ކ. މާލެ
|
12 މާރޗް 2018 | ހޯމަ 11:01
ފިޝަރީސް މިނިސްޓަރ ޑރ މުހައްމަދު ޝައިނީ
ފިޝަރީސް މިނިސްޓަރ ޑރ މުހައްމަދު ޝައިނީ
އަޒުމޫން އަހުމަދު
ސިޔާސީ ޕާޓީތަކުގެ މަޝްވަރާ
އދ އާއިއެކު މަޝްވަރާތަކަށް ދިއުމަށް ސަރުކާރުން އޮތީ ތައްޔާރަށް: ޝައިނީ
މަޝްވަރާތައް ނުފެށެނީ އިދިކޮޅު ފަރާތްތަކުގެ ސަބަބުން
ޚިޔާލުތަފާތުވުންތަކާ އެކުވެސް މަޝްވަރާ ކުރަން ތައްޔާރު
އދ އާއި އެކު މަޝްވަރާއަށް އެއްވެސް ހުރަހެއް ނެތް

އދ އާއި އެކު މަޝްވަރާތަކަށް ދިއުމަށް ސަރުކާރުން ތައްޔާރަށް އޮތް ކަމަށް ފިޝަރީސް މިނިސްޓަރ އަދި ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގެ ޗެއަރމަން ޑރ މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންޕްރެންސްގައި ވާހަކަދައްކަވަމުން މިނިސްޓަރ ޝައިނީ ވިދާޅުވީ، ސަރުކާރުން މީގެ ކުރިންވެސް އދއާއި އެކު ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާނެ ކަމަށާއި، މަޝްވަރާތައް ނުފެށިފައި ވަނީ އިދިކޮޅު ޕާޓީތަކުގެ އިހްލާސްތެރިކަން ނެތުމުން ކަމަށެވެ.

ޝައިނީ ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި، އދ އިން ބައިވެރިނުކުރާނެކަން މީގެ ކުރިން ހާމަކޮށްފައި ނުވާނެ ކަމަށާއި މަޝްވަރާތައް އދ އާއި އެކު ކުރިއަށް ގެންދިއުމަށް ސަރުކާރުން ތައްޔާރަށް އޮތް ކަމަށެވެ.

ޝައިނީ ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ޝަރުތުތަކެއް ކަނޑައަޅައިގެން މަޝްވަރާތަކެއް ކުރުމަށް ގޮވާލާފައިވާ އިރު ސަރުކާރަށް ބާރު ނުފޯރުވޭ ކަންކަން ޝަރުތުތަކެއްގެ ގޮތުގައި ކަނޑައެޅި ނަމަވެސް އެކަންކަން ނުކޮށްދެވޭނެ ކަމަށެވެ. އެގޮތުން ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކަށް ސަރުކާރަށް ބަދަލު ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝައިނީ ވިދާޅުވީ، ސަރުކާރުން ހައްލު ކުރަންޖެހޭ އެއްވެސް ކަމެއް އިދިކޮޅު ފަރާތްތަކަށް މިހާތަނަށް ދެއްކިފައިނުވާ ކަމަށާއި ސަރުކާރުގެ މައްސަލަތަކެއް ހުރި ކަމަށްވާނަމަވެސް އެކަންކަން ހައްލު ކުރުމަށް މަޝްވަރާގެ މޭޒަށް އަންނަން ޖެހޭ ކަމަށެވެ.

ސަރުކާރުން އެންމެ ފުރަތަމަ މަޝްވަރާތަކަށް ގޮވާލައްވާފައިވަނީ 2015 ވަނަ އަހަރެވެ. އަދި މިއީ މަޝްވަރާތަކަށް ދައުވަތު ދިން 12 ވަނަ ފަހަރު ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް