Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެގުދުސްގެ މައްސަލަ

އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށްކަމަށް ބަލައިގަތުމަށް އޯއައިސީން ގޮވާލައިފި

އޯއައިސީގެ މި ބައްދަލުވުމަށް ގޮވާލެއްވީ ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އޮރްދޮޣާން

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 13 ޑިސެމްބަރު 2017 | ބުދަ 15:12
2017 ޑިސެމްބަރު 13 ވަނަ ދުވަހު ތުރުކީގެ އިސްތަންބޫލްގައި ފެށި އޯއައިސީގެ ބައްދަލުވުމުގެ ބައިވެރިން ފޮޓޯއަކަށް ހުއްޓިވަޑައިގެން

2017 ޑިސެމްބަރު 13 ވަނަ ދުވަހު ތުރުކީގެ އިސްތަންބޫލްގައި ފެށި އޯއައިސީގެ ބައްދަލުވުމުގެ ބައިވެރިން ފޮޓޯއަކަށް ހުއްޓިވަޑައިގެން

ފަލަސްތީނަކީ މިނިވަން ދައުލަތެއްކަމަށް ބަލައިގަނެ، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ބަލައިގަތުމަށް ބައިނަލްއަގްވާމީ މުޖުތަމައުއަށް އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަނުން ގޮވާލައިފިއެވެ

އެ ޖަމާއަތުން މިހެން ގޮވާލާފައިވަނީ ގުދުސްއަކީ އިޒްރާއިލްގެ ވެރިރަށުގެ ގޮތުގައި ބަލައިގަންނަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވުމާއި ގުޅިގެން، ތުރުކީގައި މިހާރު ބާއްވަމުންދާ (އޯއައިސީ)ގެ ހާއްސަ އާންމު ބައްދަލުވުމުގައެވެ.

އިސްތަންބޫލްގައި ހުންނަ ލުތްފީ ކިރްދާރް ކޮންގްރެސް ސެންޓަރުގައި ކުރިޔަށްދާ މިބައްދަލުވުމަކީ ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އޮރުދުޣާންގެ ގޮވާލެއްވުމަކަށް ބޭއްވޭ ބައްދަލުވުމެކެވެ.

މުސްލިމް ގައުމުތަކުގެ މައްޗަށްއެކުލެވޭ މި ޖަމާއަތުންވަނީ "ފަލަސްތީނަކީ ދައުލަތެއްކަމަށް ބަލައިގަނެ، އިރުމަތީ ގުދުސްއަކީ އެ ދައުލަތުގެ ވެރިރަށް ކަމަށް" ކަނޑައަޅާފައެވެ.

ޖުމްލަ 57 ގައުމުގެ މައްޗަށް އެކުލެވޭ މި ޖަމާއަތުންވަނީ ސުލްހައަށްޓަކައި ދެ ދައުލަތް އުފެއްދުމަށް ތާއީދުކުރާކަންވެސް ހާމަކޮށްފައެވެ.

މީގެ އިތުރުން އެ ޖަމާއަތުންވަނީ އިސްރާއީލުން ފަލަސްތީނު ހިސާރުކޮށްފައި އޮންނަ އޮތުން ނައްތާލަ ދިނުމަށްވެސް ގޮވާލާފައެވެ.

ގުދުސްއަކީ އިސްރާއިލުގެ ވެރިރަށްކަމަށް އެމެރިކާއިން ބަލައިގަތުމާއެކު މެދުއިރުމަތީގައިވަނީ ހަމަނުޖެހުން ފެށިފައެވެ. ފަލަސްތީނުގެ ރައްޔިތުން ގެންދަނީ އެ ނިންމުމާއި ދެކޮޅަށް މުޒާހަރާ ކުރަމުންނެވެ. އަދި ފަލަސްތީނުގެ ހަމާސް ޖަމާއަތުންވަނީ ތިންވަނަ އިންތިފާޟާއަކަށް ގޮވާލާފައެވެ. ފަތަހަ ޖަމާޢަތުންވެސް ވަނީ އިންތިފާޟާއަކަށް ތެދުވުމަށް ގޮވާލާފައެވެ. އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތުމާ ދެކޮޅަށް ފުރަތަމަ އިންތިފާޟާއަށް ފަލަސްތީނުން ނިކުތީ 1987 ވަނަ އަހަރުން 1993 ވަނަ އަހަރާ ދެމެދުއެވެ. އަދި ދެވަނަ އިންތިފާޟާއަށް ނިކުތީ 2000 ވަނަ އަހަރާއި 2005 ވަނަ އަހަރާ ދެމެދުގައެވެ.

އިތުރަށް ކިޔާލަން

25 ސެޕްޓެމްބަރު 2017

ހަމާސް އާއެކު މަޝްވަރާކުރުމަށް ފަލަސްތީނުގެ ބޮޑުވަޒީރު ޣައްޒާ އަށް!

25 ސެޕްޓެމްބަރު 2017
ހަމާސް އާއެކު މަޝްވަރާކުރުމަށް ފަލަސްތީނުގެ ބޮޑުވަޒީރު ޣައްޒާ އަށް!
22 ޖުލައި 2017

ފަލަސްތީނުގެ ދެމީހަކު މަރާލައިފި

22 ޖުލައި 2017
ފަލަސްތީނުގެ ދެމީހަކު މަރާލައިފި
08 ޖޫން 2017

އުތުރު ކޮރެއާ އިން އެގައުމުގެ އިރުމަތީ އައްސޭރިފަށުން ހަަތަރު އެންޓި-ޝިޕް ކްރޫޒް މިސައިލް ފޮނުވާލައިފި

08 ޖޫން 2017
އުތުރު ކޮރެއާ އިން އެގައުމުގެ އިރުމަތީ އައްސޭރިފަށުން ހަަތަރު އެންޓި-ޝިޕް ކްރޫޒް މިސައިލް ފޮނުވާލައިފި
02 މެއި 2017

ފަލަސްތީނުގެ ދައުލަތެއް އުފައްދަން ހަމާސް އެއްބަސްވެއްޖެ

02 މެއި 2017
ފަލަސްތީނުގެ ދައުލަތެއް އުފައްދަން ހަމާސް އެއްބަސްވެއްޖެ
21 އެޕްރީލު 2017

ފަލަސްތީނުގެ ޓްރަކް ޑްރައިވަރު ގައިގައި ތަޅައިގަތް އިޒްރޭލު ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި

21 އެޕްރީލު 2017
ފަލަސްތީނުގެ ޓްރަކް ޑްރައިވަރު ގައިގައި ތަޅައިގަތް އިޒްރޭލު ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި
20 އެޕްރީލު 2017

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް މިއަންނަ މެއި ތިނެއްގައި އެމެރިކާ އަށް ވަޑައިގަންނަވަނީ

20 އެޕްރީލު 2017
ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް މިއަންނަ މެއި ތިނެއްގައި އެމެރިކާ އަށް ވަޑައިގަންނަވަނީ
18 އެޕްރީލު 2017

އިޒްރާއިލް ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަނީ

18 އެޕްރީލު 2017
އިޒްރާއިލް ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަނީ
10 މާރިޗު 2017

ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި

10 މާރިޗު 2017
ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި
01 ފެބުރުއަރީ 2017

ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ

01 ފެބުރުއަރީ 2017
ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ
15 ޖެނުއަރީ 2017

މެދުއިރުމަތީގައި ސުލްހަ ގާއިމްކުރުމަށް ބާއްވާ ކޮންފަރެންސް ޕެރިހުގައި ފަށައިފި

15 ޖެނުއަރީ 2017
މެދުއިރުމަތީގައި ސުލްހަ ގާއިމްކުރުމަށް ބާއްވާ ކޮންފަރެންސް ޕެރިހުގައި ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު