Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ޗެމްޕިއަންސް ލީގު: މެސީގެ 100 ވަނަ ލަނޑާ އެކު ބާސާ ކުއާޓާއަށް

15 މާރިޗު 2018 | ބުރާސްފަތި 11:38

ބާސާ ކުއާޓާއަށް ދަތުރުކުރީ 4-1 ގެ އެގްރިގޭޓް ނަތީޖާއަކުން ޗެލްސީ ބަލިކޮށްގެން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 15 މާރިޗު 2018 | ބުރާސްފަތި 11:38
މެސީ 100 ވަނަ ލަނޑު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ

މެސީ 100 ވަނަ ލަނޑު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ލިއޮނެލް މެސީ ކާމިޔާބުކުރި 100 ވަނަ ލަނޑާ އެކު ބާސެލޯނާ އިން ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

ބާސާ ކުއާޓާއަށް ދަތުރުކުރީ 4-1 ގެ އެގްރިގޭޓް ނަތީޖާއަކުން އިނގިރޭސި ޗެމްޕިއަނުން ކަމަށްވާ ޗެލްސީ ބަލިކޮށްގެންނެވެ. މި ދެ ޓީމު ޗެލްސީގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު 1-1 އިން އެއްވަރުވި އިރު ބާސާގެ ދަނޑުގައި ކުޅުނު ދެވަނަ ލެގުގެ މެޗު 3-0 އިން ކާމިޔާބުކުރީ ބާސާއެވެ. މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގައި ބެންޗެން ކުޅެން އެރި އުސްމާން ޑެމްބޭލޭ ބާސާގެ ފުރަތަމަ އެގާރާގައި ހިމެނިގެން ކުޅުނުއިރު ޗެލްސީގެ ފުރަތަމަ އެގާރައިން, އެ ޓީމާއި އަލަށް ގުޅުނު ފްރާންސްގެ ފޯވާޑް އޮލިވިއާ ޖިރޫއަށް ވަނީ ފުރުސަތު ދީފައެވެ.

ފުރަތަމަ ހާފު ފެށިގެން ބާސާއިން ވަނީ ޗެލްސީގެ ގޯލަށް ނުރައްކާކުރުމަށް މަސައްކަތްކޮށްފައެވެ. މެޗުގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ މެޗުގެ ތިންވަނަ މިނެޓުގައެވެ. ލުއިސް ސުއަރޭޒްގެ އެހީތެރިކަމާ އެކު ބާސާއަށް މި ލަނޑު ޖަހައިދިނީ މެސީއެވެ. މި ލަނޑަށްފަހު ޗެލްސީއިން ކުރިޔަށް ޖެހި ހަމަލާ އުފެއްދުމަށް މަސައްކަތްކުރިއިރު ބާސާގެ ޑިފެންސް ލައިނުން ވަނީ މި ހަމަލާތައް ހުއްޓުވާފައެވެ. ބާސާގެ ދެވަނަ ލަނޑު ކައުންޓާގައި މެސީ ތަނަވަސްކޮށްދިން ފުރުސަތަކުން މެޗުގެ 20 ވަނަ މިނެޓުގައި ޖަހައިދިނީ ޑެމްބޭލޭއެވެ. މި ހާފުގެ އެންމެ ފަހު މިނެޓުގައި ޗެލްސީގެ މާކޯސް އަލޮންސޯ ފޮނުވާލި ހަމަލާއެއް ބާސާގެ ގޯލުގެ ދަނޑިއަށް އަމާޒުވެފައިވެއެވެ.

ދެ ލަނޑުގެ ލީޑެއްގައި އޮވެ ބާސާއިން ފުރަތަމަ ހާފު ނިންމާލިއިރު ޗެލްސީ އިން ދެވަނަ ހާފު ފަށާފައި ވަނީ ވަރަގަދަކޮށެވެ. އެ ޓީމުން ވަނީ މި ހާފުގައި ބާސާގެ ގޯލަށް ފުލުފުލުގައި ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. ޗެލްސީއަށް އެ ޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފިފައިނުވާއިރު ބާސާއިން ވަނީ 63 ވަނަ މިނެޓުގައި އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު ވެސް ސުއަރޭޒްގެ އެހީތެރިކަމާއެކު ބާސާއަށް ޖަހައިދިނީ މެސީއެވެ. މިއީ ޗެމްޕިއަންސް ލީގުގައި މެސީ ކާމިޔާބުކުރި 100 ވަނަ ލަނޑެވެ. މި ހާފުގެ އެންމެ ފަހު މިނެޓުގައި ވެސް ޗެލްސީގެ ކުޅުންތެރިޔަކު ފޮނުވާލި ހަމަލާއެއް ބާސާގެ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައިވެއެވެ.

މި މެޗުގައި ޖެހި ދެ ލަނޑާ އެކު މެސީ ވަނީ އިނގިރޭސި ޓީމުތަކާއި ދެކޮޅަށް އެންމެ ފަހުން ކުޅުނު 18 މެޗުގައި 10 ލަނޑު ޖަހާފައެވެ. މި މެޗުގައި މެސީ ޖެހި ފުރަތަމަ ލަނޑަކީ އޭނާގެ ކެރިއަރުގައި ވެސް ޖެހި އެންމެ އަވަސް ލަނޑެވެ. ޗެމްޕިއަންސް ލިގުގައި މެސީ 100 ލަނޑު ހަމަކޮށްފައިވާއިރު އޭނާ އެ އަދަދު ހަމަކޮށްފައި ވަނީ ކްރިސްޓިއާނޯ ރޮނާލްޑޯއަށް ވުރެ 14 މެޗު މަދުން ކުޅެގެންނެވެ. ހަމައެހެންމެ މިއީ ބާސާ އިން ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ޖެހިޖެހިގެން ވާދަކުރާ 11 ވަނަ ސީޒަނެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާގައި ވާދަކުރާ ޓީމުތައް ކަށަވަރުވެފައިވާއިރު ކުއާޓާ ފައިނަލުގެ ގުރު ނެގުން އޮންނާނީ ހުކުރު ދުވަހުގެ ހަވީރުއެވެ. ބާސާގެ އިތުރުން ކުއާޓާއަށް ދަތުރުކޮށްފައި ވަނީ ބަޔާން މިއުނިކާއި ލިވަޕޫލް، ރެއާލް މެޑްރިޑް، ޔުވެންޓަސް އަދި މެންޗެސްޓާ ސިޓީ އަދި ރޯމާގެ އިތުރުން ސެވިއްޔާއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް