Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފަލަ ސުރުޚީ

އިތުރު ފުލުހުން ހައްޔަރު ނުކުރާނެ ކަމުގެ ޔަޤީންކަމެއް ނޯންނާނެ: ހިސާން

އިންޓަލިޖެންސް ރިޕޯޓަކީ ހެއްކެތް ނޫން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 11 މާރިޗު 2018 | އާދީއްތަ 18:56
ހިސާން ރާއްޖެ ޓީވީގެ ފަލަ ސުރުޚީގައި

ހިސާން ރާއްޖެ ޓީވީގެ ފަލަ ސުރުޚީގައި

ޤާނޫނު ނަގަހައްޓަން މަސައްކަތް ކުރީތީ ފުލުހުންގެ ތެރެއިން ބަޔަކު ހައްޔަރުކޮށްފައިވާއިރު ހައްޔަރު ނުކޮށްތިބި ފުލުހުންނަށްވެސް އެމީހުން ހައްޔަރު ނުކުރާނެ ކަމުގެ އެއްވެސް ޔަޤީންކަމެއް ނޯންނާނެ ކަމަށް މަޝްހޫރު ޤާނޫނީ ވަކީލް ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީން އާދީއްތަ ދުވަހުގެރޭ ގެނެސްދިން ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހިސާން ވިދާޅުވީ ރައީސް ޔާމީންނަށް ސުޕްރީމް ކޯޓަށް އެއްވެސް އެއްޗެއް ނޭންގޭނެ ކަމަށާއި ވަކި ކަމެއް ވަކި ގޮތަކަށް ކުރުމަށް ސުޕްރީމް ކޯޓަށް ރައީސް ޔާމީނަށް ނޭންގޭނެކަމަށެވެ.

Advertisement - newsAdvertisement

ހިސާން ވިދާޅުވީ ސަރުކާރުގެ ސިޓީ ބިޓީ ފޮނުވާ ނިޒާމަށް ޢަމަލް ކުރުމަކީ ޖުޑިޝަރީއަށް ލާޒިމް ކަމެއް ނޫން ކަމަށާއި އެއީ މުޅިން ވަކި ބާރެއް ކަމަށެވެ. އެހެންކަމުން އެފަދަ ނިޒާމެއްގެ ބޭނުން ހިފުމަކީ ސުޕްރީމް ކޯޓުގެ އަމިއްލަ ކަމެއްކަމަށް ހިސާން ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާއަށް ވެސް ސުޕްރީމް ކޯޓަށް މައްސަލައެއް ނުވަތަ ސިޓީއެއް ވިއަސް ހުށަހެޅުއްވޭނީ ޢާއްމު މީހާއެކޭ އެއްގޮތަށް ސުޕްރީމް ކޯޓުގެ ރިސެޕްޝަން މެދުވެރިކޮށް ކަމަށްވެސް ހިސާން ވިދާޅުވިއެވެ.

އެސްއޯއީގެ ދަށުން ހައްޔަރުކޮށްފައިވާ ސިޔާސީ އިސްބޭފުޅުންނާ ގުޅޭ ގޮތުން ހޯދާފައިވާ ކަމަށް ފުލުހުން ބުނާ ހެކިތަކާ ގުޅޭގޮތުން ހިސާން ވިދާޅުވީ މިފަހަކަށް އައިސް ސިޔާސީ މީހުންނާމެދު ތަހުގީގް ކުރުމަށާއި ހެއްކެތްގެ ގޮތުގައި ބޭނުން ކުރަނީ އިންޓަލިޖެންސް ރިޕޯޓް ކަމަށާއި އެހެންނަމަވެސް އެރިޕޯޓަކީ ދުނިޔޭގެ އެއްވެސް ތަނެއްގައި ހެތްކެތްގެ ގޮތުގައި ބަލައިގަންނަ އެއްޗެއް ނޫން ކަމަށެވެ. ސަބަބކީ އިންޓަލިޖެންސް ރިޕޯޓަކީ އެހަދާ މީހަކަށް ފެންނަ ޚިޔާލީ ކަންތައްކެއްގެ މައްޗަށް ބިނާކޮށް ޚިޔާލީ ވާހަކައަކަށްވުން ކަމަށް ހިސާން ވިދާޅުވިއެވެ.

އޭގެ އިތުރުން މިފަދަ މައްސަލަތުކުގައި އަބަދު ސިއްރު ހެކިން ތިއްބަވަން ޖެހެނީ ކީއްވެތޯ ސުވާލު އުފައްދަވަމުން ހިސާން ވިދާޅުވީ އުސޫލެއްގެ ގޮތުން ކޯޓެއްގެ ހެކި ބަސް ދޭ މީހެއް ދައްކާ ވާހަކަތަކަކީ ތެދުވެރިޔަކު ދައްކާ ވާހަކައަކަށް ވާން ޖެހޭ ކަމަށާޢި ކޮރަޕްޝަންގެ ތުހުމަތު ކުރެވިފައިވާ މީހުންނަކީ ޝަރުއީ ގޮތުން ހެއްކެކަށް ވެސް ނުފެދޭ ބަޔެއްކަމަށެވެ. ނަމަވެސް ސޯޝަލް މީޑިޔާގެ ޒަރީއާއިން އެނގޭގޮތުގައި ހެކިދޭ މީހުންނަކީ އެފަދަ ހެއްކެތް ދެވިދާނެ ބައެއް ނޫންކަމަށް ހިސާން ވިދާޅުވިއެވެ.

"އެ ވިދާޅުވާ ކިތާބީ ހެއްކެއް ނެތް. ބައެއް މީހުން ބަންދުކޮށްފައި ތިބީ ވެސް ހެކި ބަސް ނުދީގެން. ފުލުހުން ބޭނުންވާ ގޮތަށް ހެކި ބަސް ދިނީމަ ބަންދުން ދޫކޮށްލާ. މި މައްސަލައިގެ ތަހުގީގު މިދަނީ ގާނޫނީ ގޮތުން އެއްވެސް ކަހަލަ ސައްހަކަމެއް ލިބޭ ގޮތަކަށް ނޫން." ހިސާން ވިދާޅުވިއެވެ.

ޤާނޫން އަސާސީއާ ޚިލާފަށް ކުރާ ތަހުގީގެއްކަމަށް ވިދާޅުވެ ބައެއް ލީޑަރުން ތަހުގީގަށް އެއްބާރުލުން ނުދެއްވާކަމަށް ދެކެވޭ ވާހަކައަށް އިޝާރާތް ކުރައްވާ ހިސާން ވިދާޅުވީ ގާނޫނުއަސާސީއާ ހިލާފަށް ހިންގާ އެއްވެސް އަމަލަކަށް ރައްޔިތުން އެއްބާރުލުން ދެއްވަން ނުޖެހޭނެ ކަމަށެވެ. އަދި ހުކުމެއް ތަންފީޒުކުރަން އުޅުމުން ފުލުހުންގެ ބަޔަކު ކުށްވެރިވުން މިއީ ދުނިޔޭގައި ފުރަތަމަ ފަހަރަށް ވީ ކަމެއް ކަމަށާއި ސުޕްރީމް ކޯޓުގެ ހުކުމެއް ބަލަގަތުމާއި ނުގަތުން އެއީ އެއްވެސް މީހަކަށް ލިބިފައިވާ ހައްގެއް ނޫން ކަމަށެވެ. އެހެންކަމުން މިހާރު ތިއްބެވި ފުލުހުންވެސް ވިސްނަވަން ޖެހޭ ކަމަށާއި ހައްޔަރު ނުކޮށްތިބި އެއްވެސް ފުލުހަކަށް އެމީހާ ހައްޔަރު ނުކުރާނެ ކަމުގެ ޔަޤީންކަމެއް ނޯންނާނެކަމަށް ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ ސަލާމަތީ ޚިދުމަތްތަކަށް އޮތީ ޤާނޫން ނެގެހެއްޓުން ކަމަށާއި ކޮށްފައިވާ ހުވާގައިވެސް ބުނެފައިވަނީ އެވާހަކަ ކަމަށެވެ.

" ގާނޫނާ ހިލާފު އަމުރުތަކަށް ތަބާ ނުވުމަށް ލާޒިމުކުރޭ. ސަލާމަތީ ހިދުމަތްތަކުގައި ތިއްބަވާ ބޭފުޅުން މިކަމާ މެދު ވިސްނަވަން ޖެހޭ. މިހާރު ހައްޔަރު ނުކޮށް ތިއްބެވި ބޭފުޅުންގެ ސަލަމާތާއި ރައްކާތެރިކަން ކަށަވަރުނުވޭ. ސަލާމަތީ ހިދުމަތްތަކުން މަސައްކަތްކުރައްވަން ޖެހޭނީ ގާނޫނު އަސާސީ ހިމާޔަތްކުރުމަށް." ހިސާން ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު