Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ނިކޮލަސް ސަރްކޯޒީ

ކެމްޕޭނަށް ޣައްޒާފީ އަތުން މާލީ އެހީ ހޯއްދެވިކަމުގެ ތުހުމަތުގައި ސަރްކޯޒީ ހައްޔަރުކޮށްފި

ކެމްޕޭނުގެ މާލީ ބަޔާންތައް އޮޅުވާލިކަމުގެ ދައުވާ މިހާރު ވެސް ސަރްކޯޒީގެ މައްޗަށް ވަނީ އުފުލާފައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 21 މާރިޗު 2018 | ބުދަ 03:41
ޣައްޒާފީ (ކ) ދުނިޔޭގައި ހުންނެވި އިރު ސަރްކޯޒީ (ވ)އާ ގާތް ގުޅުމެއް އޮތް

ޣައްޒާފީ (ކ) ދުނިޔޭގައި ހުންނެވި އިރު ސަރްކޯޒީ (ވ)އާ ގާތް ގުޅުމެއް އޮތް

ރިޔާސީ އިންތިޚާބަށް ޚަރަދުކުރަން ލީބިޔާގެ ކުރީގެ ޒައީމް ކާނަލް މުޢައްމަރުލް ޣައްޒާފީގެ އަތުން މާލީ އެހީ ހޯއްދެވިކަމުގެ ތުހުމަތުގައި ފަރަންސޭސީވިލާތުގެ ކުރީގެ ރައީސް ނިކޮލަސް ސަރްކޯޒީ ހައްޔަރުކޮށްފިއެވެ.

އަންގާރަ ދުވަހު ޕެރިހުގެ ފުލުހުން ސަރްކޯޒީ ހައްޔަރުކޮށް ސުވާލުކުރަމުންދާއިރު، ފުލުހުންގެ ބަންދުގައި 48 ގަޑިއިރު ސަރްކޯޒީ ބެހެއްޓޭނެއެވެ.

މިމައްސަލައިގެ ތަހުޤީޤު ފެށީ 2012 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުން ސަރްކޯޒީ ބަލިވެވަޑައިގަތް ފަހުން، ޖެހިގެން އައި 2013 ގައެވެ.

މިމައްސަލައިގައި ސަރްކޯޒީގެ ސަރުކާރުގެ ވަޒީރެއް ކަމަށްވާ ބްރައިސް ހޯޓެފޯ ވެސް ހައްޔަރުކޮށް އަންގާރަ ދުވަހު ފަރަންސޭސީ ފުލުހުން ސުވާލުކޮށްފައި ވެއެވެ. މީގެ އިތުރުން ސަރްކޯޒީއާ ގުޅުން އޮންނަ ސްވިޓްޒަލޭންޑްގެ ވިޔަފާރިއެއް ވެސް ހައްޔަރުކުރުމަށް ފަރަންސޭސީ ފުލުހުން ދަނީ މަސައްކަތްކުރަމުންނެވެ. މިދިޔަ ޖެނުއަރީ މަހު އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގެ ފުލުހުން އެމީހާ ހައްޔަރުކުރި ނަމަވެސް، އޭނާ ގެންދަނީ އޭނާ އެކްސްޓްރަޑައިޓްކުރުމަށް އިނގިރޭސި ފުލުހުން ކުރަމުންދާ މަސައްކަތް ހުއްޓުވުމަށް ކޯޓަށް ގޮސްފައެވެ.

ސަރްކޯޒީ ކެމްޕޭން ފައިސާ ޣައްޒާފީ އަތުން ހޯއްދެވި ކަމަށް ވިދާޅުވީ ލުބްނާން ދަރިކޮޅުގެ ފަރަންސޭސީ ވިޔަފާރިވެރިއެކެވެ. އަދި އޭނާގެ ވާހަކަތައް ޣައްޒާފީގެ ސަރުކާރުގެ އިސްވެރިން ކަށަވަރުކޮށްދީފައި ވެއެވެ. އޭނާ ބުނާ ގޮތުގައި 2006 ވަނަ އަހަރާއި 2007 ވަނަ އަހަރާ ދެމެދު 200 އަދި 500 ޔޫރޯގެ ނޫޓް އަޅާފައިވާ 3 ފޮށި ސަރްކޯޒީގެ ޗީފް އޮފް ސްޓާފާ އޭނާ ހަވާލުކުރިއެވެ. އަދި އެފައިސާތަކުގެ ޖުމްލަ އަގު 5 މިލިއަން ޔޫރޯއަށް އަރާއިރު، އެފައިސާ އައީ ޣައްޒާފީގެ ފަރާތުން ކަމަށް ވެސް 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހު ފަރަންސޭސީ ނޫހަކަށް އޭނާ ދިން އިންޓަރވިއުއެއްގައި ބުނެފައި ވެއެވެ.

ލީބިޔާގެ ސަރުކާރުން ނުވަތަ ޣައްޒާފީގެ ފަރާތުން އައި އެއްވެސް ފައިސާއެއް ކެމްޕޭނެއް ޚަރަދުކޮށްފައި ނުވާނެ ކަމަށް ސަރްކޯޒީ އާއި އޭނާގެ އަރިސް ބޭފުޅުން ވިދާޅުވި ނަމަވެސް، އެފައިސާ ފޮނުވި ކަމަށް ލީބިޔާގެ ސޮވަރިން ފަންޑާއި ޣައްޒާފީގެ ސަރުކާރުގައި ހަވާލުވެ ހުންނެވި ބަޝީރު ސާލިޙް ފަރަންސޭސީ މީޑިއާއަށް ވަނީ މައުލޫމާތު ދެއްވާފައެވެ.

ޣައްޒާފީގެ އަތުން ފައިސާ ނެންގެވި މައްސަލައިގައި ސަރްކޯޒީ ހައްޔަރުކޮށް ސުވާލުކުރަމުންދާއިރު، ކެމްޕޭނުގެ މާލީ ބަޔާންތައް އޮޅުވާލި މައްސަލައެއްގައި މިހާރު ވެސް އޭނާގެ މައްޗަށް ދައުވާ އުފުލާފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޑިއާއިން ލަންކާއަށް އެހީ ފޯރުކޮށްދޭން ފަށައިފި

އިންޑިއާއިން ލަންކާއަށް އެހީ ފޯރުކޮށްދޭން ފަށައިފި

28 މެއި 2017
އީޔޫގެ އެހީތެރިކަމަށް ފޮރިން މިނިސްޓަރ ތައުރީފް ކުރައްވައިފި

އީޔޫގެ އެހީތެރިކަމަށް ފޮރިން މިނިސްޓަރ ތައުރީފް ކުރައްވައިފި

24 މެއި 2017
ރޫހާނީގެ ރައްދު ޓްރަމްޕްއަށް: ތެހެރާނުގެ އެހީއާ ނުލައި މެދުއިރުމައްޗަށް ސުލްހައެއް ނުގެނެވޭނެ

ރޫހާނީގެ ރައްދު ޓްރަމްޕްއަށް: ތެހެރާނުގެ އެހީއާ ނުލައި މެދުއިރުމައްޗަށް ސުލްހައެއް ނުގެނެވޭނެ

23 މެއި 2017
ސުލްހައިގެ ވާހަކަތަކަށް ނާންނަހާ ހިނދަކު ޓެރަރިސްޓުންނާދެކޮޅަށް ހަމަލާދޭނަން: މާލީގެ ރައީސް

ސުލްހައިގެ ވާހަކަތަކަށް ނާންނަހާ ހިނދަކު ޓެރަރިސްޓުންނާދެކޮޅަށް ހަމަލާދޭނަން: މާލީގެ ރައީސް

18 މެއި 2017
ސީރިޔާއަށް ހަ ބިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވައުދުވެއްޖެ

ސީރިޔާއަށް ހަ ބިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވައުދުވެއްޖެ

05 އެޕްރީލު 2017

އަހަރުތަކުން މިއަދު

10 މެއި
ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެއަށް ދަތުރު ނުކުރަން ސިންގަޕޫރު ސަރުކާރުން އަންގައިފި
20251 އަހަރު ކުރިން
ރާއްޖެ

ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެއަށް ދަތުރު ނުކުރަން ސިންގަޕޫރު ސަރުކާރުން އަންގައިފި

ފެކްޓް ޗެކް: ސިވިލިއަނުން ކަމަށް ބުނެ ގެނައި މީހުންނަކީ އިންޑިއާގެ އަސްކަރިއްޔާގެ ބައެއް، ކުންފުންޏަކީ އަސްކަރިއްޔާގެ ދަށުގައި އޮންނަ ތަނެއް
20242 އަހަރު ކުރިން
ރިޕޯޓު

ފެކްޓް ޗެކް: ސިވިލިއަނުން ކަމަށް ބުނެ ގެނައި މީހުންނަކީ އިންޑިއާގެ އަސްކަރިއްޔާގެ ބައެއް، ކުންފުންޏަކީ އަސްކަރިއްޔާގެ ދަށުގައި އޮންނަ ތަނެއް

ހުދު ކަފުނުން ދަރިފުޅު ކަފުންކުރީ، ކައިވެނީގެ ހުދު ހެދުމުގައި އެ ދަރިފުޅު ދެކިލުމުގެ އުއްމީދުގައި ހުރި ބައްޕަގެ އަތުން!
20233 އަހަރު ކުރިން
ރިޕޯޓު

ހުދު ކަފުނުން ދަރިފުޅު ކަފުންކުރީ، ކައިވެނީގެ ހުދު ހެދުމުގައި އެ ދަރިފުޅު ދެކިލުމުގެ އުއްމީދުގައި ހުރި ބައްޕަގެ އަތުން!

ރައީސް ޔާމީނަށް މިނިސްޓަރު ޔުމްނާގެ ވަރުގަދަ ރައްދެއް
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް މިނިސްޓަރު ޔުމްނާގެ ވަރުގަދަ ރައްދެއް

ޖަލަށް ވަނީ 15 އަހަރުގެ ކުޑަކުއްޖެއް، ނުކުތީ 83 އަހަރުގެ މުސްކުޅިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ޖަލަށް ވަނީ 15 އަހަރުގެ ކުޑަކުއްޖެއް، ނުކުތީ 83 އަހަރުގެ މުސްކުޅިއެއް

\'\'އިބޫ އޯކޭ\'\' ތަސްވީރު ފްރޭމްކުރުމަށް ފަހު، މުލިއާގެ ސިޓިން ރޫމްގައި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އިބޫ އޯކޭ\'\' ތަސްވީރު ފްރޭމްކުރުމަށް ފަހު، މުލިއާގެ ސިޓިން ރޫމްގައި

ޖަޒީރާ މެނިފެސްޓޯއާއެކު، ނޫ އިޤްތިސާދުގެ ސިޔާސަތު ރައީސް ނަޝީދު ހާމަކުރައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަޒީރާ މެނިފެސްޓޯއާއެކު، ނޫ އިޤްތިސާދުގެ ސިޔާސަތު ރައީސް ނަޝީދު ހާމަކުރައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު