Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމުޒާހަރާ

މަސްވެރިކަން ކުރާ އޮޑިދޯނި ފަހަރުގައި އެއްވުންތަކަށް މާލެއަށް މީހުން އަންނާތީ ފިޝަރީޒް މިނިސްޓްރީން އިންޒާރު ދީފި

14 މާރިޗު 2018 | ބުދަ 07:13

ލައިސަންސް ބާތިލް ކުރާނެ ކަމުގެ އިންޒާރު ވަނީ ދީފަ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 14 މާރިޗު 2018 | ބުދަ 07:13
މަސްވެރިކަންކުރާ އޮޑި ދޯނި ފަހަރު

މަސްވެރިކަންކުރާ އޮޑި ދޯނި ފަހަރު

މިހާރު މާލޭގައި ކުރަމުންދާ އިހުތިޖާޖުތަކުގައި ބައިވެރިވުމަށް މަސްވެރިކަމަށް ބޭނުންކުރާ އޮޑިދޯނި ފަހަރުތަކުގައި ރާއްޖޭގެ ބައެއް ރަށްރަށުން މީހުން މާލެއަންނަމުންދާ ކަމަށް ބުނެ، ފިޝަރީޒް މިނިސްޓްރީން އިންޒާރު ދީފި އެވެ.

ސިޔާސީ ޕާޓީތަކާއެކު މަޝްވަރާ ކުރެއްވުމަށް ސަރުކާރުން ހަމަޖައްސާފައި ހުންނަވާ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީގެ އެ މިނިސްޓްރީން ބުދަ ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ލައިސަންސް ދިނުމާބެހޭ ގަވާއިދުގެ ދަށުން މަސްވެރިކަންކުރުމުގެ ލައިސަންސް ނަގައިގެން މަސްވެރިކަމުގައި ހަރަކާތްތެރިވަމުންދާ އުޅަނދު ފަހަރު، ރާއްޖޭގައި މިހާރު ހިނގަމުންދާ ބައެއް ހަމަނުޖެހުންތަކުގައި އަދި ޣައިރު ގާނޫނީ ބައެއް އެއްވުންތަކުގައި ހަރަކާތްތެރިވުމަށް މީހުން އުފުލުން ފަދަ ކަންކަން ކޮށްފައިވާ ކަމަށާއި އަދި ކުރުމަށް ތައްޔާރުވަމުންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެހެންކަމުން ލައިސަން ދިނުމާބެހޭ ގަވާއިދުގެ 16 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފިޝަރީޒް މިނިސްޓްރީން ވަނީ ދީފަ އެވެ.

އެގަވާއިދުގައި ބުނަނީ، އެ ގަވާއިދުގެ ދަށުން ލައިސަންސް ލިބިފައިވާ ފަރާތައް ނުވަތަ އެފަރާތުގެ އިރުޝާދުގެ މަތިން ހަރަކާތްތެރިވާ މުވައްޒަފަކު، އޭޖޭންޓަކު ނުވަތަ އެހެން މީހަކު، މިގަވާއިދުގެ ދަށުން ހިންގާ އެއްވެސް ކަމެއްކުރުމުގައި، ދިވެހިރާއްޖޭގެ އާއްމު މަސްލަހަތަށް ނުވަތަ ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ އެއްވެސްކަމެއް ކުރާނަމަ ނުވަތަ ކޮށްފިނަމަ ނުވަތަ ކުރުމަށް މަސައްކަތްކޮށްފިނަމަ، އެކަމެއްގެ ކުޑަބޮޑުމިނަށް ބަލާ، އެފަރާތަށް ދީފައިވާ ލައިސަންސް އަނބުރާ އަތުލުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވާ ކަމަށެވެ.

އެހެންކަމުން މިފަދަ ޣައިރު ގާނޫނީ ހަރަކާތްތަކަށް މަދަދުވެރިވުމުގެ ގޮތުން، މަސްވެރިކަންކުރުމުގެ ލައިސަންސް ހޯދާފައިވާ އުޅަނދުފަހަރު ބޭނުންކުރުމަކީ މަނާކަމެއްކަމުގައި އެންމެހާ އޮޑިވެރިންނަށާއި މަސްވެރިންގެ މައުލޫމާތަށްޓަކައި ދަންނަވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ނެރެފައިވާ ބަޔާނުގައި ވެއެވެ.

