Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިޒްރޭލް - ސީރިއާ

ސީރިއާގެ ނިއުކްލިއަރ ރިއެކްޓަރަކަށް 2007 ވަނަ އަހަރު ހަމަލާ ދިންކަން އިޒްރޭލުން ކަށަވަރުކޮށްދީފި

އިޒްރޭލުން ހަމަލާދީފައި ވަނީ ސީރިއާގެ ވެރިރަށް ދިމިޝްގުގެ 450 ކިލޯމީޓަރު އުތުރުގައިވާ ޑެއިރް އަޒޫރްގެ ނިއުކްލިއަރ ކާރުޚާނާ އަކަށް

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު, ރާއްޖެ އެމްވީ | 22 މާރިޗު 2018 | ބުރާސްފަތި 11:37
އިޒްރޭލުން 2007 ވަނަ އަހަރު ހަމަލާދިން ސީރިއާގެ ނިއުކްލިއަރ ރިއެކްޓަރ ކަމަށް ބެލެވޭ އިމާރާތް: ހަމަލާގެ ކުރިން (ވ) އަދި ހަމަލާގެ ފަހުން

އިޒްރޭލުން 2007 ވަނަ އަހަރު ހަމަލާދިން ސީރިއާގެ ނިއުކްލިއަރ ރިއެކްޓަރ ކަމަށް ބެލެވޭ އިމާރާތް: ހަމަލާގެ ކުރިން (ވ) އަދި ހަމަލާގެ ފަހުން

ސީރިއާގެ ނިއުކްލިއަރ ރިއެކްޓަރަކަށް 2007 ވަނަ އަހަރު ހަމަލާ ދީފައިވާކަން އިޒްރޭލުން ކަށަވަރުކޮށްދީފިއެވެ.

އިޒްރޭލުގެ އަސްކަރިއްޔާ އިން ސީރިއާގެ ވެރިރަށް ދިމިޝްގުގެ 450 ކިލޯމީޓަރު އުތުރުގައިވާ ޑެއިރް އަޒޫރްގެ ނިއުކްލިއަރ ކާރުޚާނާއަކަށް ހަމަލާދިންކަން 10 އަހަރަށް ވުރެ ގިނަ ދުވަހު ސިއްރުކޮށްފައި އޮތުމަށް ފަހު، އެ އޮޕަރޭޝަނާ ބެހޭ ތަފްސީލްތަކާއި ވީޑިއޯއެއް ވަނީ އާއްމުކޮށްފައެވެ.

އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނީ، ޑެއިރް އަޒޫރްގައި ހުންނަ ނިއުކްލިއަރ ކާރުޚާނާ އަށް ހަމަލާ ދިނުމަށް ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހުގެރޭ ފެށި ހަތަރު ގަޑިއިރުގެ ސްޓެލްތު އޮޕަރޭޝަންގައި އެފް-16 އަދި އެފް-15 މަރުކާގެ ހަނގުރާމަމަތީ އަށް މަތިންދާބޯޓެއް ބައިވެރިވެފައިވާ ކަމަށެވެ.

އިޒްރޭލުގެ އަސްކަރިއްޔާ އިން މި އޮޕަރެޝަނާ ބެހޭ މައުލޫމާތު އިޒްރޭލުގެ މީޑިއާ އިން ހާމަކުރުން ފާއިތުވި 11 އަހަރު އޮތީ މަނާކޮށްފައެވެ.

މިއޮޕަރޭޝަނާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އިޒްރޭލުގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް ގަޑީ އެއިޒެންކޮޓް ވިދާޅުވީ، ސީރިއާގެ ނިއުކްލިއަރ ރިއެކްޓަރަށް 2007 ވަނަ އަހަރު ދިން ހަމަލާ އިން ދޭ މެސެޖަކީ، އިޒްރޭލުގެ ދެމިއޮތުމަށް ނުރައްކާ ކުރާނެ އެއްވެސް ވަސީލަތެއް ނުވަތަ އެފަދަ ގާބިލް ކަމެއް ހޯދުމުގެ ފުރުޞަތު އިޒްރޭލުގެ ދައުލަތުން ނުދޭނެކަން ކަމަށެވެ. އެއީ 2007 ވަނަ އަހަރު ދިން މެސެޖެއް ނަމަވެސް، އެކަން އަދިވެސް އޮތީ އެގޮތަށް ކަމަށާއި، ކައިރި އަދި ދުރު މުސްތަގްބަލުގައި ވެސް ދެމި އޮންނާނީ އެފަދައިން ކަމަށް އޭނާ ވިދާޅުވިއެވެ.

މި އޮޕަރޭޝަނާ ބެހޭ މައުލޫމާތު އެތައް އަހަރަކަށް ފަހު އިޒްރޭލުން ހާމަކުރި ސަބަބެއް ސާފުވެފައެއް ނުވެއެވެ.

ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި މިއީ އިޒްރޭލުން އީރާނަށް ދިން އިންޒާރުގެ މެސެޖެކެވެ. ބައެއް ފަރާތްތަކުން ގަބޫލްކުރާ ގޮތުގައި އެ އޮޕަރޭޝަން ހިންގި އިރު އިޒްރޭލުގެ ބޮޑުވަޒީރުގެ މަގާމުގައި ހުންނެވި އެހޫދް އޯލްމާޓްގެ ހަޔާތްޕުޅާ ގުޅޭ ފޮތެއް ނެރުމަށް ތައްޔާރުވެފައި ވާތީ، އޭގެ ކުރިން އެމައުލޫމާތު އިޒްރޭލުން ހާމަކުރީއެވެ.

އިންޓަރނޭޝަނަލް އެޓޮމިކް އެނަރޖީ އޭޖެންސީ (އައިއޭއީއޭ) ގެ ވެރިޔާ ޔުކިއާ އަމާނޯ 2011 ވަނަ އަހަރު ވަނީ، އިޒްރޭލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން 2007 ވަނަ އަހަރު ސީރިއާގައި ހަމަލާދީ ސުންނާފަތި ކޮށްލި އިމާރާތަކީ ކުރިމަގުގައި ނިއުކްލިއަރ ރިއެކްޓަރެއް ގާއިމް ކުރުމަށް ތައްޔާރު ކުރަމުންދިޔަ އިމާރާތެއް ކަމަށް ވިދާޅުވެފައެވެ. އެއީ އެއޮޕަރޭޝަނާ ގުޅޭ ގޮތުން އައިއޭއީއޭ އިން ވާހަކަ ދެއްކި ފުރަތަމަ ފަހަރެވެ.

އެހެންނަމަވެސް ސީރިއާ އިން ވަނީ އެގައުމުން ނިއުކްލިއަރ ހަތިޔާރާ ގުޅޭ އެއްވެސް ކަމެއް ސިއްރުން ނުކުރާ ކަމަށް ބުނެފައެވެ.

އެހެންނަމަވެސް އިޒްރޭލުގެ ހަނގުރާމަމަތީ ބޯޓުތަކުން ހަމަލާދިން އިމާރާތުގައި ނިއުކްލިއަރ ރިއެކްޓަރުތަކުގައި ހުންނަ ފަދަ ބައެއް ސިފަތައް ހުރި ކަމަށް އައިއޭއީއޭ އިން ނެރުނު ރިޕޯޓެއްގައި ވެއެވެ. ފެބްރުއަރީ މަހު ނެރުނު ރިޕޯޓްގައި އަމާނޯ ވިދާޅުވީ، އަލް-ކިބާރުގައި ހަމަލާ ދިން އިމާރާތުގެ ގިއުގަނޑުގައި ނިއުކްލިއަރ ރިއެކްޓަރުތަކާ އެއްގޮތް ސިފަތަކެއް ލިބިގެންވާ ކަމަށެވެ.

އެ އިމާރާތަށް ހަމަލާ ދިން ފަހުން އައިއޭއީއޭގެ ތަހުގީގު ޓީމެއް އެސަރަހައްދަށް ވަނުމަށް ސީރިއާ ސަރުކާރުން ހުރަސް އެޅުމާ ގުޅިގެން، އެ އިމާރާތާ ބެހޭ މައުލޫމާތު ސިއްރު ކުރުމަށް މަސައްކަތް ކުރާތީ ސީރިއާގެ މައްޗަށް ކުރާ ޝައްކުތައް އިތުރުވެގެންދިޔައެވެ. މީގެ އިތުރުން ހަމަލާގައި ހަލާކުވެފައިވާ އިމާރާތް ލެވެލްކޮށް، އެތަނުގެ މަތީގައި އެހެން އިމާރާތެއް އެޅުމަށް ސީރިއާ އިން ނިންމި ނިންމުމާ ގުޅިގެން ވެސް ޝައްކުތައް އިތުރުވެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސީރިއާގެ އަސްކަރިއްޔާއިން އައިސިސް ބަލިކޮށް ތަދްމޫރު ހިފައިފި

ސީރިއާގެ އަސްކަރިއްޔާއިން އައިސިސް ބަލިކޮށް ތަދްމޫރު ހިފައިފި

03 މާރިޗު 2017
އަންނަ އަހަރު އެމެރިކާގެ ޑިފެންސް ބަޖެޓަށް 54 ބިލިއަން ޑޮލަރު ހުށަހަޅައިފި

އަންނަ އަހަރު އެމެރިކާގެ ޑިފެންސް ބަޖެޓަށް 54 ބިލިއަން ޑޮލަރު ހުށަހަޅައިފި

27 ފެބުރުއަރީ 2017
މިއަހަރުގެ ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނާ އަށް ރައީސް ޓްރަމްޕް ވަޑައިނުގަންނަވާނެ

މިއަހަރުގެ ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނާ އަށް ރައީސް ޓްރަމްޕް ވަޑައިނުގަންނަވާނެ

27 ފެބުރުއަރީ 2017
ސީރިއާގެ ސުލްޙައިގެ ވާހަކަތަކުގެ ފެށުން ކާމިޔާބު: އިދިކޮޅު ފަރާތްތައް

ސީރިއާގެ ސުލްޙައިގެ ވާހަކަތަކުގެ ފެށުން ކާމިޔާބު: އިދިކޮޅު ފަރާތްތައް

25 ފެބުރުއަރީ 2017
ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

06 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު