Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއާ ލީގު

ޕްރިމިއާ ލީގު: ސިޓީގެ ލީޑު 18 ޕޮއިންޓަށް، އާސެނަލް ބަލިވެ ވެންގާއަށް ނުތަނަވަސްކަން

ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުން ސިޓީ މޮޅުވީ 1-0 އިން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 5 މާރިޗު 2018 | ހޯމަ 12:32
މެންޗެސްޓާ ސިޓީގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު

މެންޗެސްޓާ ސިޓީގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ ކުޅުނު މެޗު ކާމިޔާބުކޮށް އެ ޓީމުން 18 ޕޮއިންޓްގެ ލީޑެއް ނެގިއިރު އާސެނަލް ކުޅުނު މެޗުން އެ ޓީމު ބަލިވެ ކޯޗު އާސެން ވެންގާ ނުތަނަވަސްކަމުގެ ތެރެއަށް ވެއްޓިއްޖެއެވެ.

އަމިއްލަ ދަނޑުގައި ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުން ސިޓީ މޮޅުވީ 1-0 އިންނެވެ. މިދިޔަ ހަފްތާގައި އާސެނަލްގެ މައްޗަށް ކުރިހޯދި ސިޓީގެ ޓީމުގެ ހިމެނުނު ދެ ކުޅުންތެރިޔަކަށް މި މެޗުގައި ފުރުސަތު ދީފައިނުވެއެވެ. އެގޮތުން ކެޕްޓަން ވިންސެންޓް ކޮމްޕެނީ އާއި ޑެނީލޯގެ ބަދަލުގައި މި މެޗުގައި ފުރުސަތު ދީފައިވަނީ އޮލެކްޒެންޑާ ޒިންޗެންކޯ އަދި އެމެރިކް ލަޕޯޓްއަށެވެ. ހަމައެހެންމެ އަނިޔާގެ ސަބަބުން ޗެލްސީގެ ޓީމުގައި އެންގޯލޯ ކަންޓޭ ހިމަނާފައިނުވާއިރު އަލްވާރޯ މޮރާޓާ ވެސް މެޗު ފަށާފައިވަނީ ބެންޗުންނެވެ.

ފުރަތަމަ ހާފު ފެށިގެން ސިޓީއިން ވަނީ ޗެލްސީގެ ގޯލަށް ނުރައްކާކޮށް ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައިވެއެވެ. ފުރަތަމަ ހާފުގައި ލެރޯއި ސާނޭ އާއި ބަނާޑޯ ސިލްވާ އަދި ސާޖިއޯ އަގުއޭރޯގެ އިތުރުން ކެވިން ޑެބްރައިން ފޮނުވާލި ހަމަލާތަކުގެ ބޭނުން އެ ޓީމަށް ހިފިފައެއްނުވެއެވެ. މި ހާފުގައި ޗެލްސީގެ ކުޅުންތެރިންނަށް ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވެއެވެ.

ދެ ޓީމު އެއްވަރުވެއޮވެ ފުރަތަމަ ހާފު ނިމިގެންދިޔައިރު ފުރަތަމަ ހާފު ފެށިގެން މިނެޓެއް ނުވަނީސް ސިޓީއިން ވަނީ މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައެވެ. އެގޮތުން ޑޭވިޑް ސިލްވާ ތަނަވަސްކޮށްދިން ފުރުސަތަކުން އެ ޓީމަށް ލީޑު ނަގައިދިނީ ބަނާޑޯ ސިލްވާއެވެ. މި ލަނޑަށް ފަހު ވެސް ސިޓީއަށް ލީޑު ފުޅާކުރުމަށް އިތުރު ފުރުސަތުތައް ލިބިގެންދިޔައިރު ޗެލްސީގެ ކީޕަރު ވަނީ ރަނގަޅު ސޭވްތަކެއް ކޮށްފައެވެ.

ރަށުން ބޭރުގައި ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗު ވެގެން ގޮސްފައިވަނީ 34 މެޗަށް ފަހު އަލަށް ޕްރޮމޯޓްވި ޓީމެއްގެ އަތުން އާސެނަލް ބަލިވި ފުރަތަމަ މެޗަށެވެ. އާސެނަލްގެ ފުރަތަމަ އެގާރަށް ތިން ބަދަލެއް ގެނައިއިރު ކެލަމް ޗެމްބާސްއާ ޖެކް ވިލްޝެއާގެ އިތުރުން އެލެކްސް އިވޯބީއަށް ވަނީ ފުރުސަތުދީފައެވެ.

މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ ހަތްވަނަ މިނެޓުގައި ބްރައިޓަންއަށް ޖަހައިދިނީ ލުއިސް ޑަންކްއެވެ. މެޗުގެ 26 ވަނަ މިނެޓުގައި އެ ޓީމުގެ ލީޑު އިތުރަށް ފުޅާވެގެންދިޔައީ ގްލެން މަރޭ ޖަހައިދިން ލަނޑާއެކުއެވެ. މި ދެ ލަނޑަށް ފަހު އާސެނަލްއިން އެ ޓީމުގެ ކުޅުން ރަނގަޅު ކުރުމުގެ ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ 43 ވަނަ މިނެޓުގައި ޕިއޭ އެމެރިކް އޮބަމަޔަންގ އާސެނަލްއަށް ލަނޑެއް ޖަހައިދީ އެ ޓީމަށް ނަތީޖާގެ ފަރަގު ކުޑަކޮށްދިނުމެވެ.

ދެވަނަ ހާފުގައި އާސެނަލްއިން އެ ޓީމުގެ ކުޅުން އިތުރަށް ވަރުގަދަކުރިއިރު އެ ޓީމު އުފެއްދި ހަމަލާތަކުގެ ހުރަހަކަށް ވެގެންދިޔައީ ބްރައިޓަންގެ ގޯލު މި މެޗުގައި ބެލެހެއްޓި މެތިއު ރަޔަންއެވެ. މެޗުގެ 84 ވަނަ މިނެޓުގައި ބްރައިޓަންއިން ލަނޑެއް ޖެހި ނަމަވެސް ރެފްރީ ނިންމާފައިވަނީ އެއީ އޮފްސައިޑް ލަނޑެއްގެ ގޮތުގައެވެ.

ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާލާއިރު ކުޅުނު 29 މެޗުން ލިބުނު 78 ޕޮއިންޓާއެކު އެއްވަނައިގައި މެންޗެސްޓާ ސިޓީ އޮތްއިރު ދެވަނައިގައި 60 ޕޮއިންޓާއެކު އޮތީ ލިވަޕޫލްއެވެ. އޭގެ ޕޮއިންޓެއް ފަހަތުން ތިންވަނައިގައި މެންޗެސްޓާ ޔުނައިޓެޑް އޮތްއިރު 58 ޕޮއިންޓާއެކު ހަތަރު ވަނައިގައި އޮތީ ޓޮޓެންހަމްއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު