ނުބައިހާނު
އެއީ ޤާނޫނީ ބާރެއް ނޫނޭ. ހަތްލަމަށް ލިބިގެންވާ ބާރު