Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޤުދުސްގެ މައްސަލަ

ފަލަސްތީނުގެ އާއްމުންނާއި އިޒްރޭލު ސިފައިން ކުރިމަތިލާން ފަށައިފި

8 ޑިސެމްބަރު 2017 | ހުކުރު 04:16

ހަމާސް ޖަމާޢަތުން ވަނީ އިންތިފާޟާއަށް ނިކުތުމަށް ގޮވާލާފައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 8 ޑިސެމްބަރު 2017 | ހުކުރު 04:16
ފަލަސްތީނުގެ މަގެއްގެ މައްޗަށް އެތައް ސަތޭކަ ބަޔަކު ނިކުމެ އެމެރިކާގެ ނިންމުމާއި ދެކޮޅަށް މުޒާހަރާ ކުރަނީ

ފަލަސްތީނުގެ މަގެއްގެ މައްޗަށް އެތައް ސަތޭކަ ބަޔަކު ނިކުމެ އެމެރިކާގެ ނިންމުމާއި ދެކޮޅަށް މުޒާހަރާ ކުރަނީ

ޤުދުސްއަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ބަލައިގަތުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވުމުން، އެކަމާއި ދެކޮޅަށް ތެދުވި ފަލަސްތީނުގެ އާއްމުންނާއި ޔަހޫދީ ސިފައިންނާއި ދެމެދު ކުރިމަތިލުންތަކެއް ހިނގައިފިއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އިރުމަތީ ޤުދުސްގެ އިތުރުން ރާމަﷲ އާއި، ހުޅަނގު އައްސޭރި އަދި ޣައްޒާގައި ޓްރަމްޕްގެ ނިންމެވުމާއި ދެކޮޅަށް މުޒާހަރާ ކޮށްފައިވެއެވެ.

ފަލަސްތީނުގެ ސަރުކާރުންވަނީ އިހުތިޖާޖަށް ނިކުތުމަށް އެޤައުމުގެ ރައްޔިތުންނަށް ގޮވާލާފައެވެ. އަދި ޙަމާސް ޖަމާޢަތުން ވަނީ ތިންވަނަ އިންތިފާޟާއަކަށް ނިކުތުމަށް ފަލަސްތީނުގެ ރައްޔިތުންނަށް ގޮވާލާފައެވެ. ޤުދުސްގެ ޤަދީމީ ސަރަހައްދުގައި ބުރާސްފަތި ދުވަހު ފިހާރަތައް ވެސް ހުރީ ބަންދު ކޮށްފައެވެ.

ރާމަﷲގައި މުޒާހަރާކުރި ފަލަސްތީނުގެ އާއްމުންގެ ތެރެއަށް ޔަހޫދީ ސިފައިންވަނީ ކަރުނަ ގޭހާއި ސްޓަން ގްރެނޭޑް އުކާފައެވެ. މުޒާހަރާކުރި މީހުން ވަނީ އިސްރާއީލް ސިފައިންނާއި ދިމާއަށް އޮށްގައު އުކައި، ޓަޔަރުތަކާއި ކަރުދާސް ފޮށިގަނޑުތަކުގައި ރޯކޮށްފައެވެ. އަދި ފަލަސްތީނުގެ މުޒާހަރާކުރަން ނިކުތް ބައެއް މީހުންނާއި އިސްރާއީލް ސިފައިންގެ ބައެއް މީހުންނަށް އަނިޔާވެގެން ފަރުވާދޭން ޖެހުނެވެ.

"ޑޮނަލްޑް ޓްރަމްޕް ބުނީ ޤުދުސްއަކީ ޔަހޫދީންގެ ތަނެކޭ. ނުވާނެ އެހެނެއް. ޤުދުސްއަކީ އަބަދުވެސް ފަލަސްތީނުގެ ތަނެއް"، މުޒާހަރާއަށް ނިކުމެ ހުރި އަންހެނަކު ބުންޏެވެ.

ޣައްޒާއާއި އިސްރާއީލް ގުޅޭ ސަރަހައްދީ ރޮނގުގައި ވެސް ހަމަނުޖެހުން ހިނގިއެވެ. އަދި ބައިތުއްލަހަމްގައިވެސް މުޒާހަރާކުރި މީހުންނާއި އިސްރާއީލް ސިފައިންނާއި ދެމެދު ހަމަނުޖެހުން ހިނގިއިރު، ރާމަﷲ އާއި ޤުދުސް ގުޅޭ ސަރަހައްދީ ރޮނގުގައި އިސްރާއީލް ސިފައިންނާއި ދިމާއަށް އޮށްގައު އުކަމުންދިޔަ ކުޑަ ކުދިންތަކެއްގެ ގަޔަށް އިސްރާއީލް ސިފައިން ވަނީ ސްޕޮންޖް ވަޒަން ޖަހާފައެވެ. ފަލަސްތީނުގެ ރެޑް ކްރެސެންޓުން ބުރާސްފަތި ދުވަހު ބުނީ އެކި ސަރަހައްދުތަކުގައި ހިނގި ހަމަނުޖެހުންތަކުގައި ފަންސާހަށް ވުރެ ގިނަ މީހުންނަށް އަނިޔާވިއިރު، އެކަކު އޮތީ ސީރިއަސް ހާލަތެއްގައި ކަމަށެވެ.

ފަލަސްތީނުގެ ސަރުކާރާއި ޙަމާސް ޖަމާޢަތުން ވެސް ވަނީ ހުކުރު ދުވަހުވެސް އެމެރިކާގެ ނިންމުމާއި ދެކޮޅަށް އިހުތިޖާޖަށް ނިކުތުމަށް ފަލަސްތީނުގެ ރައްޔިތުންނަށް ގޮވާލާފައެވެ.

އެންމެ ހިނގާ

1

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

2

ގައުމުގެ ވެރިންނާ ދެކޮޅަށް ވަނަން ހަދައި ކިޔުމަކީ ގައުމާ ދެކޮޅުވުން: ރައީސް މުއިއްޒު

3

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގެ ތުހުމަތުގައި ހައްޔަރުކުރި އިތުރު އޮފިސަރަކާއެކު ނަސޭހަތުގެ އެއްބަސްވުން ހަދަން ހުށަހަޅައިފި

4

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

5

ޑޮަލަރު ނުލިބެނީ ކުރީ ސަރުކާރާ ހެދި. ޕާސްޕޯޓް ނުލިބެނީ ޖަރުމަނުވިލާތާ ހެދި. މި ސަރުކާރުން ޒިންމާ ނަގާނީ ކޮންއިރަކު؟

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ

10 ފެބުރުއަރީ 2017
ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ
10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
03 ފެބުރުއަރީ 2017

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ
01 ފެބުރުއަރީ 2017

ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް

01 ފެބުރުއަރީ 2017
ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް
01 ފެބުރުއަރީ 2017

ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ

01 ފެބުރުއަރީ 2017
ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ
30 ޖެނުއަރީ 2017

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

30 ޖެނުއަރީ 2017
ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ
27 ޖެނުއަރީ 2017

އިޒްރޭލުން ސީރިޔާގެ 100 ކުއްޖަކަށް ހިމާޔަތް ދެނީ

27 ޖެނުއަރީ 2017
އިޒްރޭލުން ސީރިޔާގެ 100 ކުއްޖަކަށް ހިމާޔަތް ދެނީ
27 ޖެނުއަރީ 2017

އެމްބަސީ ބަދަލުކޮށްފިނަމަ، އިޒްރޭލު ބަލައެއް ނުގަންނާނަން: ސާއިބް އުރައިކާތް

27 ޖެނުއަރީ 2017
އެމްބަސީ ބަދަލުކޮށްފިނަމަ، އިޒްރޭލު ބަލައެއް ނުގަންނާނަން: ސާއިބް އުރައިކާތް
26 ޖެނުއަރީ 2017

އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމަށް، ޓްރަމްޕަށް ތާލިބާނުން ގޮވާލައިފި

26 ޖެނުއަރީ 2017
އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމަށް، ޓްރަމްޕަށް ތާލިބާނުން ގޮވާލައިފި
25 ޖެނުއަރީ 2017

ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި

25 ޖެނުއަރީ 2017
ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް