Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެންސީޓީސީ

ދިވެހި ދިދަ ނެގި ތެޔޮ ޓޭންކަރުގެ މައްސަލައަކީ ބައެއްގެ ބޮޑު ރޭވުމެއް: އާދަމް ޝަރީފު

11 މާރިޗު 2018 | އާދީއްތަ 12:02

މިކަން ފުލުހުންދަނީ ބަލަމުން

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 11 މާރިޗު 2018 | އާދީއްތަ 12:02
އެންސީޓީސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

އެންސީޓީސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ވަނިކޮށް، ދިވެހި ދިދަ ނެގި ބޯޓެއް އުތުރު ކޮރެއާގެ ބޯޓަކާ މުއާމަލާތްކުރުމަކީ ބައެއްގެ ބޮޑު ރޭވުމެއް ކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ (އެންސީޓީސީ) އިން ބޭއްވި ޕްރެސް ކޮންފްރެންސްގައި މިނިސްޓަރ ޝަރީފު ވިދާޅުވީ، މިދުވަސްވަރު ރާއްޖޭގައި ހިނގަމުންދާ ކަންކަމާއި މި ބޯޓުގެ މައްސަލައާއި ގުޅުންތަކެއް އެބަ ހުރި ކަމަށާއި މިކަމަކީ ވަރަށް ބޮޑަށް ރާވައިގެން ހިންގާފައިވާ ބޮޑު ކުށެއް ކަމަށެވެ.

Advertisement - newsAdvertisement

އުތުރު ކޮރެއާގެ "ޗޮން މާ ސަން" ނަމަކަށް ކިޔާ އުޅަނދާއި "ޝިން ޔުއާން 18" ނަމަކަށް ކިޔާ ރާއްޖޭގެ ދިދަ ނަގާފައިވާ ކަމަށް ބުނާ އުޅަނދުން ކަނޑުމަތިން މުއާމަލާތްތަކެއް ހިންގި ކަމަށް ބުނެ ޖަޕާނު ސަރުކާރުން ވަނީ މި މައްސަލަ ފެންމަތިކޮށްފަ އެވެ.

" މި ބޯޓުގެ މައުލޫމާތުތައް ކުރިން އެއްވެސް ވަރަކަށް ލިބިފައެއް ނުވޭ. އަޅުގަނޑުމެންނަށް މިކަން އެނގުނީ ޖަޕާނުން ރިޕޯޓް ކުރަމުން. މި މައްސަލަ ފުލުހުން ބަލަމުންދާ އިރު ބޯޓުގެ މައްސަލައަކީ ބައިނަލްއަގްވާމީ މުއައްސަސާތަކެއް ގުޅިގެން ކުރެވިގެންދާ ތަހުގީގެއް ކަމަށް އަޅުގަނޑުމެންނަށް އެންޑޯޒް ކުރެވިފައި މިވަނީ،" އާދަމް ޝަރީފު ވިދާޅުވި އެވެ.

މި މައްސަލައިގައި އެންސީޓީސީ އިން ބައިވެރިވަނީ ދިވެހި ގައުމަށް ނުރައްކާވާ ހިސާބުން ކަމަށާއި އެހެން ނަމަވެސް މިކަމާ ގުޅޭ އެހެން މައްސަލަތައް ބަލާނީ ފުލުހުންގެ މުއައްސަސާއިން ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި މި މައްސަލައާ ގުޅޭ މައުލޫމާތުތައް ހިއްސާ ކުރުމުގައި އެންސީޓީސީގެ ދައުރު އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، އެންސީޓީސީ އިން ކުރަމުންދާ މަސައްކަތުން ރާއްޖެއާ މެދު ކުރިން ގައުމުތަކުން ދެކެމުން އައި ގޮތް ބަދަލު ކުރެވިފައިވާ ކަމަށެވެ. އެގޮތުން ރާއްޖެއަކީ ހައްދުފަހަނަ އަޅާފައިވާ ފިކުރުތައް ޕްރޮމޯޓްކުރާ ގައުމެއްގެ ގޮތުގައި އޮތް ނަމަވެސް، ގިނަ ގައުމުތަކުން ރާއްޖެއަކީ ދީނީ ގޮތުން މެދުމިނަށް ތާއީދު ކުރާ ގައުމެއްކަން އެނގޭނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މި ޕްރެސް ކޮންފްރެންސްގައި ވާހަކަދައްކަވަމުން ބްރިގޭޑިއަ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވީ، އެންސީޓީސީ އިން ބޭރުގެ އެކި ފަރާތްތަކާ ގުޅިގެން މުހިއްމު ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި ކުރާ މަސައްކަތުގެ ނަތީޖާ ވަރަށް ރަގަޅަށް ފެންނަ މުންދާ ކަމަށެވެ.

"ރާއްޖޭގެ ސަލާމަތަށް ގިނަ މަސައްކަތްތަކެއް މިއަހަރުވެސް ދަނީ ކުރަމުން. ރާއްޖޭގެ ސުލްހަވެރިކަން ދެމެހެއްޓުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން." ޒަކަރިއްޔާ މަންސޫރު ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް