Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުއްލި ނުރައްކަލުގެ ހާލަތު

ހައްޔަރުކުރަން އުޅޭ ފުލުހުންގެ އަދަދު 40 އަށް، މިހާތަނަށް ހައްޔަކުރީ 8!

7 މާރިޗު 2018 | ބުދަ 12:29

ހައްޔަރު ކުރަން އުޅެނީ އަމުރު ތަންފީޒު ކުރަން އުޅުނު ފުލުހުން

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 7 މާރިޗު 2018 | ބުދަ 12:29
އެސްއޯ ފުލުހުންތަކެއް: ޝައްކު ކުރެވޭ ފުލުހުން ވަނީ އެހެން ތަންތަނަށް ފޮނުވާލާފައި

އެސްއޯ ފުލުހުންތަކެއް: ޝައްކު ކުރެވޭ ފުލުހުން ވަނީ އެހެން ތަންތަނަށް ފޮނުވާލާފައި

ސަރުކާރުން އަންގައިގެން ފުލުހުންނަށް ކުރަމުންދާ އަމުރުތަކާ ދެކޮޅު ހަދައި، ޖަދަލުކުރާ ކަމުގެ ތުހުމަތުގައި 40 ފުލުހަކު ވަޒީފާއިން ވަކިކޮށް، ހައްޔަރުކުރަން އުޅޭ ކަމަށް ރާއްޖެއެމްވީއަށް އެނގިއްޖެއެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ހައްޔަރު ކުރަން އުޅޭ ފުލުހުންގެ ތެރޭގައި ފުލުހުންގެ މުއައްސަސާގެ ތެރޭގައި އިދާރީ މަސައްކަތް ކުރާ ބައެއް މުވައްޒަފުން ވެސް ހިމެނެއެވެ. އަދި މުޒާހަރާތައް ރޫޅާލުމުގައި އުޅޭ ސްޕެޝަން އޮޕަރޭޝަން (އެސްއޯ)ގެ ފުލުހުންނާއި އޮޕަރޭޝަނަލް ޔުނީފޯމު އެޅި ފުލުހުން ވެސް ހިމެނެއެވެ.

Advertisement - newsAdvertisement

ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް އެއްބަސްވި ފުލުހުންނާއި އެ އަމުރު ތަންފީޒު ކުރުމަށް އިތުރު ފުލުހުންތަކެއް ވަޒީފާއަށް ނެރުމަށް އެންގި އިސް ފުލުހުންނާ މެދު ބައެއް ފިޔަވަޅުތައް މިހާރު ވަނީ އަޅާފައެވެ. އެގޮތުން ބައެއް ފުލުހުން ވަޒީފާއިން ވަކިކޮށް، ހައްޔަރުކުރަން އުޅޭކަން ވެސް ރާއްޖެޓީވީއަށް ވަނީ އެނގިފައެވެ. މިހާތަނަށް ހައްޔަރުކޮށްފައިވާ ފުލުހުންގެ އަދަދު އަށަކަށް އަރައެވެ.

ފުލުހުންގެ އިސް އޮފިސަރުންގެ އަމުރަށް ފެބްރުއަރީ 1 ގައި ކިޔަމަންވި ބައެއް ފުލުހުން މިހާރު ވަނީ އަތޮޅު ތެރޭގެ ޕޮލިސް ސްޓޭޝަންތަކަށް ބަދަލުކޮށްފައެވެ. ބަދަލު ކުރި ފުލުހުންގެ ތެރޭގައި ގިނަ އަދަދަކަށް އެސްއޯ ފުލުހުން ހިމެނެއެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި މުޒާހަރާތައް ރޫޅާލުމުގައި އެސްއޯ ފުލުހުން ނެރުމުގެ ބަދަލުގައި އޮޕަރޭޝަނަލް ޔުނީފޯމް އެޅި ފުލުހުން ދަނީ ތަމްރީނު ކުރަމުންނެވެ. އެސްއޯ ފުލުހުންނާ މެދު ސަރުކާރުގެ އިތުބާރު ކުޑަވެ، އެ ޕްލެޓޫންނުން ގިނަ އަދަދެއްގެ ފުލުހުން އެކަހެރިކޮށް، އާ ބަޔަކު ވަނީ ވައްދާފައެވެ. އާ ފުލުހުންތަކެއް، އެސްއޯއަށް ވެއްދީ ކުރު މުއްދަތެއްގެ ތަމްރީނުތަކަކަށް ފަހުއެވެ.

މުޒާހަރާތައް ރޫޅާލުމުގައި އުޅޭ އެސްއޯ ފުލުހުންނާއި އޮޕަރޭޝަނަލް ޔުނީފޯމް އެޅި ފުލުހުންނާ އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް (އޭސީޕީ) ހަމްދޫން ރަޝީދު ދަނީ ގަވާއިދުން ބައްދަލު ކުރަމުންނެވެ. އަދި ފުލުހުން މިހާރު އަމަލު ކުރާ ގޮތާ މެދު ސުވާލެއް އޮތް ނަމަ، އެ ފުލުހަކު އިސްވެ، ސުވާލު ކުރުމަށް ފުލުހުންގެ އޮފިސަރުން ދަނީ އެދެމުންނެވެ.

މުހުތަބަރު މަސްދަރަކުން ރާއްޖެމްއެވީއަށް ކިޔައިދިން ގޮތުގައި ފުލުހުން މިހާރު އަމަލު ކުރާ ގޮތާ މެދު އެއްވެސް ފިޔަވަޅެއް ނޭޅޭނެ ކަމަށާއި އެކަމާ މެދު ސުވާލު ކުރެވޭނީ "ޤިޔާމަތް ދުވަހު" ކަމަށް ވެސް ބައެއް އޮފިސަރުން ފުލުހުންނަށް ނަސޭހަތްތެރިވެފައި ވެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި

11 ފެބުރުއަރީ 2017
މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު
05 ފެބުރުއަރީ 2017

ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ

05 ފެބުރުއަރީ 2017
ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ
04 ފެބުރުއަރީ 2017

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް
31 ޖެނުއަރީ 2017

މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ

31 ޖެނުއަރީ 2017
މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
16 ޖެނުއަރީ 2017

ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި

16 ޖެނުއަރީ 2017
ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި
13 ޖެނުއަރީ 2017

ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް

13 ޖެނުއަރީ 2017
ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް
11 ޖެނުއަރީ 2017

ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

11 ޖެނުއަރީ 2017
ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް