Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމުހައްމަދު ސަލާހު

ސަލާހުއަކީ މެސީ ފެންވަރުގެ ކުޅުންތެރިޔެއް ނޫން: ކްލޮޕް

ސަލާހު ވަނީ މި ސީޒަނުގެ މިހާތަނަށް ޕްރިމިއާ ލީގުގައި 28 ލަނޑު ޖަހާފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 18 މާރިޗު 2018 | އާދީއްތަ 13:15
މުހައްމަދު ސަލާހު

މުހައްމަދު ސަލާހު

ލިވަޕޫލްއަށް ކުޅެމުން އަންނަ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހު އަކީ ލިއޮނެލް މެސީ ފެންވަރުގެ ކުޅުންތެރިޔެއް ނޫން ކަމަށް އެ ޓީމުގެ ކޯޗު ޔާގަން ކްލޮޕް ބުނެފިއެވެ.

ވޮޓްފޯޑާއި ދެކޮޅަށް ކުޅުނު މެޗުގައި ހަތަރު ލަނޑު ޖަހައި ސަލާހު ވަނީ މި ސީޒަނުގެ މިހާތަނަށް ޕްރިމިއާ ލީގުގައި 28 ލަނޑު ޖަހާފައެވެ. އޭނާއާ އެއް އަދަދަކަށް ޔޫރަޕުގެ ގަދަ ފަސް ލީގުގައި ކުޅެމުން އަންނަ އެއްވެސް ކުޅުންތެރިޔަކަށް ލަނޑު ޖެހިފައެއް ނުވެއެވެ. އިޓަލީގެ ރޯމާ ދޫކޮށް ލިވަޕޫލްއަށް ބަދަލުވުމަށް ފަހު ސަލާހު ދައްކަމުން އަންނަ މޮޅު ކުޅުމުގެ ސަބަބުން ސަލާހުއަކީ ބާސާގެ ފޯވާޑް ލިއޮނެލް މެސީއާ އެއް ފެންވަރުގެ ކުޅުންތެރިޔެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

އެހެން ނަމަވެސް ސަލާހުގެ ކޯޗު ކްލޮޕް ބުނީ މެސީއާ އަޅާ ކިޔޭނެ އެއްވެސް ކުޅުންތެރިޔަކު ނެތް ކަމަށާއި ސަލާހު އަކީ އެ ފެންވަރަށް ކުޅޭވޭނެ ކުޅުންތެރިޔެއް ކަމަށް ގަބޫލުކުރާ ކަމަށެވެ. އޭނާ ބުނީ މެސީގެ ކުޅުން އެއް ފެންވަރެއްގައި ހިފަހައްޓަމުން އަންނަތާ އެތަކެއް އަހަރުތަކެއް ވެފައިވާ ކަމަށާއި ޓީމެއްގެ ކުޅުމަށް އެހާ ބޮޑު ނުފޫޒެއް އެންމެފަހުން ފޯރުވި ކުޅުންތެރިޔަކީ ޑިއޭގޯ މަރަޑޯނާ ކަމަށް ގަބޫލުކުރާ ކަމަށެވެ.

ކްލޮޕް ބުނީ ސަލާހު ވެސް އަންނަނީ ވަރަށް މަތީ ފަންތިއެއްގެ ކުޅުމެއް ދައްކަމުން ކަމަށާއި ހުނަރު ލިބިފައިވާ ނަމަ އެ ހުނަރެއްގެ ބޭނުން ކުރަން ޖެހޭ ކަމަށެވެ. ކޮންމެ މެޗެއްގައި ވެސް ސަލާހު ވެސް އަންނަނީ މޮޅު ކުޅުމެއް ދައްކަމުން ކަމަށާއި ކޮންމެ މެޗެއްގައި ވެސް އެގޮތަށް އޭނާ ހިފަހައްޓާނަމަ ޓީމަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމަށް ގަބޫލުކުރާ ކަމަށް ކްލޮޕް ބުނެފައިވެއެވެ. ހަމައެހެންމެ ސަލާހު އާއެކު ކުޅުމަށް ޓީމުގެ އެހެން ކުޅުންތެރިން ވެސް ވަރަށް ބޭނުންވާ ކަމަށާއި އޭނާއަކީ ލިވަޕޫލްއަށް މިހާރު ވަރަށް މުހިންމު ކުޅުންތެރިޔެއް ކަމަށް ވެސް ކްލޮޕް ބުނެފައިވެއެވެ.

ސަލާހުއާ ގުޅޭގޮތުން އިތުރަށް ވާހަކަ ދައްކަމުން ކްލޮޕް ބުނީ މީހުންގެ ފާޑުކިޔުންތަކަށް އޭނާ ރައްދުދިނީ ހަތަރު ލަނޑާއެކު ކަމަށާއި މިއީ އާދައިގެ ކަމެއް ނޫން ކަމަށެވެ. އޭނާ ބުނީ އުނދަގޫ މެޗެއްގައި މޮޅު ކުޅުމެއް ސަލާހު ދައްކައިދިނުމުން ވެސް އަންގައިދެނީ އޭނާއަކީ ތަފާތު ކުޅުންތެރިޔެއްކަން ކަމަށެވެ. ހަމައެހެންމެ ދަނޑުގެ ހާލަތު އެހާ ރަނގަޅު ނޫން އިރު ވެސް އޭނާ ދެއްކި ހުނަރު ބަލައިގަންނަން ޖެހޭ ކަމަށް ވެސް ކްލޮޕް ބުނެފައިވެއެވެ.

ވޮޓްފޯޑާއި ދެކޮޅަށް ކުޅުނު މެޗުގައި ޖެހި ހަތަރު ލަނޑާއެކު ސަލާހު ވެގެން ގޮސްފައިވަނީ 2013 ވަނަ އަހަރު ނޯވިޗް ސިޓީ ކޮޅަށް ލުއިސް ސުއަރޭޒް ހަތަރު ލަނޑު ޖެހިފަހުން އެއް މެޗެއްގައި ހަތަރު ލަނޑު ޖެހި ލިވަޕޫލްގެ ފުރަތަމަ ކުޅުންތެރިޔާއަށެވެ. ހަމައެހެންމެ މިއީ ލިވަޕޫލްގެ ޖާޒީގައި އޭނާ ކާމިޔާބުކުރި ފުރަތަމަ ހެޓްރިކަށްވާއިރު މިހާތަނަށް އޭނާ ވަނީ މި ސީޒަނުގައި އެ ޓީމަށް 36 ލަނޑު ޖަހައިދީފައެވެ. އޭނާ ވެގެން ގޮސްފައިވަނީ ޕްރިމިއާ ލީގުގައި ހެޓްރިކްއެއް ހެދި މިސްރަށް ނިސްބަތްވާ ފުރަތަމަ ކުޅުންތެރިޔާއަށެވެ.

ސަލާހު އަންނަނީ މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. އޭނާއަށް މި ސީޒަނުގެ ޕީއެފްއޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބޭނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

އިތުރަށް ކިޔާލަން

09 މާރިޗު 2017

ޓީސީ އޮތް ފޯމާ ދޭތެރޭ ބެލުން މުހިންމެއް ނޫން: ފެސްކޯ

09 މާރިޗު 2017
ޓީސީ އޮތް ފޯމާ ދޭތެރޭ ބެލުން މުހިންމެއް ނޫން: ފެސްކޯ
08 މާރިޗު 2017

ސްކޫލް މުބާރާތުގައި ރެފްރީކަން ކުރާނީ ވޮލަންޓިއަރުން، މުސާރައަކަށް ނޫން: ލަތީފް

08 މާރިޗު 2017
ސްކޫލް މުބާރާތުގައި ރެފްރީކަން ކުރާނީ ވޮލަންޓިއަރުން، މުސާރައަކަށް ނޫން: ލަތީފް
02 މާރިޗު 2017

ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން

02 މާރިޗު 2017
ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން
26 ފެބުރުއަރީ 2017

މިދިޔައީ އުނދަގޫ ހާލަތަކަށް، ވިކްޓްރީ އަށް އަދި މިއީ ނިމުނީއެއް ނޫން: ސުޒޭން

26 ފެބުރުއަރީ 2017
މިދިޔައީ އުނދަގޫ ހާލަތަކަށް، ވިކްޓްރީ އަށް އަދި މިއީ ނިމުނީއެއް ނޫން: ސުޒޭން
25 ފެބުރުއަރީ 2017

ވިކްޓްރީގެ ކެޕްޓަން ބޭންޑް މެސީއަށް

25 ފެބުރުއަރީ 2017
ވިކްޓްރީގެ ކެޕްޓަން ބޭންޑް މެސީއަށް
25 ފެބުރުއަރީ 2017

މިއީ ފަސޭހަ ކޮށްލާނެ މެޗެއް ނޫން: ސުޒޭން

25 ފެބުރުއަރީ 2017
މިއީ ފަސޭހަ ކޮށްލާނެ މެޗެއް ނޫން: ސުޒޭން
21 ފެބުރުއަރީ 2017

މިއީ އުންމީދުކުރި ނަތީޖާއެއް ނޫން، ތިން ޕޮއިންޓް ހައްގު މެޗެއް ގެއްލުނީ: ފެސްކޯ

21 ފެބުރުއަރީ 2017
މިއީ އުންމީދުކުރި ނަތީޖާއެއް ނޫން، ތިން ޕޮއިންޓް ހައްގު މެޗެއް ގެއްލުނީ: ފެސްކޯ
05 ފެބުރުއަރީ 2017

ޕްރެޒިޑެންޓް ކަޕަކީ ބަޔަކު ވެލިއުކުރާ މުބާރާތެއް ނޫން: ސާންތި

05 ފެބުރުއަރީ 2017
ޕްރެޒިޑެންޓް ކަޕަކީ ބަޔަކު ވެލިއުކުރާ މުބާރާތެއް ނޫން: ސާންތި
25 ޖެނުއަރީ 2017

ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ

25 ޖެނުއަރީ 2017
ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ
07 ޖެނުއަރީ 2017

އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ

07 ޖެނުއަރީ 2017
އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު