ކ. މާލެ
|
1 މާރޗް 2018 | ބުރާސްފަތި 04:39
ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ
ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ
ރާއްޖެއެމްވީ
ފަލަސުރުޚީ
ރިޔާސީ ދައުރު ދިގު ދަންމަން ރައީސް ޔާމީން މަޝްވަރާކުރެއްވި: މުސްތަފާ
 
ރާއްޖެ މިހާރު އޮތް ހާލަތަކީ ރައީސް ޔާމީން އަމިއްލައަށް އުފައްދާ ހާލަތެއް
 
ރިޔާސީ ދައުރު އަތް އަހަރަށް ބަދަލުކުރައްވަން ބޭނުންފުޅުވި
 
ރައީސް ޔާމީން އިންތިޚާބަކަށް ނުދާނެ

ރިޔާސީ ދައުރު ފަސް އަހަރުން ހަތް އަހަރަށް ދިގު ދެއްމުމަށް ރައީސް ޔާމިން މަސައްކަތް ކުރެއްވި ކަމަށް ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެ އެވެ.

 ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މުސްތަފާ ވިދާޅުވީ، ރިޔާސީ ދައުރު ފަސް އަހަރުން ހަތް އަހަރަކަށް ބަދަލު ކުރުމަށްޓަކާއި ރައީސް ޔާމީން މަސައްކަތް ކުރެއްވި ކަމަށާއި އެކަމާ ގުޅިގެން ގިނަ ވާހަކަތަކެއް އޭނާއާ ދެއްކެވި ކަމަށެވެ. އެފަދަ ބޮޑު ބަދަލެއް ގެނައުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އެދެން ޖެހޭ ކަމަށް ބުނުމުން، ގާނޫނު އަސާސީގެ އެ ބައި އުވާލުމަށްވެސް ރައީސް ޔާމީން އަމިއްލަފުޅަށް ލަފާދެއްވި ކަމަށް މުސްތަފާ ވިދާޅުވި އެވެ.

"ރިފަރަންޑަމަށް ދާ ބައި އިސްލާހުކޮށްލީމަ ނިނުމީކަމަށް ރައީސް ވިދާޅުވި. އެގޮތަށް ހެދީފައި އެކަން ނިމޭނެ ކަމަށް ރައީސް ވިދާޅުވި. ގާނޫނުގައި ހުރި ބައެއް އެއްޗެހި ޑިލިޓްކޮށް އުނިކޮށް، ކޮމާ ޖަހައި، ނޫނެކޭ ޖަހައި، މީ ކުޅޭ ކުޅިއަކީ. ހަގީގަތުގައި މިހާރު ގާނޫނު އަސާސީއެއްވެސް ނެތް. ގާނޫނު އަސާސީގެ ދަށުން އުފެއްދި އެއްވެސް ތަނެއް ނޫންތޯ. ގާނޫނުއަސާސީގެ ދަށުން ޕާލިމެންޓް އުފެއްދީ، ސުޕްރީމް ކޯޓު އުފެއްދީ. އެއްވެސް ތަނެއް ސަލާމަތުނެއް ނެތް،" މުސްތަފާ ވިދާޅުވި އެވެ.

ރައީސް ޔާމީން އިލެކްޝަނަކަށް ނުދާނެ ކަމަށާއި ރާއްޖޭގެ ރައްޔިތުން އަތުން ވޯޓަށް އަހައިގެން ވެރިކަމަށް އަންނަން ރައީސް ޔާމީން ބޭނުން ނުވާނެ ކަމަށް މުސްތަފާ ވިދާޅުވި އެވެ.

ރައްޔިތުން ކުރިމައްޗަށް އަރާ ވޯޓަށް އަހަން ރައީސް ޔާމީން ލަދު ގަންނާނެ ކަމަށާއި އެކަން ކުރައްވަން ކެރިވަޑާއިނުގަންނަވާނެ ކަމަށެވެ.

މުސްތަފާ ވިދާޅުވީ ރައީސް ޔާމީން މިހާރު މަސައްކަތް ކުރައްވަނީ ސުޕްރީމް ކޯޓުގެ ތެރެއިން ބޭނުންވާ ބެންޗެއް ގެނެސް އިންތިހާބު ނުބޭއްވޭނެ ގޮތަށް ކަންކަން ނިންމުވަށް ކަމަށެވެ.

ރާއްޖެ މިހާރު އޮތް ހާލަތަކީ ރައީސް ޔާމީން އަމިއްލައަށް އުފައްދާ ހާލަތެއް ކަމަށާއި ކުއްލި ނުރައްކަލުގެ ހާލަތު ގެނެސްގެން މަސައްކަތް ކުރައްވަމުންދަނީ މިހާރުގެ އިންތިހާބު ނުބޭއްވުމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
10%
60%
10%
10%
0%
10%
ކޮމެންޓް
1 މާރޗް 2018 | ބުރާސްފަތި 01:09
އަލިބެ
ޤާނޫނެއް ބަދަލުކުރުމަށް ބޭނުންވާ ވޯޓުގެ އަދަދު މަޖުލީހުގެ 3/4 ބަޔަށް ބަދަލު ކުރުމަށް ފެނޭ... ޔާމިން ކަހަލަ މީހުންގެ ވަކިތަކުން ޤާނޫން އަސާސީ ހިމާޔަތް ކުރުމަށްޓަކައި .... މިހާރު މިއޮތް ގޮތުން 12 މެމްބަރުންގެ ގޮޑި ގެއްލުވާލާފަ ޤާނޫނުތަކަށް ހަދާނެ އެއްޗެއް ހަދަންވީ... ޔާމިންގެ ފޯކަސް ހުރީ ސީދާ އެގޮތަށް.... އެހިގަނީ އެމަގުން... ދައުރު 10 އަހަރަށް އިތުރު ކުރުން އޭނާގެ ބޭނުމަކީ މައުލޫމާތު ލިބޭ ގޮތުން...