Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުނަރެންދުރަ މޯދީ

މޯދީގެ ހަޔާތުގެ މައްޗަށް ފިލްމެއް އުފައްދަނީ

މި ފިލްމު ޝޫޓްކުރަން ފަށާނެ ތާރީޚެއް ހާމައެއް ނުކުރޭ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 8 މާރިޗު 2018 | ބުރާސްފަތި 07:37
ޝަތްރުގާން ސިންހާ (ކ) އަދި މޯދީ

ޝަތްރުގާން ސިންހާ (ކ) އަދި މޯދީ

އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހަޔާތުގެ މައްޗަށް ފިލްމެއް އުފެއްދުމަށް ނިންމައިފިއެވެ.

މޯދީގެ ހަޔާތުގެ މައްޗަށް ކުޅޭ މި ފިލްމުގައި މޯދީގެ ރޯލު ކުޅޭ ތަރި މިހާރު ވަނީ ޔަގީން ވެފައެވެ. ޚަބަރުތައް ބުނާގޮތުގައި މޯދީގެ ރޯލުން ފެނިގެންދާނީ ކުރީގެ މަޝްހޫރު އެކްޓަރ އަދި މިހާރު ސިޔާސީ ދާއިރާގައި ވެސް މަސައްކަތްކުރާ ޝަތްރުގާން ސިންހާ އެވެ. ޝަތްރުގާން ސިންހާ އަށް ވަނީ އިނގެރޭސިވިލާތުގެ ނޫހެއް ކަމަށްވާ ބްރިޓިޝް އޭޝިއަން ވޮއިސް ވީކްލީ އިން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ޕޮލިޓިކަލް އެންޑް ޕަބްލިކް ލައިފް އެވޯޑްސް ލިބިފައެވެ.

އޭނާ އަށް ލިބިފައިވާ އެވޯޑަކީ ސިޔާސީ ދާއިރާ އާއި ފަންނުވެރިކަމުގެ ދާއިރާއަށް ހިދުމަތްކުރުމުގެ ރޮގުން ލައިފްޓައިމް އެޗީވްމަންޓްސް އެވޯޑް އެވެ. މި އެވޯޑް ލިބުނު ހަފްލާގައި ވާހަކަ ދައްކަމުން ޝަތްރުގާން ސިންހާ ބުނީ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ހަޔާތުގެ މައްޗަށް ކުޅޭ ފިލްމަށް އޭނާ ހުރީ ތައްޔާރަށް ކަމަށެވެ. އަދި މޯދީ ކަހަލަ ލާމަސީލު ބޭފުޅެއްގެ ރޯލު ކުޅެން ބޭނުން ނުވާނެ މީހަކު ނުހުންނާނެ ކަމަށް ވަނީ ބުނެފައެވެ. މިފިލްމުގެ ޝޫޓިން ފަށާނެ ދުވަހެއް އަދި ހާމަކޮށްފައި ނުވާއިރު ޚަބަރުތައް ބުނާ ގޮތުގައި މި ފިލްމު ޕްރޮޑިއުސް ކުރާނީ ޝީތަލް ތަލްވާރްއެވެ. އަދި މި ފިލްމު ޑައިރެކްޓް ކުރާނީ ޝީތަލްގެ އަންހެނުން ބާވްނާ ތަލްވާރް އެވެ.

އިތުރަށް ކިޔާލަން

18 މެއި 2017

އަނެއްކާވެސް ސައުތު އިންޑިއާގެ ވަރުގަދަ ފިލްމެއް އަންނަނީ

18 މެއި 2017
އަނެއްކާވެސް ސައުތު އިންޑިއާގެ ވަރުގަދަ ފިލްމެއް އަންނަނީ
08 މެއި 2017

"ތްރީ އިޑިއަޓްސް" ގެ މެކްސިކޯ ވާޝަން އުފައްދަނީ

08 މެއި 2017
"ތްރީ އިޑިއަޓްސް" ގެ މެކްސިކޯ ވާޝަން އުފައްދަނީ
04 މެއި 2017

ޕީވީ ސިންދޫގެ ހަޔާތުގެ މައްޗަށް ވެސް ފިލްމެއް އުފައްދަނީ

04 މެއި 2017
ޕީވީ ސިންދޫގެ ހަޔާތުގެ މައްޗަށް ވެސް ފިލްމެއް އުފައްދަނީ
29 މާރިޗު 2017

އަހަރެން ދެކޭ ގޮތުގައި "އިއްތިފާގް"އަކީ އާ ފިލްމެއް: ސޮނާކްޝީ

29 މާރިޗު 2017
އަހަރެން ދެކޭ ގޮތުގައި "އިއްތިފާގް"އަކީ އާ ފިލްމެއް: ސޮނާކްޝީ
14 މާރިޗު 2017

އަނިލް އާއި ދަރިން އެކުގައި އެއް ފިލްމެއްގައި!

14 މާރިޗު 2017
އަނިލް އާއި ދަރިން އެކުގައި އެއް ފިލްމެއްގައި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު