Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޖަމްއިއްޔާތައް

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވަނީ ޤާނޫނު އަސާސީއާ ޚިލާފަށް: ޖަމިއްޔާތައް

މުއައްސަސާތަކުގެ ޤާނޫނީ އިމުގެ ބޭރުން ދަނީ ހަރަކާތްތެރިވަމުން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 14 ފެބުރުއަރީ 2018 | ބުދަ 13:33
ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒް ނުކުރުމުން ރައްޔިތުން އިހުތިޖާޖް ކުރަނީ

ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒް ނުކުރުމުން ރައްޔިތުން އިހުތިޖާޖް ކުރަނީ

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް އަމިއްލަ ބައެއް ޖަމިއްޔާތަކުން ބުނެފިއެވެ.

ރާއްޖޭގައި ވަރަށް އެކްޓިވްކޮށް ހަރަކާތްތެރިވަމުން އަންނަ "އުތެމަ" އާއި "މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް" އަދި "ވޮއިސް އޮފް ވުމަން" އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިމަހުގެ ފަސް ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ވަނީ ގާނޫނުއަސާސީއާ މުޅިން ހިލާފަށް ކަމަށެވެ. އަދި ލަސްނުކުރައްވައި އެ ޤަރާރު ބާތިލްކުރައްވައި، ދުސްތޫރީ ނިޒާމް ރުޖޫއަކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލިސްއަށާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ގޮވާލާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

Advertisement - newsAdvertisement

އެބަޔާނުގައި ބުނެފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމުގެ ނަތީޖާއަކަށް ވެފައި ވަނީ ދައުލަތުގެ ތަފާތު އެކި މުއައްސަސާތަކެއް، އެ މުއައްސަސާތަކުގެ ޤާނޫނީ އިމުގެ ބޭރުން ހަރަކާތްތެރިވެ، އާއްމު ރައްޔިތުންގެ އަސާސީ ހައްގުތަކަށް އަރައިގަންނަމުން ދިއުން ކަމަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރެވޭނެ ހާލަތްތައް ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ ކަމަށާއި ނަމަވެސް މިމަހުގެ ހަ ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ދިވެހި ރައްޔިތުންނާ މުޚާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުން ވެސް އަދި އާއްމުކޮށް ދިވެހިރާއްޖޭގެ ހާލަތު އޭރު ވެސް އަދި މިހާރު ވެސް އޮތް ގޮތުން، ޤުދްރަތީ ކާރިޘާއެއް ނުވަތަ ނުރައްކާތެރި ބަލިމަޑުކަމެއް ނުވަތަ ހަނގުރާމައެއް ކުރިމަތިވެފައި ނުވާކަން އެނގޭ ކަމަށް ޖަމިއްޔާތަކުން ބުނެއެވެ.

"ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކުރެއްވި ޤަރާރުގައި، ޤައުމީ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެފައި ވަނީ ކޮން ގޮތަކުން ކަމެއް ބަޔާން ކުރައްވާފައެއް ނުވެއެވެ. އަދި ދައުލަތުގެ ބަންޑާރަނާއިބާއި ޕްރޮސިކިއުޓަރ ޖެނެރަލަށް އެބޭފުޅުންގެ ޤާނޫނީ ވާޖިބު އަދާކުރައްވަން ދަތިފުޅުވުމަކީ، ނުވަތަ އެވާހަކަ އުއްތަމަ ފަނޑިޔާރުގެ ގާތުގައި ދަންނަވަން ދަތިފުޅުވުމަކީ ޤައުމީ ސަލާމަތަށް ނުރައްކާތެރިވާ ކަމެއް ކަމުގައި މިޖަމިއްޔާތަކުން ނުދެކެމެވެ." ޖަމިއްޔާތަކުން ބުނެއެވެ.

ދުސްތޫރީ މަގުން އެއްކިބާވެ އެކަމާ ބެހޭ ގޮތުން ޤާނޫނުއަސާސީގެ އިމުން ބޭރުން ޤައުމީ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވީކަމުގައި ޢިއުލާނުކޮށް، ރާއްޖޭގެ ދައުލަތަށާއި ރައްޔިތުންގެ ހައްޤުތަކަށް ބޮޑެތި ހީނަރުކަން ކުރިމަތިވާ ގޮތަށް ކަން ކުރަމުން ގެންދާކަމީ އިންތިހާދަރަޖައަށް ޣައިރުޒިންމާދާރު ކަމެއް ކަމުގައި ދެކޭ ކަމަށާއި އެފަދަ އަމަލުތައް ކުށްވެރިކުރާ ކަމަށް ޖަމިއްޔާތަކުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ފަނޑިޔާރެއްގެ މައްޗަށް ޖިނާޢީ ތުހުމަތެއް ކުރެވި، އެމައްސަލައެއް ތަޙްޤީކުރުމަށް ހުރަހެއް އޮތް ކަމަށް ބެލެވޭ ނަމަ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނު ކުރުމުގެ ބަދަލުގައި ކަންކުރައްވަންވީ ގޮތަކީ އެކަމަށް ޤާނޫނުން ލިބިދޭ ފަރުވާ ހޯއްދަވަން މަސައްކަތް ކުރުން ކަމަށް ޖަމިއްޔާތަކުން ވަނީ ގޮވާލާފައެވެ.

މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މި މަހުގެ އެއްވަނަ ދުވަހު ހުކުމްކޮށްފައިވާއިރު އަދިވެސް މަޖިލިސް ފަށާފައިނުވާކަން އެ ޖަމިއްޔާތަކުން ވަނީ ފާހަގަކޮށްފައެވެ.

"ކުއްލި ނުރައްކަލުގެ ހާލަތު ޢިއުލާނުކުރުމަށް ފަހު ސަރުކާރުން އަމަލުކުރަމުންދާ ގޮތުން ވަރަށް ސާފުކޮށް ދޭހަވަނީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބަށް ހުރަސްއަޅައި، އަދި އިންތިޚާބު ނުބޭއްވުމުގެ ނިޔަތެއްގައި ކުރަމުންދާ ކަންތައްތަކެއް ކަމެވެ." ބަޔާނުގައި ވެއެވެ.

އެފަދަ އަމަލުތަކުގެ ސަބަބުން ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ވޯޓުލުމުގެ ހައްގާއި އިންތިހާބުތަކަށް ކުރިމަތިލުމުގެ ހައްގުން މަހުރޫމު ކުރުމަށް މަގުފަހިވެގެން ހިނގައިދާނެތީ ކަންބޮޑުވާ ކަމަށް ޖަމިއްޔާތަކުން ބުނެއެވެ.

ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ގާނޫނު އަސާސީގެ ދެވަނަ ބާބުގެ މާއްދާތަކެއް ހިފެހިއްޓިދާނެ ކަމަށް ބުނެފައިވާ ކަމަށާއި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ދެ ވަނަ ބާބުގެ ބޭރުން ގާނޫނު އަސާސީގެ މާއްދާތަކެއް ހިފަހައްޓާފައިވާ ކަމަށް ޖަމިއްޔާތަކުގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި އެ މާއްދާތައް ހިފެހެއްޓީ ސަބަބު ސާފުކޮށްދީފައިނުވާ ކަމަށް ވެސް ޖަމިއްޔާތަކުން ބުނެއެވެ.

ސުލްހަވެރިކޮށް އެއްވެ އުޅުމުގެ ހައްގު ގާނޫނު އަސާސީގެ 32 ވަނަ މާއްދާއިން ލިބިދީފައި ވަނިކޮށް، އިދިކޮޅު ސިޔާސީ ފިކުރުގެ އެއްވުންތައް ހުއްޓުވާފައިވާ ކަމަށް ޖަމިއްޔާތަކުން ބުނެއެވެ. އަދި އެއްވުންތަކުގައި ބައިވެރިންގެ ތެރެއިން އަންހެން ބޭފުޅުންގެ ގަޔަށް އަތްލައި، ލާއިންސާނީ ދަށުދަރަޖައިގެ އަނިޔާކުރާކަމާއި، އާންމު އިޖްތިމާޢީ މިންގަނޑުން މުޅިން ބޭރުވެ އަދި ފުލުހުންގެ ޤާނޫނާއި ޚިލާފަށް، ހަޑިހުތުރުބަހުރުވައިން ރައްޔިތުންނާއި މުއާމަލާތު ކުރާ ކަމަށް ވެސް ޖަމިއްޔާތަކުން ބުނެއެވެ.

"ހާއްސަކޮށް އަންހެން ބޭފުޅުން ފާހަގަކޮށްގެން އަނިޔާކޮށް، ހަޑިހުތުރު ބަހުން މުޢާމަލާތުކުރުން ފަދަ ނޭއްގާނީ އަމަލުތަކުގައި އަންހެން ފުލުހުން ބައިވެރިވާކަން ހިތާމަޔާ އެކު ފާހަގަކޮށް އެކަން ހަރުކަށިކޮށް ކުށްވެރި ކުރަމެވެ." ޖަމިއްޔާތަކުގެ ބަޔާނުގައި ބުނެއެވެ.

ފާއިތުވި ދުވަސްތަކުގައި ތަފާތު ކުށްތަކަށް ތުހުމަތުކޮށްގެން ތަހުގީގު ހިންގުމުގެ ނަމުގައި ބައެއް ފަނޑިޔާރުންނާއި ރައްޔިތުންގެ މަޖިލިހުގެ މެންބަރުންގެ އަނބި އަނބި ކަނބަލުންނާއި ސިޔާސީ ފަރާތްތަކުގެ ދަރިން ހިފާ ހައްޔަރުކޮށްފައިވާކަން ނުހަނު ކަންބޮޑުވުމާ އެކު ފާހަގަކުރާކަމަށް ޖަމިއްޔާތަކުން ބުނެއެވެ. އަދި ދައުލަތުގެ ބައެއް މުއައްސަސާތަކުގެ ވަޒީފާގައި ތިބިފަރާތްތައް ވެސް ޣައިރުޤާނޫނީ އުސޫލެއްގެ ތެރެއިން ހައްޔަރުކުރަމުންދާ ކަމަށާއި އެއީ ބިރު ދެއްކުމުގެ އަމަލެއްގެ ގޮތުގައި ސިފަކުރެވޭ ކަމަށް ޖަމިއްޔާތަކުން ބުނެއެވެ.

ކުއްލި ނުރައްކަލުގެ ހާލަތު ބާތިލުކޮށް، އެ ޙާލަތު އަސާސެއްގެ ގޮތުގައި ބޭނުން ކޮށްގެން ދައުލަތުން ހިންގަވާފައިވާ އެންމެހާ ކަންތައްތައް ކުރިން އޮތް ގޮތަށް ރުޖޫޢަ ކުރުމަށް ޖަމިއްޔާތަކުން ވަނީ ސަރުކާރަށް ގޮވާލާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ

އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު