Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ޗެމްޕިއަންސް ލީގު: ޕީއެސްޖީ ބަލިކޮށް ރެއާލް އިން ކުއާޓާގެ ފުރުސަތު ބޮޑުކޮށްފި

15 ފެބުރުއަރީ 2018 | ބުރާސްފަތި 07:51

ޕީއެސްޖީގެ މައްޗަށް ރެއާލް ކުރި ހޯދީ 3-1 ގެ ނަތީޖާއަކުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 15 ފެބުރުއަރީ 2018 | ބުރާސްފަތި 07:51
މި މެޗުގައި ޖެހި ދެ ލަނޑާ އެކު ރޮނާލްޑޯ ވަނީ ޗެމްޕިއަންސް ލީގުގައި ރެެއާލްއަށް 100 ލަނޑު ޖަހައިދީފައި

މި މެޗުގައި ޖެހި ދެ ލަނޑާ އެކު ރޮނާލްޑޯ ވަނީ ޗެމްޕިއަންސް ލީގުގައި ރެެއާލްއަށް 100 ލަނޑު ޖަހައިދީފައި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ފްރާންސްގެ ޕީއެސްޖީއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް ފާއިތުވެދިޔަ ދެ ސީޒަނުގައި ވެސް މި މުބާރާތުގެ ތަށި ކާމިޔާބުކުރި ސްޕެއިންގެ ރެއާލް މެޑްރިޑުން ކުއާޓާ ފައިނަލްގެ ފުރުސަތު ބޮޑުކޮށްފިއެވެ.

މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ފެނިގެންދާ އެންމެ ބޮޑު މެޗުގެ ގޮތުގައި ގިނަ ބަޔަކު ލޭބަލް ކުރި މި މެޗު އަމިއްލަ ދަނޑުގައި ކުޅެ ފަހަތުން އަރައި ރެއާލް އިން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ. ޕީއެސްޖީގެ ފުރަތަމަ އެގާރަ އިން ބޮޑެތި ބަދަލުތަކެއް މި މެޗުގައި ވަނީ ފެނިގެން ގޮސްފައެވެ. އެގޮތުން ކެޕްޓަން ތިއާގޯ ސިލްވާ އާއި ލޭވިން ކުރުޒަވާގެ އިތުރުން ތިއާގޯ މޮޓާ މި މެޗުގައި ފެނިގެން ގޮސްފައެއް ނުވެއެވެ. ހަމައެހެންމެ ރެއާލްގެ ފުރަތަމަ އެގާރައިން ގެރެތް ބޭލް ބާކީ ކުރިއިރު އޭނާގެ ބަދަލުގައި އެ ޓީމުގެ ފުރަތަމަ އެގާރައިން ފެނިގެންދިޔައީ އިސްކޯއެވެ.

ދެ ޓީމުގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ޕީއެސްޖީއަށް ވުރެ ބޮޑަށް ރެއާލް ފެނިގެންދިޔައީ ވަރުގަދަކޮށެވެ. ޕީއެސްޖީގެ ކީޕަރު އަރެއޯލާގެ ފަރާތުން ގިނަ ސޭވްތަކެއް ފުރަތަމަ ހާފުގައި ފެނިގެންދިޔައިރު ޓޯނީ ކްރޫސްއާ ކްރިސްޓިއާނޯ ރޮނާލްޑޯއަށް ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ލިބިގެން ގޮސްފައެވެ. ރެއާލްއިން ނުރައްކާ ކުރަމުން ދަނިކޮށް މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ޕީއެސްޖީ އިންނެވެ. މި ލަނޑު މެޗުގެ 33 ވަނަ މިނެޓުގައި އެ ޓީމަށް ޖަހައިދިނީ އެޑްރިއަން ރެބިއޯއެވެ. އެހެން ނަމަވެސް ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް ރޮނާލްޑޯ ވަނީ ރެއާލްއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ދެ ޓީމު އެއްވަރުވެގެން ފުރަތަމަ ހާފު ނިމިގެންދިޔައިރު ދެ ޓީމަށް ވެސް ވަނީ ދެވަނަ ހާފުގައި ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައެވެ. ޕީއެސްޖީއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން އެ ޓީމަށް ހިފިފައިނުވާއިރު ރޮނާލްޑޯ ވަނީ 83 ވަނަ މިނެޓުގައި ލަނޑެއް ޖަހައިދީ ރެއާލްއަށް މެޗުގެ ލީޑު ނަގައިދީފައެވެ. އޭގެ ތިން މިނެޓު ފަހުން މާސެލޯ ވަނީ ލަނޑެއް ޖަހައިދީ ރެއާލްގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ.

މި މެޗުގައި ޖެހި ދެ ލަނޑާއެކު ރޮނާލްޑޯ ވެގެން ގޮސްފައިވަނީ އެއް ޓީމަކަށް ޗެމްޕިއަންސް ލީގުގައި 100 ލަނޑު ޖަހައިދިން ފުރަތަމަ ކުޅުންތެރިޔާއަށެވެ.

ކުއާޓާ ފައިނަލްއަށް ދަތުރުކުރަން ބޭނުންވާ ނަމަ ޕީއެސްޖީ އިން ދެވަނަ ލެގުގެ މެޗު ދެ ލަނޑަށް ވުރެ ބޮޑު ތަފާތަކުން ކާމިޔާބުކުރުން ވަނީ މަޖުބޫރުވެފައެވެ. ދެވަނަ ލެގުގެ މެޗު ޕީއެސްޖީގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައި ވަނީ މާޗް މަހުގެ ހަތް ވަނަ ދުވަހުއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
06 ޖެނުއަރީ 2017

ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

06 ޖެނުއަރީ 2017
ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް