Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތެޔޮ ޓޭންކަރު މައްސަލަ

ތެޔޮ ޓޭންކަރު މައްސަލާގައި ހައްޔަރުކުރި ފަހުމީގެ މައްޗަށް ވެސް ސަރުކާރު ވައްޓަލަން އުޅުމުގެ ތުހުމަތު ކޮށްފި

10 މާރިޗު 2018 | ހޮނިހިރު 08:34

ފަހުމީގެ މައްޗަށް ކުރާ ތުހުމަތުތައް: ސައްހަ ލިޔުމަށް ބަދަލުގެނައުމާއި، އެހަދާ ނަކަލު ކުރުމު

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 10 މާރިޗު 2018 | ހޮނިހިރު 08:34
ޓޭންކަރުގެ މައްސަލާގައި ހައްޔަރުކޮށްފައިވާ އަބްދުﷲ ފަހުމީ

ޓޭންކަރުގެ މައްސަލާގައި ހައްޔަރުކޮށްފައިވާ އަބްދުﷲ ފަހުމީ

އުތުރު ކޮރެއާގެ "ޗޮން މާ ސަން" ނަމަކަށް ކިޔާ އުޅަނދާއި "ޝިން ޔުއާން 18" ނަމަކަށް ކިޔާ ރާއްޖޭގެ ދިދަ ނަގާފައިވާ ކަމަށް ބުނާ އުޅަނދުން ކަނޑުމަތިން މުއާމަލާތްތަކެއް ހިންގި ކަމަށް ބުނާ މައްސަލާގައި ދިވެހި ފުލުހުން ހައްޔަރުކޮށްފައިވާ ގދ. މަޑަވެލި އަރިނަގާގެ، އަބްދުﷲ ފަހުމީގެ މައްޗަށް ވެސް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ވައްޓާލަން އުޅުމުގެ ކުށުގެ ތުހުމަތު ކޮށްފި އެވެ.

ފަހުމީގެ މައްޗަށް ކުރާ ތުހުމަތުގައި ވަނީ ހައްޔަރު ކޮށްފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކަމަށާއި ކުރާ ތުހުމަތަކީ ގާނޫނީ ގޮތުން އެފެދިފައިވާ ސަރުކާރު ގާނޫނާ ހިލާފަށް ވައްޓާލުމަށްޓަކައި އެކިއެކި ފަރާތްތަކަށް ފައިސާ ދިނުން ކަމަށް ފަހުމީގެ މައްޗަށް ކޮށްފައިވާ ތަހުގީގު ހިންގާ ފޯމްގައި ވެއެވެ.

Advertisement - newsAdvertisement

މީގެ އިތުރުން، ސައްހަ ލިޔުމަށް ބަދަލުގެނައުމާއި، އެހަދާ ނަކަލު ކުރުމުގެ ކުށުގެ ތުހުމަތާއި އޮޅުވާލުމުގެ ކުށުގެ ތުހުމަތާއި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގެ ކުށުގެ ތުހުމަތުވެސް ފަހުމީގެ މައްޗަށް ކުރެއެވެ.

ފަހުމީގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކާއި ގުޅިގެން ތަހުގީގު ހިންގާ ފޯމްގައި ބުނެފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ނަމުގައި ސައްހަ ނޫން ޑޮކިއުމަންޓްތަކެއް ތައްޔާރުކޮށް އެ އޮތޯރިޓީގެ ނަމުގައި ތައްގަނޑު ހަދައި، އަދި އެތައްގަނޑު ބޭނުން ކުރުމަށްފަހު އެއޮތޯރިޓީގައި ކުރިން މަސައްކަތްކުރި އިސްފަރާތެއްގެ ނަމުގައި އީމެއިލްއެއް ހަދައި، އެ އީމެއިލް ބޭނުންކޮށްގެން އިންޓަރނޭޝަނަލް މެރިޓައިމް އޮގަނައިޒޭޝަން (އައިއެމްއޯ)އަށް ސައްހަ ނޫން އީމެއިލްތަކެއް ފޮނުވައި، ރާއްޖޭގައި އެއްވެސް އިރެއްގައި ރަޖިސްޓްރީ ކޮށްފައިނުވާ ބޯޓަކަށް ސައްހަ ނޫން ކޯލްސައިންތަކެެއް ހަދައި، އެބޯޓުގައި ދިވެހިރާއްޖޭގެ ދިދަ ބޭނުންކޮށްގެން ޓެރެރިޒަމަށް މަގުފަހިވާފަދަ އަމަލުތަކެއް ހިންގާފައިވާ ކަމަށެވެ.

ފަހުމީ ހައްޔަރުކޮށްފައި ވަނީ ހައްޔަރުކުރީ މިމަހުގެ ފަސް ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި މާލެއިން ކަމަށް މައުލޫމާތު ލިބެއެވެ.

ދިވެހި ދިދަ ނަގާފައިވާ ތެޔޮ ޓޭންކަރަކުން، އުތުރު ކޮރެއާގެ ތެޔޮ ޓޭންކަރަކާ އެކު މުއަމަލާތްތަކެއް ހިންގިކަން ފަޅާއަރުވާލީ ޖަޕާނުގެ ފޮރިން މިނިސްޓްރީ އިންނެވެ. ޖަޕާނުގެ ފޮރިން މިނިސްޓްރީގެ ވެބްސައިޓުގައިވާ ގޮތުގައި، ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ތެޔޮ ޓޭންކަރެއް ކަމަށްވާ 'ޝިން ޔުއާން 18' އާއި އުތުރު ކޮރެއާގެ ތެޔޮ ޓޭންކަރެއް ކަމަށްވާ 'ޗޮން މާން ސަން' ފެނުނީ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުގެ ރޭ ދަންވަރު، ޝަންހާއީގެ އިރުން 250 ކިލޯމީޓަރު ބޭރުން އުތުރު ޗައިނާ ކަނޑުގެ ސަރަހައްދުންނެވެ.

ޖަޕާނުގެ ފޮރިން މިނިސްޓްރީ އިން ބުނާ ގޮތުގައި، އެގައުމުގެ މެރިޓައިމް ސެލްފް ޑިފެންސް ފޯސްގެ ވައިގެ ސިފައިންނަށް ދެ އުޅަނދު ފެނުނީ އެކަތި އަނެކަތީގައި ބަނދެލަައިގެން އޮވެ، ބޮކިތައް ދިއްލައިގެން، ޝައްކުކުރެވޭ ފަދަ މުއާމަލާތްތަކެއް ހިންގާ ފަދަ ގޮތަކަށެވެ.

ދިވެހި ދިދަ ނަގާފައިވާ ޓޭންކަރަކީ ރައީސް އަބްދުﷲ ޔާމީންއާއި ގާތް ގުޅުމެއް އޮންނަކަމަށް ސޯޝަލް މީޑިއާގައި ވާހަކަ ދެކެވޭ، އެމްއެންޑީއެފްގެ ކުރީގެ ކާނަލް މުހައްމަދު ޒިޔާދުގެ ގްރީން ބޮކްސް ކުންފުންޏަށް ނިސްބަތްވާ ޓޭންކަރެއް ކަމަށެވެ. އަދި އެ ޓޭންކަރާއި މާލޭގެ ގޯއްޗެއް މޯގޭޖް ކުރުމަށް ފަހު 4.5 މިލިއަން ޑޮލަރުގެ ލޯނެއް ނަގާފައިވާ ކަމަށް ބުނާ ވާހަކަތަކެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އެ ވާހަކަތަކާ ގުޅިގެން، ރާއްޖެއެމްވީ އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޒިޔާދު ވިދާޅުވީ އެ ޓޭންކަރަކީ އޭނާގެ ކުންފުންޏާ އެއްވެސް ގުޅުމެއް އޮންނަ ޓޭންކަރެއް ނޫން ކަމަށެވެ. އަދި އެއްވެސް ލޯނެއް ވެސް އެފަދަ އިން ނަގާފައި ނުވާނެ ކަމަށް ޒިޔާދު ވިދާޅުވިއެވެ.

'ޝިން ޔުއާން 18' ނަމަކަށް ކިޔާ، ރާއްޖޭގެ ދިދަ ނަގާފައިވާ ކަމަށް ބުނާ އުޅަނދަކާއި، އުތުރު ކޮރެއާގެ އުޅަނދަކާ ދެމެދު ކަނޑުމަތީގައި މަނާކުރެވިފައިވާ މުއާމަލާތްތަކެއް ހިންގި ކަމަށް ބުނެ ފަތުރަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށާއި، ދިވެހިންގެ އިއްޒަތް ނަގާލުމަށް މަސައްކަތްކުރާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ރައީސް އޮފީހުން ނެރުނު ބަޔާނެއްގައިވާ ގޮތުގައި، ދިވެހި ރާއްޖޭގެ ދިދަ ނަގާފައިވާ ކަމަށް ބުނާ 'ޝިން ޔުއާން 18' ނަމަކަށް ކިޔާ އުޅަނދަކީ އެއްވެސް ޒަމާނެއްގައި ދިވެހި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދެއް ނޫނެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ސީއެންއެންގެ އެޑިޓަރ ހައްޔަރުކުރި މައްސަލަ ކޯޓަށް ހުށަހަޅައިފި

06 ފެބުރުއަރީ 2017
ސީއެންއެންގެ އެޑިޓަރ ހައްޔަރުކުރި މައްސަލަ ކޯޓަށް ހުށަހަޅައިފި
02 ފެބުރުއަރީ 2017

ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި

02 ފެބުރުއަރީ 2017
ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި
30 ޖެނުއަރީ 2017

ކާނަލް ނާޒިމް މައްސަލާގައި އދ. ގެ ނިންމުން ބަލައެއް ނުގަންނަން: ސަރުކާރު

30 ޖެނުއަރީ 2017
ކާނަލް ނާޒިމް މައްސަލާގައި އދ. ގެ ނިންމުން ބަލައެއް ނުގަންނަން: ސަރުކާރު
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
26 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް