Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިޔާސީ ޕާޓީތަކުގެ މަޝްވަރާ

ސީދާ މި ސަރުކާރާ ކުރާނެ މަޝްވަރާއެއް ނެތް: ގުޅިފައިވާ ޕާޓީތައް

15 ފެބުރުއަރީ 2018 | ބުރާސްފަތި 14:02

މެދުވެރިއެއްގެ ރޯލު އދ އިން އަދާކުރުމަށް ވަނީ އެދިފަ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 15 ފެބުރުއަރީ 2018 | ބުރާސްފަތި 14:02
ފައިލް ފޮޓޯ: ގުޅިފައިވާ ޕާޓީތަކުން ކުރިން ދިން ޕްރެސްއެއްގައި އިބޫ މީޑީއާ އާއި ވާހަކަފުޅު ދައްކަވަނީ

ފައިލް ފޮޓޯ: ގުޅިފައިވާ ޕާޓީތަކުން ކުރިން ދިން ޕްރެސްއެއްގައި އިބޫ މީޑީއާ އާއި ވާހަކަފުޅު ދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރާއި ސީދާ ކުރާނެ މަޝްވަރާއެއް ނެތް ކަމަށް ގުޅިފައިވާ ޕާޓީތަކުން ބުނެފިއެވެ.

ޕާޓީތަކުގެ މަޝަވަރާތައް އަލުން ފެށުމަށް ދަޢުވަތުދީ، ރައީސް އޮފީހުން ޕާޓީތަކަށް ފޮނުވާފައިވާ ސިޓީތަކަކާއި ގުޅިގެން، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިދިކޮޅު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާޙިމް މުޙައްމަދު ޞާލިޙު (އިބޫ) ވިދާޅުވީ، ސަރުކާރުން ސުޕްރީމް ކޯޓުގެ އަމުރެއް ތަންފީޒު ކުރަން ދެކޮޅު ހަދައި، ޣައިރުޤާނޫނީ ކުއްލި ނުރައްކަލުގެ ޙާލަތެއް އިޢުލާނުކޮށް، ސިޔާސީ އެތައް ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށާއި، މިފަދަ ޙާލަތެއްގައި ސީދާ ސަރުކާރާއި ދައްކާނެ ވާހަކައެއް ނެތް ކަމަށެވެ.

Advertisement - newsAdvertisement
"ވައްކަމާ ޚިޔާނާތަކީ، އަދި ކޮރަޕްޝަނަކީ، ޠަބީޢީ ކަމެއް ގޮތުގަ ދެކޭ މީހާކާ ދޭތެރޭގަ ދައްކާނެ ވާހަކައެއް ނޯންނާނެ. އަނިޔާވެރިކަމާ އަނިޔާ ކުރުމަކީ ތިމާގެ އަމިއްލަ އުފަލެއްގެ ގޮތުގަ ދެކޭ މީހަކާ ސީދާ ދައްކާނެ ވާހަކައެއް އަޅުގަނޑުމެންނަށް ނޯންނާނެ. ޤާނޫނު އަސާސީ މުގުރާލާ، ޤާނޫނު އަސާސީއާ ޚިލާފަށް އަމުރުކުރާ ބަންޑާރަ ނައިބަކާ އެކީގަ ދައްކާނެ ވާހަކައެއް އަޅުގަނޑުމެންގެ ނޯންނާނެ. އަދި ޚާއްސަކޮށް ސުޕްރީމް ކޯޓުން ނެރެފަވާ ޙުކުމެއް ތަންފީޒުކުރުމާ ދޭތެރޭ ސިޔާސީ މީހުން ދައްކާނެ ވާހަކައެއް ނޯންނާނެ. ރައްޔިތުންގެ މަޖިލިސް ހުޅުވުމާ ދޭތެރޭގަ، ޤާނޫނު އަސާސީގަ ބުނެފަ އޮތްގޮތަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމާ ދޭތެރޭގަ ދައްކާނެ ވާހަކައެއް ނޯންނާނެ. އެއީ ވަގުތުން ވަގުތަށް ތަންފީޒީ ބާރުތަކުން، ޚާއްސަކޮށް ސަރުކާރުން ކުރަން ޖެހޭނެ ކަންތައްތައް" އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ ރައީސް ޔާމީނަކީ އިތުބާރު ކުރެވޭފަދަ ބޭފުޅެއް ނޫން ކަމަށާއި، މި ސަރުކާރާއި ސީދާ ވާހަކަ ދައްކައިގެން ނުކުންނާނެ ނަތީޖާއެއް އޮތް ކަމަށް ދެކިނުލައްވާ ކަމަށެވެ. އެހެންކަމުން ޤައުމަށް މިވަގުތު ދިމާވެފައިޥާ ކަންކަމުން އަރައިގަތުމަށް ސަރުކާރާއި އިދިކޮޅު ފަރާތްތަކާއި ދެމެދު މެދުވެރިއެއްގެ ރޯލު އަދާ ކޮށްދިނުމަށް އެދި އދ އަށް ހުށަހަޅާފައިވާ ކަމަށް އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ، އދ މެދުވެރިވެގެން ވެސް ސަރުކާރާއި އެކު ވާހަކަ ދައްކާނީ ސަރުކާރުން ޝަރުތުތަކަކަށް ތަބާވުމުން ކަމަށެވެ. އެގޮތުން، ޤާނޫނު އަސާސީގެ އިމުގެ ތެރެއަށް ސަރުކާރު ވަދެ، ސުޕްރީމް ކޯޓުން ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ކޮށްފައިވާ ޙުކުމް މިޙާރުން މިހާރަށް ތަންފީޒުކޮށް، ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށްގެން ހައްޔަރުކޮށްފައިވާ ފަރާތްތައް ދޫކޮށްލުމަށް އިދިކޮޅު ފަރާތްތައް ވަނީ ޝަރުތު ކޮށްފައެވެ.

ގުޅިފައިވާ ޕާޓީތަކުން ބުނީ ސަރުކާރުން މި ޝަރުތުތައް ޤަބޫލު ކޮށްފިނަމަ، މެދުވެރިއެއްގެ ގޮތުގައި އދ ހަރަކާތްތެރިވާ މަޝްވަރާތަކަކަށް ސަރުކާރާއިއެކު ދާން ތައްޔާރު ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
11 ޖެނުއަރީ 2017

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

11 ޖެނުއަރީ 2017
މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް