Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭ ސުޕްރީމް ކޯޓުގެ ނިންމުން މަޖިލީހުގައި އިއްވައިފި

28 ފެބުރުއަރީ 2018 | ބުދަ 06:40

ސުޕްރީމް ކޯޓުން ބުނެފައިވަނީ މި ގަރާރު ފާސްކުރުމަށް މަޖިލީހުގެ އަޣްލަބިއްޔަތު މެމްބަރުން ތިބެން ނުޖެހޭ ކަމަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 28 ފެބުރުއަރީ 2018 | ބުދަ 06:40
ސުވާލު އުފެދިފައިވާ މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު މުހައްމަދު

ސުވާލު އުފެދިފައިވާ މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު މުހައްމަދު

ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމި ނިންމުން ސައްހަ ކަމަށް ސްޕްރީމް ކޯޓުން ކަނޑައެޅުމުން އެ ނިންމުން ބުދަ ދުވަހުގެ މަޖިލީހުގައި އިއްވައި ޖަލްސާގެ ޔައުމިއްޔާގައި ހިމަނައިފިއެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ރައްޔިތުންގެ މަޖިލީހުން މިމަހުގެ 20 ވަނަ ދުވަހު ފާސްކޮށްފައި ވަނީ، މަޖިލީހުގެ 38 މެމްބަރުންގެ ވޯޓުންނެވެ. އަދި ގަރާރަށް ވޯޓަށް އަހާފައިވަނީ ރައްޔިތުން އެމައްޗަށް އަމަލުކުރުން ލާޒިމްކުރާ ކަމެއް މަޖިލީހުން ފާސްކުރުމަށް ވޯޓަށް އެހޭނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަޣުލަބިއްޔަތު ހާޒިރުވެތިބޭ ޖަލްސާއެއްގައި ކަމަށް ގާނޫނު އަސާސީގެ 87 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ބަޔާން ކުރުމާއި ހިލާފަށެވެ. ގަރާރުގެ މުއްދަތު 30 ދުވަހަށް އިތުރުކޮށްފައިވަނީ މަޖިލީހުގެ ގަވާއިދުގެ 38 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ ޖަލްސާއެއް ބޭއްވޭނީ މަޖިލީހުގެ މެމްބަރުންގެ ތެރެއިން 25 އިންސައްތައަށް ވުރެ ގިނަ މެމްބަރުން ތިއްބަވާ ޖަލްސާއެއްގައި ބުނާ މާއްދާއާ ހަވާލާދީ އެވެ. މަޖިލީހުގެ 25 އިންސައްތަ މެމްބަރުންނަކީ 22 އެވެ. މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ބޭނުންވާ މަދުވެގެން 22 މެމްބަރުން ހާޒިރުވެ ތިއްބަވާ ޖަލްސާއެއްގައި ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރަށް ވޯޓަށް އެހޭނެ ކަމަށް މަޖިލީހުގެ ރައީސް ކަމުގައި ހުންނެވި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު މުހައްމަދު ވަނީ ނިންމަވާފައެވެ.

Advertisement - newsAdvertisement

މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަޣުލަބިއްޔަތުކަމަށްވާ 43 މެމްބަރުން މަޖިލީހަށް ހާޒިރުވެވަޑައިގެން ނެތި ގަރާރު ފާސްކޮށް، މަޖިލީހުން ވަނީ މަޖިލީހުގެ އެ ނިންމުމާމެދު ބައެއް މެމްބަރުން ސުވާލު އުފައްދަވާތީ، މަޖިލީހުގެ އެނިންމުން ވަނީ ސުޕްރީމް ކޯޓްގެ އިސްތިޝާރީ ލަފަޔަކަށް އެދިފައެވެ. މިމައްސަލާގައި ސްޕްރީމް ކޯޓުން ނެރުނު ލަފާގައި ބުނެފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރަށް 30 ދުވަސް އިތުރު ކުރުމަށް މަޖިލީހުން މިމަހުގެ 20 ވަނަ ދުވަހު ފާސްކޮށްފައިވާ ފާސްކުރުމަކީ ދުސްތޫރީގޮތުން ސައްހަ ނިންމުމެއްކަމަށް ސްޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅާފައިވާ ކަމުގައެވެ. ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހަށް ދީފައިވާ ލަފާގައި ބުނެފައިވަނީ ސުޕްރީމް ކޯޓުން ނިންމަވާފައިވަނީ ގާނޫނު އަސާސީގެ 87 ވަނަ މާއްދާގެ (ށ)ގައި "ރައްޔިތުންގެ އެ މައްޗަށް އަމަލު ކުރުން ލާޒިމްވާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި ވޯޓަށް އަހަންވާނީ އެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ދެބައި ކުޅަ އެއްބަޔަށް ވުރެ ގިނަ މެމްބަރުން ތިބެގެން ކަމަށް ބުނެފައިވީ ނަމަވެސް ކުއްލި ނުރައްލުގެ ގަރާރާ ގުޅޭ ވޯޓު ނެގުމަށް އެ އަދަދަކީ ދުސްތޫރީ ގޮތުން ލާޒިމްކުރާ އަދަދެއް ނޫން ކަމަށެވެ. ސުޕްރީމް ކޯޓުގެ ނިންމުމުގައި ވަނީ އެދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންގޮސްފައި ވަނީ ގާނޫނު އަސާސީގެ 86 ވަނަ މާއްދާގެ ދަށުން ޖަލްސާގެ ގާނޫނީ އަދަދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ 25 އިންސައްތަ ކަމަށް ބަލައިގެން ކަމަށާއި އަދި އެ ނިންމުންތައް އެ އަދަދަށް މެމްބަރުން ތިބެގެން ނިންމިދާނެ ކަމަށެވެ. ނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތުގެ ޤަރާރަކީ އެދަފަ ރައްޔިތުން އެއަށް އަމަލުކުރަން ޖެހޭ ޤަރާރެއް ނޫންކަމަށާއި، އެހެންކަމުން ގާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ) ގައި ބުނާ އަދަދަށް ނުވަތަ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަގްލަބިއްޔަތު ގަރާރު ފާސްކުރުމަށް މަޖިލީހުގައި ހާޒިރުވެ ތިބެން ބޭނުންނުވާކަން ސާފުކޮށް އެނގެން އޮންނަ ކަމަށްވެސް ސްޕްރީމް ކޯޓްގެ ނިންމުމުގައިވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

ކުއީން މޭރީ ޔުނިވާރސިޓީ ގެ މޫސުމާއި ގުޅޭ ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވާ، ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ

13 ފެބުރުއަރީ 2017
ކުއީން މޭރީ ޔުނިވާރސިޓީ ގެ މޫސުމާއި ގުޅޭ ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވާ، ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ
13 ފެބުރުއަރީ 2017

ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި

13 ފެބުރުއަރީ 2017
ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި
11 ފެބުރުއަރީ 2017

"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް

11 ފެބުރުއަރީ 2017
"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް
09 ފެބުރުއަރީ 2017

އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

09 ފެބުރުއަރީ 2017
އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި
08 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި

08 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި
03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް