Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުއްލި ނުރައްކަލުގެ ހާލަތު

ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށް 41 ގައުމަކުން ގޮވާލައިފި

8 މާރިޗު 2018 | ބުރާސްފަތި 17:03

ކުއްލި ނުރައްކަލުގެ ހާލަތު ސުލްހަވެރިކަމާއެކު އުވާލުމަށް ގޮވާލާފައިވޭ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 8 މާރިޗު 2018 | ބުރާސްފަތި 17:03
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ފުލުހުން ކުރިޔަށްގެންދާ ހާއްސަ އޮޕަރޭޝަންގެ ތެރެއިން

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ފުލުހުން ކުރިޔަށްގެންދާ ހާއްސަ އޮޕަރޭޝަންގެ ތެރެއިން

ރާއްޖޭގައި މިހާރު އިއުލާނު ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށް 41 ގައުމަކުން ގޮވާލައިފިއެވެ.

ސްވިޓްޒަލޭންޑުގެ ޖެނީވާގައި މިހާރު ކުރިޔަށްދާ އދ ގެ ހިއުމަން ރައިޓްސް ކައުންސިލްގެ 37 ވަނަ ބައްދަލުވުމުގައި 41 ގައުމެއް ގުޅިގެން ނެރެފައިވާ ބަޔާނެއްގައި ވަނީ ރާއްޖޭގައި އިންސާނީ ހައްގުތަކަށް އަހަންމިއްޔަތުކަން ދިނުމަށް ގޮވާލާ ކަމަށާއި ކުއްލި ނުރައްކަލުގެ ހާލަތު ސުލްހަވެރިކަމާއެކު އުވާލުމަށް ގޮވާލާ ކަމަށެވެ. ހަމައެހެންމެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ހިފެހެއްޓިފައިވާ ގާނޫނޫ އަސާސީގެ ހުރިހާ މާއްދާއެއް ވީއްލުމަށާއި ސުޕްރީމް ކޯޓާއި ޖުޑީޝިއަރީގެ ހުރިހާ ބަޔެއް މިނިވަންކަމާއެކު ހިންގުމުގެ ފުރުސަތު ދިނުމަށް ގޮވާލާ ކަމަށެވެ. ހަމައެހެންމެ ގާނޫނޫ އަސާސީއާ އެއްގޮތަށް ގައުމުގެ ކަންކަން ބައްޓަން ކުރުމަށާއި މިނިވަންކަމާއެކު ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މަސައްކަތެއް ކުރުމުގެ ފުރުސަތު ދިނުމަށް ވަނީ ގޮވާލާފައެވެ. މީގެ އިތުރުން ސުޕްރީމް ކޯޓުން ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ނެރުނު އަމުރުގައި ވާ ގޮތަށް 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށާއި އެ މެމްބަރުންނަށް މަސައްކަތްކުރުމުގެ ފުރުސަތު ދެވެން ޖެހޭ ކަމަށް ވެސް މި ބަޔާނުގައިވެއެވެ. ހަމައެހެންމެ ސިޔާސީ ގޮތުން ހައްޔަރުކޮށްފައިވާ ހުރިހާ ހައްޔަރީން ދޫކޮށްލުމަށް ވެސް މިބަޔާނުގައިވެއެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި އެ ކައުންސިލާއި މަޝްވަރާ ނުކުރުމަށް ސަރުކާރުން ނިންމި ނިންމުމަށް ވެސް މި ބަޔާނުގައި ވަނީ ފާޑުކިޔާފައެވެ. އެ ކައުންސިލްގެ ގޮވާލުންތަކަށް ފުރަގަސްދީ އިންސާނީ ހައްގުތައް ނިގުޅައިގަނެ ގާނޫނު އަސާސީއިން ލިއްބައިދޭ ހައްގުތައް ހަނިކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށް ވެސް މިބަޔާނުގައިވެއެވެ.

އދ ގެ ހިއުމަން ރައިޓްސް ކައުންސިލްއިން 2012 ވަނަ އަހަރުގެ ޖޫން މަހު ބޭއްވި އެ ކައުންސިލްގެ ބައްދަލުވުމުގައި ވެސް 34 ގައުމެއް ގުޅިގެން ރާއްޖޭގެ ހާލަތާއި މެދު ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެެފައިވެއެވެ.

ސުޕްރީމް ކޯޓުން ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ނެރުނު އަމުރު ތަންފީޒުކުރުމުގެ ބަދަލުގައި ސަރުކާރުން ވަނީ ފެބްރުއަރީ މަހުގެ ފަސްވަަ ދުވަހުގެ ރޭ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައެވެ. އެންމެ ފުރަތަމަ 15 ދުވަަސް އިއުލާނުކުރިއިރު އޭގެ މުއްދަތު ހަމަވުމާއެކު ސަރުކާރުން ވަނީ 38 މެމްބަރުން ވޯޓާއެކު 30 ދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކޮށްފައެވެ. ގާނޫނީ ބޭފުޅުން ވިދާޅުވަނީ 38 މެމްބަރުންގެ ވޯޓުން އެފަދަ ނިންމުމެއް ފާސްކުރުމަށް ގާނޫނު އަސާސީ ތަން ނުދޭ ކަމަށެވެ. އެހެން ނަމަވެސް ސްޕްރީމްކޯޓުގައި ނިންމައިފައިވަނީ މަޖިލީހުގެ އެނިންމުން ރަގަޅު ކަމަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

23 މާރިޗު 2017

ޤައުމުގެ ހާލަތު ބަދަލުކުރުމަށް އެމްޑީޕީއާ އަދާލަތު ޕާޓީ އަދި ރައީސް މައުމޫނާ ގުޅިގެން މަސައްކަތްކުރުމަށް ޖޭޕީން ނިންމައިފި

23 މާރިޗު 2017
ޤައުމުގެ ހާލަތު ބަދަލުކުރުމަށް އެމްޑީޕީއާ އަދާލަތު ޕާޓީ އަދި ރައީސް މައުމޫނާ ގުޅިގެން މަސައްކަތްކުރުމަށް ޖޭޕީން ނިންމައިފި
21 މާރިޗު 2017

ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަކިކުރި މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފި

21 މާރިޗު 2017
ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަކިކުރި މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފި
21 މާރިޗު 2017

ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފި

21 މާރިޗު 2017
ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފި
18 މާރިޗު 2017

އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ސީރިއަސް ހާލަތުގައި

18 މާރިޗު 2017
އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ސީރިއަސް ހާލަތުގައި
17 މާރިޗު 2017

އިންތިހާބާ ބެހޭ ގައުމީ ލަފާދޭ ކޮމެޓީގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވާނީ

17 މާރިޗު 2017
އިންތިހާބާ ބެހޭ ގައުމީ ލަފާދޭ ކޮމެޓީގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވާނީ
16 މާރިޗު 2017

ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ޔަމަނު މީހަކު ކުއްލި ގޮތަކަށް ހައްޔަރުކުރި މައްސަލައެއް ފެންމަތިވެއްޖެ

16 މާރިޗު 2017
 ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ޔަމަނު މީހަކު ކުއްލި ގޮތަކަށް ހައްޔަރުކުރި މައްސަލައެއް ފެންމަތިވެއްޖެ
06 މާރިޗު 2017

ސްޓެލްކޯގެ ހާލަތު ދަށްވީ ރައީސް ނަޝީދުގެ ސަރުކާރުގެ ސަބަބުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ

06 މާރިޗު 2017
ސްޓެލްކޯގެ ހާލަތު ދަށްވީ ރައީސް ނަޝީދުގެ ސަރުކާރުގެ ސަބަބުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ
02 މާރިޗު 2017

އަހަރީ ފީ ނުދައްކާ ތިން ހާހަށްވުރެ ގިނަ ކުންފުނި އުވާލުމަށް ކޯޓަށް ހުށަހަޅަނީ

02 މާރިޗު 2017
އަހަރީ ފީ ނުދައްކާ ތިން ހާހަށްވުރެ ގިނަ ކުންފުނި އުވާލުމަށް ކޯޓަށް ހުށަހަޅަނީ
02 މާރިޗު 2017

ކުއްލި ގޮތަކަށް މަރުވި ދެމަފިރިންގެ މައްސަލައިގެ ތަހުގީގު އަދިނުނިމޭ: ޕޮލިސް

02 މާރިޗު 2017
ކުއްލި ގޮތަކަށް މަރުވި ދެމަފިރިންގެ މައްސަލައިގެ ތަހުގީގު އަދިނުނިމޭ: ޕޮލިސް
12 ފެބުރުއަރީ 2017

ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

12 ފެބުރުއަރީ 2017
ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް