Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސީރިޔާގެ ދާޚިލީ ހަނގުރާމަ

އިރުމަތީ ޣޫތާގައި ހަމަލާތަކުން ސަލާމަތްވާން އާއްމުން މަސައްކަތްކުރަނީ

4 މާރިޗު 2018 | އާދީއްތަ 14:00

ފެބްރުއަރީ 18 އިން ފެށިގެން 600 މީހުން މަރުވެފައިވޭ

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 4 މާރިޗު 2018 | އާދީއްތަ 14:00
ހުއްޓުމެއް ނެތި ޣޫތާގައި ދަނީ ހަމަލާ ބަދަލުކުރެވެމުން

ހުއްޓުމެއް ނެތި ޣޫތާގައި ދަނީ ހަމަލާ ބަދަލުކުރެވެމުން

ސޫރިޔާގެ އިރުމަތީ ޣޫތާގައި ސަރުކާރު ސިފައިންނާއި ހަނގުރާމަވެރިންނާއި ދެމެދު ބަދަލުކުރެވެމުންދާ ޙަމަލާތަކުންނާއި، ސަރުކާރުން ސިފައިން އަޅަމުންދާ ބޮންތަކުން ސަލާމަތްވުމަށް އެތައް ހާސް ބަޔަކު ޣޫތާގެ މެދުތެރެއަށް ޖަމާވަމުން އެބަދެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ބައެއް މީހުން ޣޫތާއިން ސަލާމަތްވެގެން، އެރަށުން ބޭރަށްވެސް އެބަދެއެވެ.

ވެރިރަށް ދިމިޝްޤުގެ އިރުމަތިން އޮންނަ އިރުމަތީ ޣޫތާ މިހާރު އޮތީ ރައީސް ބައްޝާރުލް އައްސަދުގެ ވެރިކަމާއި ދެކޮޅަށް ހަނގުރާމަކުރަމުންދާ ހަނގުރާމަވެރި 3 ޖަމާޢަތެއްގެ ބާރުގެ ދަށުގައެވެ. އަދި އެރަށް ހިފުމަށް އެކި ދިމަދިމާލުން އެރަށް ހިސާރުކޮށްގެން ތިބި ސަރުކާރު ސިފައިން ދަނީ މަސައްކަތްކުރަމުންނެވެ. މިދިޔަ މަހުގެ މެދުތެރޭގައި ފެށި މިހަމަލާތަކަށް ފަހު މިހާރު ޣޫތާގެ 10 އިންސައްތަ އޮތީ ސިފައިންގެ ބާރުގެ ދަށުގައި ކަމަށް ސޫރިޔާ ސިފައިން ބުނެއެވެ.

4 ލައްކައެއްހާ މީހުންގެ އާބާދީއެއް އޮންނަ އިރުމަތީ ޣޫތާގައި ހާލުގައި ޖެހިފައިތިބި މީހުންނަށް އެހީވުމަށް އދގެ އެހީގެ ޤާފިލާއެއް އެސަރަހައްދަށް ވަންނަން އާދިއްތަ ދުވަހުވެސް މަސައްކަތްކުރިއެވެ. އެހެން ނަމަވެސް ސޫރިޔާ ސަރުކާރުގެ ހުއްދަ ނުލިބުމުގެ ސަބަބުން އެކަން ނުވީކަމަށް އދއިން ބުންޏެވެ.

ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އދއިން ގޮވާލި ނަމަވެސް ހަނގުރާމަވެރިންނާއި ސިފައިންނާއި ދެމެދު އަދިވެސް ދަނީ ޙަމަލާ ބަދަލުކުރަމުންނެވެ. އަދި ކޮންމެ ދުވަހަކުވެސް 5 ގަޑިއިރަށް ޙަމަލާ ބަދަލުކުރުން ހުއްޓާލުމަށް ސޫރިޔާ ސިފައިންނަށް މަދަދުވެރިވާ ރަޝިޔާއިން އެންގިނަމަވެސް، އެއަށް ވެސް އެއްވެސް ފަރާތަކުން އިހްތިރާމެއް ނުކުރެއެވެ.

ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު އިރުމަތީ ޣޫތާ ހިފުމަށް ސޫރިޔާ ސިފައިން މަސައްކަތް ފެށި ފަހުން، މިހާތަނަށް ޙަމަލާތަކުގައި 600 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، ގިނައިން މަރުވެފައިވަނީ ކުށެއް ނެތް އަންހެނުންނާއި ކުޑަކުދިންނެވެ. އެހެން ނަމަވެސް ސަރުކާރު ސިފައިން ބުނަމުންދަނީ އެމީހުން ހަމަލާދެނީ ހަނގުރާމަވެރިންނަށް އަމާޒުކޮށް ކަމަށެވެ.

އިރުމަތީ ޣޫތާއަކީ މިވަގުތު ހަނގުރާމަވެރިންގެ އަތް ދަށުގައި އޮތް ސޫރިޔާގެ މައި ރަށްތަކުގެ ތެރެއިން އެންމެ ފަހު ރަށެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

އިތުރަށް ކިޔާލަން

25 ޑިސެމްބަރު 2017

އިރުމަތީ ޤުދުސްގައި އިސްރާއީލުން އަނެއްކާ ވެސް 3 ލައްކަ ގެ އަޅަނީ

25 ޑިސެމްބަރު 2017
އިރުމަތީ ޤުދުސްގައި އިސްރާއީލުން އަނެއްކާ ވެސް 3 ލައްކަ ގެ އަޅަނީ
13 ޑިސެމްބަރު 2017

އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށްކަމަށް ބަލައިގަތުމަށް އޯއައިސީން ގޮވާލައިފި

13 ޑިސެމްބަރު 2017
އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށްކަމަށް ބަލައިގަތުމަށް އޯއައިސީން ގޮވާލައިފި
08 ޑިސެމްބަރު 2017

ފަލަސްތީނުގެ އާއްމުންނާއި އިޒްރޭލު ސިފައިން ކުރިމަތިލާން ފަށައިފި

08 ޑިސެމްބަރު 2017
ފަލަސްތީނުގެ އާއްމުންނާއި އިޒްރޭލު ސިފައިން ކުރިމަތިލާން ފަށައިފި
07 ޑިސެމްބަރު 2017

މެދުއިރުމަތީގެ ސުލްހައިގެ ވާހަތަކަތަކުގެ މެދުވެރިއަކަށް އެމެރިކާއަކަށް ނުވެވޭނެ: މަހްމޫދު އައްބާސް

07 ޑިސެމްބަރު 2017
މެދުއިރުމަތީގެ ސުލްހައިގެ ވާހަތަކަތަކުގެ މެދުވެރިއަކަށް އެމެރިކާއަކަށް ނުވެވޭނެ: މަހްމޫދު އައްބާސް
10 ނޮވެމްބަރު 2017

މެދުއިރުމަތީގެ ނުތަނަވަސްކަމުގެ މެދުތެރެއިން ފަރަންސޭސީ ރައީސް ސަޢޫދީއަށް

10 ނޮވެމްބަރު 2017
މެދުއިރުމަތީގެ ނުތަނަވަސްކަމުގެ މެދުތެރެއިން ފަރަންސޭސީ ރައީސް ސަޢޫދީއަށް
08 ޖޫން 2017

އުތުރު ކޮރެއާ އިން އެގައުމުގެ އިރުމަތީ އައްސޭރިފަށުން ހަަތަރު އެންޓި-ޝިޕް ކްރޫޒް މިސައިލް ފޮނުވާލައިފި

08 ޖޫން 2017
އުތުރު ކޮރެއާ އިން އެގައުމުގެ އިރުމަތީ އައްސޭރިފަށުން ހަަތަރު އެންޓި-ޝިޕް ކްރޫޒް މިސައިލް ފޮނުވާލައިފި
29 މާރިޗު 2017

މޫސަލްގައި ގިނަ އަދަދެއްގެ އާއްމުން މަރުވި ހަމަލާގައި ކޯލިޝަންގެ ދައުރެއް އޮވެދާނެ:އެމެރިކާގެ ކޮމާންޑަރ

29 މާރިޗު 2017
މޫސަލްގައި ގިނަ އަދަދެއްގެ އާއްމުން މަރުވި ހަމަލާގައި ކޯލިޝަންގެ ދައުރެއް އޮވެދާނެ:އެމެރިކާގެ ކޮމާންޑަރ
07 ފެބުރުއަރީ 2017

އަފްޣާނިސްތާނުގައި އާއްމުން ޒަޚަމްވި މިންވަރު އަނެއްކާވެސް ރެކޯޑް މިންވަރަކަށް

07 ފެބުރުއަރީ 2017
އަފްޣާނިސްތާނުގައި އާއްމުން ޒަޚަމްވި މިންވަރު އަނެއްކާވެސް ރެކޯޑް މިންވަރަކަށް
16 ޖެނުއަރީ 2017

ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި

16 ޖެނުއަރީ 2017
ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި
15 ޖެނުއަރީ 2017

މެދުއިރުމަތީގައި ސުލްހަ ގާއިމްކުރުމަށް ބާއްވާ ކޮންފަރެންސް ޕެރިހުގައި ފަށައިފި

15 ޖެނުއަރީ 2017
މެދުއިރުމަތީގައި ސުލްހަ ގާއިމްކުރުމަށް ބާއްވާ ކޮންފަރެންސް ޕެރިހުގައި ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް