Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނަޖީބު ރައްޒާޤް

ނަޖީބު ރައްޒާޤް ރާއްޖޭގައި ނެންގެވި ފޮޓޯތައް: ރިޓަޔަރ ކުރައްވަން ބޭނުންފުޅުވާކަމުގެ ހެއްކެއް؟!

2017 ވަނަ އަހަރަކީ އުނދަގޫ އަހަރެއް

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 31 ޑިސެމްބަރު 2017 | އާދީއްތަ 07:29
ނަޖީބު ރަައްޒާޤް މާލޭގެ އިއްޒުއްދީން ފާލަން މަތީގައި

ނަޖީބު ރަައްޒާޤް މާލޭގެ އިއްޒުއްދީން ފާލަން މަތީގައި

މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ރައްޒާޤް ދާދިފަހުން ރާއްޖެއަށާއި ސްރީ ލަންކާއަށް ކުރެއްވި ދަތުރުފުޅުގައި ނެންނެގި ފޮޓޯތަކުން ދައްކުވައިދެނީ އެމަނިކުފާނު ސިޔާސީ ކަންކަމުން ރިޓަޔަރކުރައްވަން ބޭނުންފުޅުވެފައިވާކަން ކަމަށް މެލޭޝިއާގެ ބައެއް ނޫސްތަކުން ސުވާލުކޮށްފިއެވެ.

ރާއްޖޭގައި އެމަނިކުފާނު ހުންނެވި ރިޒޯޓުގެ ގޮނޑުދޮށުގައި ނެންގެވި ފޮޓޯއެއްގެ އިތުރުން އިއްޒުއްދީން ފާލަމުގައި ނެންގެވި ފޮޓޯއަކީ ވަރަށް 'ޓޫރިސްޓް' ފޮޓޯތަކެކެވެ.

މިފޮޓޯތަކުގެ އިތުރުން ނަޖީބު ރައްޒާޤްވަނީ އެމަނިކުފާނުގެ އެންމެ ހަގު ކާފަދަރިކަލުންނާއިއެކުވެސް ފޮޓޯއެއް ނަންގަވާ ސޯޝަލް މީޑިއާއަށް ދޫކުރައްވާފައެވެ.

އަދި މީގެ އިތުރުން އޮޅުކޮށްގެން ގެންގުޅުއްވާ ބުޅަލެއްގެ ފޮޓޯވެސް ދާދިފަހުން ޓްވީޓްކުރެއްވިއެވެ.

ބައެއް ފަރާތްތަކުން ވަނީ މިފޮޓޯތަކަށް ސަމާސާ ރާގެއްގައި ފާޑުވެސް ކިޔާފައެވެ. އެގޮތުން ކުރީގެ ބޮޑުވަޒީރު މަހާތީރު މުހައްމަދުގެ އުނދަގުލެއް ދެން ނެތީތޯ ސުވާލު ކޮށްފައިވާއިރު، ދެން އޮންނަ އިންތިޚާބެއްގައި ކާމިޔާބު ލިބިވަޑައިގަންނަވާނެކަމުގެ ޔަޤީންކަން ނަޖީބު ރައްޒާޤަށް ލިބިވަޑައިގަތީތޯވެސް ބައެއް ފަރާތްތަކުން ސުވާލުކޮށްފައިވެއެވެ.

ނިމިގެން މިދިޔަ 2017ވަނަ އަހަރަކީ ނަޖީބަށް އުނދަގޫ އަހަރެކެވެ. އަދި ކުރީގެ ބޮޑުވަޒީރު މަހާތީރު މުހައްމަދާއި ނަޖީބު ރައްޒާޤްއާއިމެދު މައްސަލަ އިތުރަށް ގޯސްވި އަހަރެކެވެ. ވެރިކަންކުރާ އަމްނޯ ޕާޓީގެ އިސް ވެރިޔަކަށް މަހާތީރުގެ ބަހުގެ ހަމަލާއެއް އަމާޒުވެއްޖެނަމަ އެބޭފުޅެއްގެ ސިޔާސީ ކެރިއަރު މީގެ ކުރިން ނިމުނުނަމަވެސް، ނަޖީބު ރައްޒާޤްވަނީ މަހާތީރުގެ ބަހުގެ ހަމަލާތަކުން ސަލާމަތްވެ، އެޕާޓީ ކުރިއަށްވުރެ ހަރުދަނާކުރައްވާފައެވެ.

މިހުރިހާ ކަމަކާއިއެކުވެސް 2018ވަނަ އަހަރާއިވެސް ނަޖީބު ރައްޒާޤް ކުރިމަތިލައްވަނީ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކަކާއިއެކުގައެވެ.

އިތުރަށް ކިޔާލަން

03 ޖުލައި 2018

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާޤް ހައްޔަރުކޮށްފި

03 ޖުލައި 2018
މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާޤް ހައްޔަރުކޮށްފި
25 މެއި 2018

ނަޖީބުގެ އެޕާޓްމަންޓުން ހޯދި ފައިސާގެ އަދަދު ގާތްގަނޑަކަށް 120 މިލިއަން ރިންގިޓަށް އަރާ

25 މެއި 2018
ނަޖީބުގެ އެޕާޓްމަންޓުން ހޯދި ފައިސާގެ އަދަދު ގާތްގަނޑަކަށް 120 މިލިއަން ރިންގިޓަށް އަރާ
20 މެއި 2018

ގެތައް ރެއިޑްކުރަމުންދާތީ ނަޖީބު ރައްޒާޤް ހިތްޕުޅު ހިތްޕުޅުހަމަޖެހިވަޑައެއްނުގެން!

20 މެއި 2018
ގެތައް ރެއިޑްކުރަމުންދާތީ ނަޖީބު ރައްޒާޤް ހިތްޕުޅު ހިތްޕުޅުހަމަޖެހިވަޑައެއްނުގެން!
17 މެއި 2018

އިންތިޚާބުގެ ރޭ ނަޖީބު ރައްޒާޤް 2 ފަހަރު ގުޅުއްވި: އަންވަރު އިބްރާހީމް

17 މެއި 2018
އިންތިޚާބުގެ ރޭ ނަޖީބު ރައްޒާޤް 2 ފަހަރު ގުޅުއްވި: އަންވަރު އިބްރާހީމް
13 މެއި 2018

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބުގެ ގެކޮޅުގެ ސަރަހައްދު ފުލުހުން ބަންދު ކޮށްފި

13 މެއި 2018
މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބުގެ ގެކޮޅުގެ ސަރަހައްދު ފުލުހުން ބަންދު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު