ކ. މާލެ
|
18 މާރޗް 2018 | އާދީއްތަ 14:35
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު
ރާއްޖެ އެމްވީ
އުއްތަމަ ފަނޑިޔާރު
އުއްތަމަ ފަނޑިޔާރު ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފި
އުއްތަމަ ފަނޑިޔާރު ހައްޔަރު ކުރީ ފެބްރުއަރީ 5 ގައި
އުފުލާފައިވަނީ ދައުލަތުގެ މަސައްކަތަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ
ޕީޖީ އޮފީހުން ދައުވާ ކޮށްފައިވަނީ އަންގާރަ ދުވަހު

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފި އެވެ.

އުއްތަމަ ފަނޑިޔާރުގެ މައްޗަށް އުފުލާފައިވާ ދައުލަތުގެ މަސައްކަތަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާގެ އަޑު ކުރިއަށްގެންދަނީ  މެންދުރު 3:00 ގައެވެ.

ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތާއި ރިޝްވަތު ދިނުމާއި ހިފުމުގެ ތުހުމަތުގައި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުއާއި ރައީސް މައުމޫން އަބްދުލްގައްޔޫމް ހައްޔަރުކޮށްފައި ވާއިރު، ފުލުހުން ތުހުމަތުކުރާ ގޮތުގައި މި ތިން ބޭފުޅުން ވަނީ މައްސަލައާ ގުޅޭ ހެކި ނައްތާލާފައެވެ. އެކަމަށް ތުހުމަތުކޮށް، ހެކި ނައްތާލުމުގެ ދައުވާ ތިން ބޭފުޅުންގެ މައްޗަށް ކުރުމަށް ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހަށް މައްސަލަ ފޮނުވީ ފެބްރުއަރީ 28 ވަނަ ދުވަހުއެވެ.

އެ މައްސަލަ އިތުރު ކަންތައްތަކެއް ސާފުކުރުމަށް ޕީޖީ އޮފީހުން އެ މައްސަލަ އަނބުރާ ފުލުހަށް ފޮނުވާލި އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމަށްފަހު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ ފަސް ވަނަ ދުވަހު އެވެ.

މިއީ ދިވެހި ތާރީހުގައި އުއްތަމަ ފަނޑިޔާރެއްގެ ޝަރީއަތް ދަށު ކޯޓެއްގައި ހިންގާ ފުރަތަމަ ފަހަރެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
18 މާރޗް 2018 | އާދީއްތަ 12:14
ޢާށުމް
ތީ ޖޯކެއް