މިފަދަ ހަރަކާތްތަކުގައި މަސްވެރި އުޅަނދުފަހަރު ބޭނުންކޮށްފި ކަމުގައިވާނަމަ، މަސްވެރިކަންކުރުމަށް މިނިސްޓްރީގެ ފަރާތުން ދޫކޮށްފައިވާ ލައިސަންސް ބާޠިލްކޮށް، އެފަދަ އުޅަނދުފަހަރާމެދު ހަރުކަށި ފިޔަވަޅު އަޅާނެކަމުގައި އެންމެހާ ފަރާތްތަކަށް ދަންނަވާކަމަށް ވެސް ފިޝަރީޒް މިނިސްޓްރީން ނެރެފައިވާ ބަޔާނުގައި ބުނެފައި ވެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

18 އޮކްޓޯބަރު 2017

ދެމެހެއްޓެނިވި މަސްވެރިކަން ޕްރޮމޯޓް ކުރުމަށް މިނިސްޓަރު ޝައިނީ ގޮވާލައްވައިފި

18 އޮކްޓޯބަރު 2017
ދެމެހެއްޓެނިވި މަސްވެރިކަން ޕްރޮމޯޓް ކުރުމަށް މިނިސްޓަރު ޝައިނީ ގޮވާލައްވައިފި
12 އޮކްޓޯބަރު 2017

ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި 432 އުޅަނދުން ވަގަށް މަސްވެރިކަން ކުރި: ދިރާސާ

12 އޮކްޓޯބަރު 2017
ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި 432 އުޅަނދުން ވަގަށް މަސްވެރިކަން ކުރި: ދިރާސާ
25 ސެޕްޓެމްބަރު 2017

ނިސްބަތުން ރަށްރަށުގައި ޖީއެސްޓީ ބޮޑުކޮށް ނަގާއިރު އަސާސީ ޚިދުމަތްތަކުގެ އަގު މާލެއަށް ވުރެ ބޮޑުވެގެން ނުވާނެ: ރޮޒައިނާ

25 ސެޕްޓެމްބަރު 2017
ނިސްބަތުން ރަށްރަށުގައި ޖީއެސްޓީ ބޮޑުކޮށް ނަގާއިރު އަސާސީ ޚިދުމަތްތަކުގެ އަގު މާލެއަށް ވުރެ ބޮޑުވެގެން ނުވާނެ: ރޮޒައިނާ
23 އޯގަސްޓު 2017

ކުރިއަށް އޮތް ދެ ދުވަހުވެސް މެދުރާއްޖެތެރެއާއި މާލެއަށް އުދައަރާނެ!

23 އޯގަސްޓު 2017
ކުރިއަށް އޮތް ދެ ދުވަހުވެސް މެދުރާއްޖެތެރެއާއި މާލެއަށް އުދައަރާނެ!
18 އޯގަސްޓު 2017

އިންޑިއާ ކަނޑުގެ މަސްވެރިކަން މެނޭޖްކުރާނެ ގޮތަކާ މެދު މަޝްވަރާ ބައްދަލުވުމެއް ރާއްޖޭގައި ބާއްވައިފި

18 އޯގަސްޓު 2017
އިންޑިއާ ކަނޑުގެ މަސްވެރިކަން މެނޭޖްކުރާނެ ގޮތަކާ މެދު މަޝްވަރާ ބައްދަލުވުމެއް ރާއްޖޭގައި ބާއްވައިފި
02 ޖުލައި 2017

ކޮޅިގަނޑުގައި މާބައިދޫ އާއި ކިނބިދޫގެ އޮޑިދޯނިފަހަރަށް ގެއްލުންތަކެއް ލިބިއްޖެ

02 ޖުލައި 2017
ކޮޅިގަނޑުގައި މާބައިދޫ އާއި ކިނބިދޫގެ އޮޑިދޯނިފަހަރަށް ގެއްލުންތަކެއް ލިބިއްޖެ
28 ޖޫން 2017

މާލެއަށް ވަރަށް ބޮޑަށް އުދައަރަން ފަށައިފި

28 ޖޫން 2017
މާލެއަށް ވަރަށް ބޮޑަށް އުދައަރަން ފަށައިފި
01 ޖޫން 2017

ވިއްސާރައިގައި މާލެއަށް ބައެއް ގެއްލުންތައް ވެއްޖެ

01 ޖޫން 2017
ވިއްސާރައިގައި މާލެއަށް ބައެއް ގެއްލުންތައް ވެއްޖެ
21 މެއި 2017

މާލެއަށް ކުރި ވިއްސާރައިގައި ބޮޑު ދިދަ ހަލާކުވެ، ދިދަ ބާލައިފި

21 މެއި 2017
މާލެއަށް ކުރި ވިއްސާރައިގައި ބޮޑު ދިދަ ހަލާކުވެ، ދިދަ ބާލައިފި
05 މެއި 2017

މީހެއް މަރުވުމުން މޫނު ބަލަން ހުޅުމާލެއަށް ދާންޖެހޭ ސަރުކާރުން ރަގަޅަށް ކޮށްދޭނީ ކޮންކަމެއް: މާރިޔާ

05 މެއި 2017
މީހެއް މަރުވުމުން މޫނު ބަލަން ހުޅުމާލެއަށް ދާންޖެހޭ ސަރުކާރުން ރަގަޅަށް ކޮށްދޭނީ ކޮންކަމެއް: މާރިޔާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް