Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެ-އިންޑިއާގެ ގުޅުން

ވިސާ ދިނުމުގެ އުސޫލަށް ބަދަލު ނުގެންނަ ކަމަށް އިންޑިއާއިން ކަށަވަރުކޮށްދީފި: ފޮރިން މިނިސްޓްރީ

21 މާރިޗު 2018 | ބުދަ 05:38

ވިސާގެ ދަތިކަމުގެ ޝަކުވާ އެންމެ ގިނައިން ލިބެނީ ޓްރިވެންޑްރަމްގައި ދިރިއުޅޭ ދިވެހިންގެ ފަރާތުން

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 21 މާރިޗު 2018 | ބުދަ 05:38
އިންޑިއާގެ ޓްރިވެންޑަރަމްގައި ހުންނަ ދިވެހި ކޮންސިއުލޭޓް އޮފީހުގައި ދިވެހިން ޖަމާވެފައި

އިންޑިއާގެ ޓްރިވެންޑަރަމްގައި ހުންނަ ދިވެހި ކޮންސިއުލޭޓް އޮފީހުގައި ދިވެހިން ޖަމާވެފައި

އިންޑިއާ އިން ދިވެހިންނަށް ވިސާ ދޫކުރުމުގައި ގެންގުޅޭ އުސޫލަށް ބަދަލެއް ގެނެސްފައިނުވާކަން އެ ގައުމުން ރާއްޖޭގެ ޚާރިޖިއްޔާއަށް ކަށަވަރުކޮށްދީފައިވާ ކަމަށް ފޮރިން މިނިސްޓްރީ އިން އަންގާރަދުވަހު ބުނެފިއެވެ.

މިނިސްޓްރީ އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ ޓޫރިސްޓެއްގެ ގޮތުގައި ނޫން ގޮތަކަށް އިންޑިއާއަށް ދަތުރުކުރާ ދިވެހިންނަށް ވިސާދޫކުރުން ހުއްޓާލާފައިވާ ކަމަށް މީޑިއާގައި ދެކެވޭ ވާހަކަތަކާ ގުޅިގެން އެފަދަ ބަދަލެއް ގެނެސްފައި ނުވާ ކަމަށް އެ ގައުމުން ކަަށަވަރުކޮށްދީފައި ވާކަމަށެވެ.

Advertisement - newsAdvertisement

ފޮރިން މިނިސްޓްރީން މިހެން ބުނެފައި މި ވަނީ އިންޑިއާގެ ޓްރިވެންޑްރަމްގައި ދިރިއުޅޭ ދިވެހިންގެ ނަމުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމަށް އެޑްރެސްކޮށް ފޮނުވާފައިވާ ސިޓީއެއްގައި، ޑިޕެންޑެންޓް ވިސާ ދޫކުރުން ހުއްޓުވާފައިވާ ކަމަށް، އެ ވިސާ އާ ކުރުމަށް އެފްއާރުއާރުއޯ އޮފީހަށް ދިއުމުން ދިވެހިންނަށް އަންގަމުންދާ ކަމަށް ބުނެފައިވަނިކޮށެވެ.

ފެބުރުއަރީ މަހުގެ ކުރީކޮޅު ފޮނުވާފައިވާ އެ ސިޓީގައި ބުނެފައިވާ ގޮތުގައި، މިހާރު ޑިޕެންޑެންޓް ވިސާ ދޫކުރުން ހުއްޓާލާފައިވާ ކަމަށާއި، މުއްދަތު އޮތް ވިސާ ހަމަވުމުގެ ކުރިން އިންޑިއާ އިން ފުރުމަށް އެފްއާރުއާރުއޯ އިން އަންގަމުންދާ ކަމަށެވެ.

ނަމަވެސް ކިޔެވުމަށް މަދަރުސާ އަށް ދާ ކުދިންނަށް ސްޓޫޑެންޓް ވިސާ ކުރިން ދޫކުރަމުންދިޔަ ގޮތަށް ވިސާ ލިބޭނެ ކަމަށާއި އެގޮތުން ކިޔަވަން ތިބޭ ކުދިން ބޯޑިން ސްކޫލްގައި ބޭއްތިއްބުމަށް ފަހު ބެލެނެވެރިން ރާއްޖެ ފުރުމަށް އަންގަމުންދާ ކަމަށް ވެސް އެ ސިޓީގައި ބުނެފައި ވެއެވެ.

މީގެ ކުރިން ޑިސެމްބަރު މަހު ވެސް އިންޑިއާ އިން ވަނީ ވިސާ ދިނުމުގެ އުސޫލުތަކަށް ބަދަލެއް ނުގެންނަކަން ކަށަވަރުކޮށްދީފައެވެ.

ނަމަވެސް އިންޑިއާގެ ކެރެލާ ސްޓޭޓްގެ ޓްރިވެންޑްރަމްގައި އުޅޭ ދިވެހިންނަށް ވިސާގެ މައްސަލަ ދިމާވަމުން ދާކަަމުގެ ޝަކުވާ ލިބެމުންދެއެވެ.

އިންޑިއާގެ މައިސޫރާއި ބެންގަލޫރާއި، ޓްރިވެންޑްރަމްގައި ގިނަ އަދަދެއްގެ ދިވެހިން އުޅެމުންދާއިރު ވިސާގެ މައްސަލައިގައި ޝަކުވާ ލިބެމުންދަނީ ޓްރިވެންޑްރަމްގައި ދިރިއުޅޭ ފަރާތްތަކުގެ ކިބައިންނެވެ.

ދިވެހި ސަރުކާރުން ޑިމޮކްރަސީއާ ޚިލާފަށް ކުރަމުންދާ ކަންކަމުގެ ސަބަބުން އިންޑިއާ އިން ބަޔާންތައް ނެރެ ނުރުހުން ފާޅުކުރި ނަމަވެސް ރާއްޖެއަށް ދަތިކޮށް މިހާތަނަށް ރަސްމީކޮށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
17 ޖެނުއަރީ 2017

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017
ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް