Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުވިއެޓްނާމް-އެމެރިކާ

ޔޫއެސްއެސް ކާލް ވިންސަން ތާރީޚީ ދަތުރެއްގައި ވިއެޓްނާމަށް

5 މާރިޗު 2018 | ހޯމަ 05:05

ވިއެޓްނާމް ހަނގުރާމައަށް ވިއެޓްނާމުން ކިޔަނީ އެމެރިކާ ހަނގުރާމަ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 5 މާރިޗު 2018 | ހޯމަ 05:05
ކާލް ވިންސަންއަކީ ހަނގުރާމަތީ 90 މަތިންދާބޯޓް އެއްފަހަރާ އުފުލުމުގެ ގާބިލްކަން ލިބިފައިވާ އުޅަނދެއް

ކާލް ވިންސަންއަކީ ހަނގުރާމަތީ 90 މަތިންދާބޯޓް އެއްފަހަރާ އުފުލުމުގެ ގާބިލްކަން ލިބިފައިވާ އުޅަނދެއް

ވިއެޓްނާމް ހަނގުރާމަ ނިމުނު ފަހުން އެމެރިކާގެ ބޮޑެތި މަނަވަރުތަކުގެ ތެރެއިން މަނަވަރެއް ވިއެޓްނާމަށް ކުރާ ތާރީޚީ ދަތުރުގައި އެމެރިކާގެ މަތިންދާބޯޓް އުފުލާ މަނަވަރު، ކާލް ވިންސަން އެ ގައުމަށް ގޮސްފިއެވެ.

މި މަނަވަރު ބަނދަރުކުރާނީ ވިއެޓްނާމް ހަނގުރާމައިގެ އެމެރިކާގެ ސިފައިން އެންމެ ފުރަތަމަ ފޭބި ޑަނަންގް ބަނދަރަށެވެ. ކާލް ވިންސަންއަކީ ހަނގުރާމަތީ 90 މަތިންދާބޯޓް އެއްފަހަރާ އުފުލުމުގެ ގާބިލްކަން ލިބިފައިވާ އުޅަނދެކެވެ

މަނަވަރުގެ މި ދަތުރަކީ އަސްކަރީގޮތުން ދެ ގައުމުން ބަދަހިކުރަމުން އަންނަ ގުޅުން ދައްކުވައިދިނުމުގެ ޒިޔާރަތެކެވެ.

ނަމަވެސް ދިރާސާ ކުރާ ފަރާތްތަކުން ބުނާގޮތުގައި ދެކުނު ޗައިނާ ކަނޑުގެ މައްސަލައިގައި ވިއެޓްނާމާއި ޗައިނާއާއިދެމެދު ޚިލާފް ތަފާތުވުން އުފެދިފައިވާއިރު މި ގުޅުން ބަދަހިކުރަމުން ދިއުމަކީ ޗައިނާއަށް ދޭ މެސެޖެކެވެ.

ޗައިނާއަކީ މިހާރު ސަރަހައްދުގެ އެންމެ ބޮޑުބާރަށްވާއިރު ވިއެޓްނާމްގެ ވިޔަފާރީގެ އެންމެބޮޑު ބައިވެރިޔަކީވެސް ޗައިނާއެވެ.

ބީބީސީގެ މުރާސިލު ބުނެފައިވާގޮތުގައި އަވަށްޓެރި ޗައިނާއާއިއެކު އޮންނަ ގުޅުމަށް އެއްވެސް ބުރުލެއް އަރާފާނެ ފަދަ ފިޔަވަޅެއް ނޭޅުމަށް ވިއެޓްނާމްގެ ކޮމިއުނިސްޓް ވެރިކަމުން އަހައްމިއްޔަތުކަން ދެއެވެ.

ފަރުތައްވެސް ހިމެނޭގޮތުން މުޅި ދެކުނު ޗައިނާ ކަނޑުގެ މިލްކުވެރިކަމާއިމެދު ޗައިނާއިން ދައުވާކުރެއެވެ.

އިތުރަށް ކިޔާލަން

17 ޖޫން 2022

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

17 ޖޫން 2022
އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
01 ޖުލައި 2021

މިހާރު ކޮންމެ ދަތުރެއްގައި މަދުވެގެން 300 ކޮންޓެއިނަރު އުފުލަން - ކެޕްޓަން ސައީދު

01 ޖުލައި 2021
މިހާރު ކޮންމެ ދަތުރެއްގައި މަދުވެގެން 300 ކޮންޓެއިނަރު އުފުލަން - ކެޕްޓަން ސައީދު
19 ޖުލައި 2019

ކާލްޓަން ބްރޭންޑުގެ ރެފްރިޖެރެންޓް ގޭސް މޯލްޑިވް ގޭހުން ތައާރަފުކޮށްފި

19 ޖުލައި 2019
ކާލްޓަން ބްރޭންޑުގެ ރެފްރިޖެރެންޓް ގޭސް މޯލްޑިވް ގޭހުން ތައާރަފުކޮށްފި
17 ޖުލައި 2019

ޕަސްކާލް އަށް 50 އަހަރުފުރުން ސޯސަން ފިހާރައިން ފާހަގަކޮށްފި

17 ޖުލައި 2019
ޕަސްކާލް އަށް 50 އަހަރުފުރުން ސޯސަން ފިހާރައިން ފާހަގަކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް